މުއިއްޒު ވިދާޅުވީ ނައިބު ރައީސްގެ މަގާމުން ހުސައިން ވަކިކުރާ ވާހަކައިގައި ތެދެއް ނެތް ކަމަށް

ރައީސް މުއިއްޒު އަދި ނައިބު ރައީސް ހުަސައިން. ---

ރައީސް މުއިއްޒު އަދި ނައިބު ރައީސް ހުަސައިން. ---

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމުގައި ހުންނެވި ހުސައިން މުހައްމަދު ލަތީފު އެ މަގާމުން ވަކިކުރަން އުޅޭ ކަމަށް ބުނެ ދެކެވެމުންދާ ވާހަކައިގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ވިދާޅުވެ އެ ވާހަކަތައް ރައީސް މުހައްމަދު މުއިއްޒު ދޮގު ކުރައްވައިފި އެވެ. 

އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ސުވާލު އަމާޒުކުރީ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އަހުމަދު ނާޒިމް ވަކިކުރުމަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމުން ވަކިކުރަން އުޅޭ ކަމަށް ބުނެ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ޕޯޑިއަމްގައި ދެއްކި ވާހަކައަކާ ގުޅޭގޮތުންނެވެ. 

"ވީޕީ ހުސައިން މުހައްމަދު ލަތީފު ވަކިކުރާ ވާހަކައަކީ އެ ލެވެލްގެ ވާހަކައެއް. ދެން ކޮބާތޯ ކޯއްޗެއް ކްރިއޭޓް ކުރަންތޯ މި އުޅެނީ. މިއީ ޕޮލިޓިކްސްއެއް ވެސް ނޫނެއްނު، ޑާޓީ ޕޮލިޓިކްސްއެއް ވެސް ނޫނެއްނު މިއީ، މުޅިން އެހެން ލެވެލްއެއްގެ ޕޮލިޓިކްސްއެއް، ޑެސްޕަރޭޓްނެސް ޓު ދަ މެކްސިމަމް،" މުއިއްޒު ވިދާޅުވި އެވެ.

އެއަށްފަހު މުއިއްޒު ވަނީ ދޮގު ހެދުމާ ގުޅޭގޮތުން ވާހަތަކެއް ދައްކަވައި އިދިކޮޅުގައި ޒިންމާދާރު ބަޔަކު ނެތް ކަމަށް ވިދާޅުވެފަ އެވެ. އިދިކޮޅުގައި ތިބި މީހުން ކުރަނީ "ގޮސިޕް" ކަމަށާއި މޫނަށް ރުލެއް ނާރުވައި ދޮގު ވާހަކަ ދެއްކޭނީ ވަރަށް ކުޅަދާނަވެގެން ކަމަށް މުއިއްޒު ވިދާޅުވި އެވެ. 

"ގޮސިޕްގެ ވެސް އެއްވެސް ތާކުންތާކު ނުޖެހޭ، ބޭސްލެސް، އެއްވެސް ވަރެއްގެ ބޭސްއެއް ނެތް ވާހަކަ ދެއްކުން. އެ ލެވެލްގައި މި ތިބީ އަޅުގަނޑުމެން ގައުމު،" މުއިއްޒު ވިދާޅުވި އެވެ. 

ދައުަލަތުގެ މަތީ މަގާމުތައް ފުރުއްވާފައިވާ ބޭފުޅުން ރެއާއި ދުވާލު ކުރާ ކަމަކީ އެފަދަ ވާހަކަތައް ފެތުރުން ކަމަށް މުއިއްޒު ވިދާޅުވި އެވެ. 

"އަޅުގަނޑުމެން ގައުމަކު ނެތް އޮޕޮޒިޝަނެއް، އެއީ ޔަގީންކަމެއް. އޮޕިޒިޝަނަކީ ޒިންމާދާރު ބަޔަކަށް ނުވަންޏާ އެއީ އޮޕޮޒިޝަނެއް ނޫން. އެހެންވީމާ ތި ވާހަކައިގައި ތެދު ވާހަކައެއް ނެތީމާ ތިއަށް ނެތް އިތުރަށް ދަންނަވާނެ ވާހަކައެއް."

މިހާރު ޕީއެންސީގެ އިސް ސަފުގައި ތިއްބެވި ގިނަ ބޭފުޅުންނަކީ މީގެކުރިން ކުރީގެ ރައީސް އަބްދުالله ޔާމީނާއެކު ސިޔާސީ މަސައްކަތް ކުރެއްވި ބޭފުޅުންނެވެ. އޭގެ ތެރޭގައި ނައިބު ރައީސް ހުސައިން އާއި މިހާރުގެ މަޖިލިސް ރައީސް އަބްދުއްރަހީމް އަދި ގިނަ ވަޒީރުން ހިމެނެ އެވެ.

ނަމަވެސް، މި ސަރުކާރާއެކު އެ ބޭފުޅުން މިހާރު ސިޔާސީ މަސައްކަތް ކުރައްވަނީ މުއިއްޒު އާއެކު އެވެ. ޔާމީންގެ ޕީއެންއެފް ހަރަކާތްތެރިވަނީ އިދިކޮޅު ޕާޓީއެއްގެ ގޮތުގަ އެވެ. 

މި ސަރުކާރުގެ ތެރޭގައި ހިނގާ ކަންކަމުގެ ވާހަކަ އެންމެ ގަދައަށް ދެކެވެނީ ޕީއެންއެފްގެ ޕޯޑިއަމްތަކުގަ އެވެ. މަޖިލީހުގެ ނައިބު ރައީސްކަމުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަކިކުރަން އުޅޭ ވާހަކަތައް ވެސް އެންމެ ފުރަތަމަ ދެކެވުނީ ޕީއެންއެފްގެ ޕޯޑިއަމްތަކުގަ އެވެ.

އެ ވާހަކަތަކާ އެއްގޮތަށް ނާޒިމް ވެސް ވަނީ މަގާމުން ވަކިކޮށްފަ އެވެ. ނާޒިމްއާ ދައްކާނެ ވާހަކައެއް އަދި ކުރައްވާނެ މަޝްވަރާއެއް ވެސް ނެތް ކަމަށް މުއިއްޒު އިއްޔެ ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox