ހުރިހާ ހިދުމަތެއް އެއް ފުރާޅެއްްގެ ދަށުން ލިބޭ ޓްރޭޑިއަން އިފްތިތާހުކޮށްފި

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ޓްރޭޑިއަން އިފްތިތާހުކޮށްދެއްވަނީ: މިއީ އެއް ފުރާޅެއްގެ ދަށުން ވިޔަފާރިތަކުން ބޭނުންވާ ހިދުމަތްތައް ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ނިޒާމެއް -- ފޮޓޯ: ރައީސް އޮފީސް

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ޓްރޭޑިއަން އިފްތިތާހުކޮށްދެއްވަނީ: މިއީ އެއް ފުރާޅެއްގެ ދަށުން ވިޔަފާރިތަކުން ބޭނުންވާ ހިދުމަތްތައް ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ނިޒާމެއް -- ފޮޓޯ: ރައީސް އޮފީސް

ވިޔަފާރިތައް ރަޖިސްޓްރީކުރުމާއި، މުދާތައް އެތެރެކުރުމާއި އަދި އެހެނިހެން ހިދުމަތްތައްް އެއްް ފުރާޅެއްގެ ދަށުންކުރަން މަގުފަހިކޮށްދޭ ޓްރޭޑިއަން މިއަދު އިފްތިތާހުކޮށްފި އެވެ.

ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ޓްރޭޑިއަން އިފްތިތާހުކޮށްދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ.

ޓްރޭޑިއަންއަކީ ހުރިހާ ވިޔަފާރިވެރިންނަށް ބޭނުންވާ ހިދުމަތްތައްް އެއް ވިއުގައެއް ދަށުން ފޯރުކޮށްދިނުމަށް ތައްޔާރުކުރި ޕޯޓަލްއެކެވެ. މި ޕޯޓަލް މެދުވެރިކޮށް އެކިއެކި އިދާރާތަކުން ފޯރުކޮށްދެމުން އަންނަ ހިދުމަތްތައް ފަސޭހަކަމާއި އަވަސްކޮށް ވިޔަފާރިވެރިންނަށް ލިބިގެންދާނެ އެވެ.

Advertisement

މި ޕޯޓަލް މެދުވެރިކޮށް ހިދުމަތްތަކުން ގުޅޫވާލެވުނު އިދާރާތަކުގެ ތެރޭގައި މޯލްޑިވްސް ކަސްޓަމްސް ސާވިސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ އިތުރުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ހިމެނެ އެވެ. އަންނަ ނޮވެމްބަރުން ފެށިގެން މި ޕޯޓަލް ބޭނުންކުރަން ފަށާނެ އެވެ.

ޓްރޭޑިއަން ޕޯޓަލްގެ ސަބަބުން ވިޔަފާރިވެރިންނަށް ކުރިމަތިވާ ދަތިތަކަށް ހައްލު ލިބުމުގެ އިތުރުން އެ މީހުންގެ ވަގުތުތައް ސަލާމަތްވެ އަދި ހަރަދުތައް ވެސް ކުޑަވެގެން ދާނެ ކަމަށް މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓްރޭޑްނެޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ސައީދާ އުމަރު ވިދާޅުވި އެވެ.

ޓްރޭޑްނެޓް މޯލްޑިވްސްގެ ބްރޭންޑް އާކިޓެކްޓް ޝިނާޒް ސައީދު ޓްރޭޑިއަން އާއި ބެހޭގޮތުން ވާހަކަދައްކަމުން ވިދާޅުވީ މިކަމުގެ ސަބަބުން މަސައްކަތަށް ކުރިއެރުންތަކެއް ލިބިގެން ދާނެ ކަމަށެވެ. އަދި އަށް ދުވަހުން ފުރިހަމަ ވާ ޕްރޮސެސް ދެން ހަ ދުވަހުން ފުރިހަމަ ވާނެކަން ފާހަގަކޮށް އޭނާ އިތުރަށް ވިދާޅުވީ މިކަމުގައި 19 އެޖެންސީއަކާއި 17 ސިސްޓަމް އިންޓެގްރޭޓުކޮށްފައިވާ ކަމަށެވެ.

ޓްރޭޑިއަން އިފްތިތާހުކުރި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، ސިންގަލް ވިންޑޯ މަޝްރޫއަށް ފަންޑުކުރި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox