ހިރިމަރަދޫއަށް ހަރަދުކުރަން ޖެހޭތީ ހަނިމާދޫގެ ތަރައްގީ ހުއްޓުމުގެ ބިރު

Jun 22, 2026, 8:00 AM
ހަނިމާދޫގެ މަތިން ނަގާފައިވާ ފޮޓޯއެއް.

ހަނިމާދޫގެ މަތިން ނަގާފައިވާ ފޮޓޯއެއް.

ހދ. ހިރިމަރަދޫ އަވަށު އޮފީސް ހިންގުމަށާއި އެ ރަށުގެ އަސާސީ ހިދުމަތްތަކަށް ބޭނުންވާ ފައިސާ (ބްލޮކް ގްރާންޓް) ސަރުކާރުން މިހާތަނަށް ދޫކޮށްފައި ނުވާތީ، ހދ. ހަނިމާދޫ ކައުންސިލްގެ އަމިއްލަ ބަޖެޓުން ބޮޑެތި ހަރަދުތަކެއް ކުރަންޖެހި، ހަނިމާދޫގެ ތަރައްގީގެ މަޝްރޫއުތަކާއި ރަށްވެހި ހިދުމަތްތައް ހުއްޓިދާނެކަމުގެ ބިރު ބޮޑުވެއްޖެ އެވެ.

ހަނިމާދޫ ކައުންސިލުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ  ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އެންގެވުމާ އެއްގޮތަށް ހިރިމަރަދޫގެ ބްލޮކް ގްރާންޓް ހަނިމާދޫ ކައުންސިލަށް ދޫކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، އެ ފައިސާ ސަރުކާރުން ދޫކުރާނެ އެއްވެސް އަލިމަގެއް މިހާތަނަށް ފެނިފައި ނުވާ ކަމަށެވެ.

ސަރުކާރުގެ ސަބަބުން ހިރިމަރަދޫގެ އަސަސީ ހިދުމަތްތައް ހުއްޓި، ރައްޔިތުން ދަނީ ބިކަވަމުން: ހަނިމާދޫ ކައުންސިލް

ހިރިމަރަދޫގެ ބަޖެޓު ހަނިމާދޫ ކައުންސިލަށް ދޭނެ ކަމަށް ބުނި ނަމަވެސް، ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަދިއަދަށްދާންދެން ވެސް އެ ބަޖެޓު ދޫކޮށްފައެއް ނުވޭ. ރައީސް އޮފީހުން ގަރާރަކުން ބޮޑު އަމުރެއް ކޮށްފައި އޮތް ނަމަވެސް، ކަމާބެހޭ މުއައްސަސާތަކުން އެއްވެސް އެއްބާރުލުމެއް ނުދޭ ކަމަށް ހަނިމާދޫ ކައުންސިލުން ބުނޭ.

ހަނިމާދޫ ކައުންސިލު ބަޖެޓުން ހިރިމަރަދޫ އަށް ބޮޑު ހަރަދެއް

ހަނިމާދޫ ކައުންސިލުން ވަނީ ނިމިދިޔަ މޭ މަހު ހިރިމަރަދޫ އަވަށު އޮފީހުގެ ބޭނުންތަކަށް ހަނިމާދޫގެ ބަޖެޓުން ކުރި ހަރަދުތަކުގެ ތަފްސީލް ވެސް އާންމުކޮށްފަ އެވެ. އެގޮތުން ޖުމްލަ 267,780.43 ރުފިޔާ  ހަނިމާދޫގެ ބަޖެޓުން ވަނީ ހަރަދުކޮށްފަ އެވެ. އޭގެ ތެރޭގައި؛

  • މުވައްޒަފުންގެ މުސާރައާއި ޕެންޝަން: 160,419.94 ރުފިޔާ
  • އިޖުތިމާއީ ސަރަހައްދު ސާފުކުރުން: 55,800.00 ރުފިޔާ
  • ޤުރުއާން ކްލާސް ހިންގުން: 21,000.00 ރުފިޔާ
  • ކުނިކޮށި ބެލެހެއްޓުން: 15,000.00 ރުފިޔާ
  • ކައުންސިލްގެ ސެކިއުރިޓީ ބެލެހެއްޓުން: 6,600.00 ރުފިޔާ
  • އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އެލަވަންސް: 5,866.56 ރުފިޔާ
  • އިންޓަނެޓާއި ފޯނު ބިލްތައް (އުރީދޫ އަދި ދިރާގު): 3,093.93 ރުފިޔާ

ކޮންމެ މަހަކު މި ވަރަށް ހަރަދުކުރާނަމަ އަހަރަކަށް 3.2 މިލިއަން ރުފިޔާ ހޭދަވާނެ އެވެ. 

ހިދުމަތްތައް ލަސްވެ، މަޝްރޫއުތައް ހުއްޓާލަން ޖެހިދާނެ

ކައުންސިލުން ހާމަކުރި ގޮތުގައި، ކުރިއަށް އޮތް ތަނުގައިވެސް ހިރިމަރަދޫގެ އަސާސީ އަދި ރަށްވެހި ހިދުމަތްތައް ދިނުމަށް ހަރަދު ކުރަން ޖެހޭނީ ހަނިމާދޫ ރައްޔިތުންނަށް ކަނޑައެޅިފައިވާ ބަޖެޓުންނެވެ. މިކަމުގެ ސަބަބުން ހަނިމާދޫ ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތައް ލަސްވުން ނުވަތަ ބައެއް ހިދުމަތްތައް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ކައުންސިލުން ބުނެފައިވެ އެވެ.

"ހަނިމާދޫގެ ތަރައްގީއަށް މިކައުންސިލުން ކުރިއަށް ގެންދާ މަޝްރޫއުތައް ހުއްޓާލުން ނުވަތަ މަޑުޖައްސާލުމަށް ޖެހިދާނެކަންވެސް ހިތާމަޔާއެކު ފާހަގަކުރަން،" ހަނިމާދޫ ކައުންސިލްގެ ބަޔާނުގައި ވެއެވެ.

"[ހިރިމަރަދޫގެ] ހަރަދުތައް ހަނިމާދޫ ރައްޔިތުންގެ ބަޖެޓުން ކުރަންޖެހޭތީ، މިކަމަށްޓަކައި ހަނިމާދޫ ރައްޔިތުންގެ ކިބައިން ނިހާޔަތަށް މައާފަށް އެދެން،"

ހަނިމާދޫގެ މަޝްރޫއުތަކާއި ހިދުމަތްތަކަށް ދަތިތައް ކުރިމަތިވެދާނެކަމުގެ ބިރު އޮތްއިރު، ބްލޮގް ގްރާންޓު ނުލިބޭ ނަމަ ހިރިމަރަދޫގެ ބައެއް ކަންކަމަށް ވެސް އެކަމުގެ އަސަރު ކުރާނެ ކަމަށް ހަނިމާދޫ ކައުންސިލުގެ ރައީސް އަލީ އިބްރާހިމް ކުރިން ވިދާޅުވެފައިވެ އެވެ. 

މި މައްސަލައާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ނުވަތަ ފިނޭންސް މިނިސްޓްރީން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox