ދެވަނައަށް ދިން ތާރީހަށްވެސް ރަސްމާލެ ހިއްކާ ނުނިންމޭނެ!

ރައީސް ޑރ. މުހައްމަދު މުއިއްޒު: އެމަނިކުފާނު ދެވަނައަށް ދެއްވި ތާރީހަށްވެސް ރަސްމާލެ ހިއްކާ ނުނިންމޭނެ ކަމަށް އީއައިއޭގައި ވަނީ ބުނެފަ --- ފޮޓޯ: އަދަދު

ރައީސް ޑރ. މުހައްމަދު މުއިއްޒު: އެމަނިކުފާނު ދެވަނައަށް ދެއްވި ތާރީހަށްވެސް ރަސްމާލެ ހިއްކާ ނުނިންމޭނެ ކަމަށް އީއައިއޭގައި ވަނީ ބުނެފަ --- ފޮޓޯ: އަދަދު

މި ސަރުކާރުގެ އެންމެ ބިޔަ މަޝްރޫއު ކަމުގައިވާ ރަސްމާލެ ތަރައްގީކުރުމަށްޓަކައި ފުށިދިއްގަރުފަޅު ހިއްކައި ނިންމޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެ ވަނަ ފަހަރަށް ކަނޑައެޅުއްވި ތާރީހަށް ވެސް ބިން ހިއްކުމުގެ މަސައްކަތް ނުނިންމޭނެ ކަމަށް މަޝްރޫއުގެ އީއައިއޭ ރިޕޯޓުގައި ބުނެފި އެވެ.

ރަސްމާލެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށްޓަވަމުން ޑިސެމްބަރު 18، 2023 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ މަސައްކަތް މެދުނުކެނޑި އަށް މަސްދުވަހުގެ ތެރޭގައި ނިމޭނެ ކަމަށެވެ. އެ މުއްދަތު ހަމަވީ އޮގަސްޓު 18، އަށެވެ. އެ މުއްދަތުގައި ހިއްކުނީ ރަސްމާލޭގެ އެންމެ ސައިޓެކެވެ.

ރައީސް ދެއްވި އެ މުއްދަތު ހަމަވުމުގެ ކުރިން ރަސްމާލެ ހިއްކުމުގެ މަސައްކަތަށް އިތުރު އަށް މަސް ބޭނުންވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި އެމަނިކުފާނު ދެވަނަ ފަހަރަށް ދެއްވި އަށް މަހުގެ މުއްދަތު ހަމަވާނީ މާޗު 26، 2025 އަށެވެ.

މިހާރު ހަމައެކަނި ސައިޓު ޖޭގެ 29 ހެކްޓަރަށް ފަސް އަޅައި ހިއްކާފައިވާއިރު، އިތުރު ހަތް ސައިޓެއްގެ އެންވަޔަރަމަންޓު އިމްޕެކްޓު އެސެސްމަންޓު (އީއައިއޭ) ހަދައި، އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އާންމުކުރީ މިދިޔަ މަހުގެ ފަހު ކޮޅު އެވެ.

އީއައިއޭ ރިޕޯޓުގައި މަޝްރޫއު ކުރިއަށް ގެންދާ ސަރުކާރުގެ ކުންފުނި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފައިވަނީ އާ ހަތް ސައިޓުގައި ހިމެނޭ ޖުމްލަ 256 ހެކްޓަރު ހިއްކަން ޖުމްލަ 18 މަސް ނުވަތަ ދޮޅު އަހަރު ހޭދަވާނެ ކަމަށެވެ. އެ މަސައްކަތް ނިމޭނެ އެންމެ އަވަސް ތާރީހަކީ މާޗު 3، 2026 އެވެ.

ރަސްމާލޭގެ ޕްލޭންގައިވާ ގޮތުން އެ ފަޅުން 1150 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް ހިއްކައި ނިންމަން ކަނޑައަޅާފައިވެ އެވެ.

އީއައިއޭގައި ރިޕޯޓުގައި ބުނެފައިވާ ގޮތުން، އާ ސައިޓުތައް ހިއްކުމުގެ މަސައްކަތް މިދިޔަ މަހު ފަށަން ޖެހޭނެ އެވެ. ނަމަވެސް އެ މަސައްކަތް ނުފަށަ އެވެ. ހޯމަ ދުވަހުގެ ސެޓްލައިޓު ފޮޓޯއިން ވެސް ފެންނަ ގޮތުގައި ފުށިދިއްގަރުފަޅުގެ އާ ސައިޓުތައް ހިއްކުމުގެ މަސައްކަތް ނުފަށަ އެވެ.

ސެޕްޓެމްބަރު 2، 2024 ގެ ނިޔަލަށް ފުށިދިއްގަރު ހިއްކާފައިވާ މިންވަރު ފެންނަ ސެޓްލައިޓު ފޮޓޯއެއް
ސެޕްޓެމްބަރު 2، 2024 ގެ ނިޔަލަށް ފުށިދިއްގަރު ހިއްކާފައިވާ މިންވަރު ފެންނަ ސެޓްލައިޓު ފޮޓޯއެއް

ސެޕްޓެމްބަރު 2، 2024 ގެ ނިޔަލަށް ފުށިދިއްގަރު ހިއްކާފައިވާ މިންވަރު ފެންނަ ސެޓްލައިޓު ފޮޓޯއެއް

ރަސްމާލެ މަޝްރޫއު ފެށީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ) އާ ހަވާލުކޮށްގެންނެވެ. އެ ކުންފުންޏާ މަޝްރޫއު ހަވާލުކުރީ ހުޅުމާލެއިން 10 ހެކްޓަރާއި ފުށިދިއްގަރުފަޅުން ހިއްކާ 60 ހެކްޓަރު ބިން ދިގު މުއްދަތަށް ދޭގޮތަށެވެ. އެ ބިމުގެ އަގު 45 ބިލިއަން ރުފިޔާއަށް އަރަ އެވެ.

އެމްއެމްސީސީއާއެކު ހެދި އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާއިރު، ރަސްމާލެ ހިއްކުމުގެ މަސައްކަތް ދެން ކުރިން ގެންދާނީ އެކި ކުންފުނިތަކާ ހަވާލުކޮށްގެން ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

އެކި ކުންފުނިތަކަށް ރަސްމާލޭގެ ބިން ހިއްކަން ހަވާލުކުރާނެ ކަމަށް ރައީސް މިރޭ ވިދާޅުވި ނަމަވެސް، ރަސްމާލެއިން ފުރަތަމަ ހިއްކި 29 ހެކްޓަރުގެ ސައިޓު ޖޭ އަށްފަހު ދެން ހިއްކަން ނިންމާ އީއައިއޭ ހެދި ސައިޓު އެފްގެ މަސައްކަތްވެސް ހަވާލުކޮށްފައިވަނީ ސީއެމްސީސީ އާ އެވެ. ނަމަވެސް އެ ކުންފުންޏާއެކު ހެދި އެއްބަސްވުން ފަހުން ވަނީ ބާތިލުކޮށްފަ އެވެ.

ދައުލަތުން ހަރަދުނުކޮށް ކުރިއަށް ގެންދަން ރޭވި ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ފުރަތަމަ ޕްލޭން ފެއިލްވެ، މަޝްރޫއު ހިންގާ ސަރުކާރުގެ ކުންފުނި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބޮޑު ލޯނު ނަގައިގެން އެ ބިން ހިއްކުން އިންޑިއާ އާއި ޗައިނާގެ ކުންފުންޏަކާ ވަނީ ހަވާލުކޮށްފަ އެވެ.

ސައިޓު ޑީ، ޖީ، އަދި އެލް، ހިއްކަން ހަވާލުކުރީ އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސް (އެމްއެމްއީ) އާ އެވެ. ބާކީ ހަތަރު ސައިޓު ކަމަށްވާ އޭ، ބީ، އެޗް، އައި، އަދި ކޭ، ހިއްކަން ހަވާލުކުރީ ޗައިނާ ރެއިލްވޭ ކޮންސްޓްރަކްޝަން ކޯޕަރޭޝަން (ސީއާރުސީސީ) އާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox