މި އަހަރު ނިމުމުގެ ކުރިން ޑޮލަރުގެ އަގު 21ރ. އަށްވުރެ މައްޗަށް ހިނގައިދާނެ: ޔާމީން

ކުރީގެ ރައީސް އަބްދުالله ޔާމީން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ —— ފޮޓޯ: މުހައްމަދު ޝަރުހާން

ކުރީގެ ރައީސް އަބްދުالله ޔާމީން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ —— ފޮޓޯ: މުހައްމަދު ޝަރުހާން

ރާއްޖޭގެ އިގުތިސޯދު މިވަގުތު އޮތް ހާލަތުގައި ކުރިއަށްދާނަމަ މި އަހަރުގެ ތެރޭގައި ޑޮލަރުގެ އަގު 21ރ. އަށްވުރެ މައްޗަށް އުފުލުމުގެ ފުރުސަތު އެބަ އޮތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ. 

މިވަގުތު ޑޮލަރު ރޭޓު ހުރީ 20.50ރ. ގަ އެވެ. މިއީ މިހާތަނަށް އެންމެ ބޮޑަށް ޑޮލަރުގެ އަގު އުފުލުނު ފަހަރެވެ. އަގު މިވަރަށް އުފުލުނީ ޑޮލަރު ރޭޓު 20ރ. އަށް ވުރެ މަތީގައި ހުންނަތާ އެތައް ދުވަހެއް ވުމަށް ފަހު އެވެ. ޑޮލަރު ރޭޓު އުފުލެމުން އަންނަނީ ފަތުރުވެރިކަން ދަށްވުމުންނެވެ. 

ބުރާސްފަތި ދުވަހުގެ ރޭ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ބޭއްވި ބައްދަލުވުމެއްގައި ޔާމީން ވަނީ ތަކެތީގެ އަގުތައް ނުއުފުލޭނެ ކަމަށް ބުނެ ސަރުކާރުން ދައްކަމުން އަންނަ ވާހަކަތަކަށް ރައްދު ދެއްވާފަ އެވެ. ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާން ޖެހޭ ގައުމަކަށް ވާއިރު ތަކެތީގެ އަގުތައް ނުއުފުލޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ޔާމީން ވިދާޅުވި އެވެ.

"މިހެން އޮވެގެން ދާ ކަމަށްވަންޏާ މި އަހަރު ނިމޭއިރު  21ރ. ނޫނީ އެއަށްވުރެ މައްޗަށް ހިނގައިދާނެ ކަމަށް މި ބުނަނީ. މިހެން ކަންކަން ހުރިއިރު ސަރުކާރުގެ ވެރިން މި ބުނަނީ ތަކެތީގެ އަގުތައް ބޮޑެއް ނުވެޔޭ. އެ ބޭފުޅުން އަޅުގަނޑުމެންނަށް ވިސްނޭ ވަރަކަށް ވިދާޅުވެ ބައްލަވާ ހުރިހާ ތަކެއްޗެއް މި ގަންނަނީ ބޭރުން، ޑޮލަރު އަގު ދިވެހި ރުފިޔާގެ ނިސްބަތުން އެހާ ބޮޑު، ދެން ކިހިނެއްހޭ ތަކެތީގެ އަގު ބޮޑުނުވެ ހުންނާނީ،" ޔާމީން ވިދާޅުވި އެވެ.

ސަރުކާރުން ކެޕިޓަލް ހަރަދުކުރަން ޖެހޭ އެއްވެސް މަޝްރޫއުއެއް ރާއްޖޭގައި ނުހިނގާ ކަމަށާއި ރަށްރަށުގެ ތަރައްގީ ވެސް ހުއްޓީފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ. ޑޮލަރު އާމްދަނީން ސަރުކާރުން ކުރަމުން އަންނަނީ ދަރަނި ދެއްކުން ފަދަ ޒަރޫރީ ކަންކަން އެކަނި ކަމަށް ޔާމީން ވިދާޅުވި އެވެ. 

"މިހާރަކު ނެތޭ ކެޕިޓަލް އިންވެސްޓްމަންޓު ޕްރޮޖެކްޓެއް. ފިނޭންސަށް އެކި ގޮތްގޮތުން ލިބޭ ހުރިހާ ޑޮލަރެއް އެ ބޭނުންކުރަނީ މިހާރު ހަމައެކަނި ގައި ހިރުވާތީ އެކަމަށް ބޭސް އަޅާލަން. ކޮބައިތޯ މިކަމުގައި ވިޝަންއެއް. ރާއްޖޭގައި ހިންގާ ކޮންމެ ބޮޑު މަޝްރޫއުއެއް، 95 ޕަސެންޓަކީ ބޭރު ފައިސާ ބޭނުންވާ މަޝްރޫއު،" ޔާމީން ވިދާޅުވި އެވެ.

ޑޮލަރު މާރުކުރުމުގެ ގާނޫނު ތަންފީޒު ކުރަން ފެށުމުން ޑޮލަރުގެ އަގު މައްޗަށް ނާރާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، އެ ސިޔާސަތު ތަންފީޒުކުރަން ފެށި ފަހުން ޑޮލަރުގެ އަގު އާންމު ގޮތެއްގައި ހުރީ 20ރ. އިން މަތީގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox