ރަހީނުކުރި އަންހެން މީހާ ސަލާމަތް ކުރަން ފުލުހުން ބާރުގެ ބޭނުން ކުރި ގޮތުގެ އެތެރޭގެ ތަހުގީގެއް ހިންގަނީ

މީހަކު ރަހީނުކޮށްގެން އުޅެނިކޮށް ސަލާމްތް ކުރި ހާދިސާ ހިނގި ސަރަހައްދު -- ފޮޓޯ: އަތޫފް އާތިފް / އަދަދު

މީހަކު ރަހީނުކޮށްގެން އުޅެނިކޮށް ސަލާމްތް ކުރި ހާދިސާ ހިނގި ސަރަހައްދު -- ފޮޓޯ: އަތޫފް އާތިފް / އަދަދު

ރަހީނުކޮށްގެން މާލޭ ގެއެއްގެ ތެރޭގައި އަންހެނަކު ގެންގުޅެ، އޭނާ މަގުމައްޗަށް ނެރެ ކަރުގައި ވަޅި ޖައްސާފައި ހުއްޓައި އެ އަންހަން މީޙާ ސަލާމަތް ކުރަން ފުލުހުން ރޭ އަމަލު ކުރި ގޮތުގެ އެތެރޭގެ ތަހުގީގެއް ފުލުހުން ހިންގަން ފަށައިފި އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި އެ ތަހުގީގު ހިންގަނީ ފުލުހުންގެ އަތުގައި ޓޭޒާ ބަޑި ހުއްޓައި މުގުރު ބޭނުން ކޮށްގެން އަންހެން މީހާ ސަލާމަތް ކޮށްފައިވާތީ، އެފަދަ ހާލަތްތަކުގައި އަމަލު ކުރާނެ ގޮތް ކަނޑައަޅައި މިހާރަށްވުރެ ރަނގަޅަށް އެފަދަ އޮޕަރޭޝަންތައް ހިންގާނެ އުސޫލުތަކެއް އެކުލަވައިލުމަށެވެ.

މި ތަހުގީގު ހިންގަން ފުލުހުންގެ ކޮމިޝަނަރަށް އެންގެވީ ހޯމް މިނިސްޓަރު، އަލީ އިހުސާން އެވެ.

Advertisement

އަންހެނެއްގެ ކަރުގައި ވަޅި ޖައްސައިގެން ރޭ ބިރުދެއްކި މައްސަލައިގައި ހިމެނޭ މީހާ ފުރަތަމަ މަސައްކަތް ކުރީ އަންހެން މީހާ ގޮވައިގެން ފިލަންށެވެ. ފިލުމަށްޓައި އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން ގެންގޮސް ސައިކަލަކަށް އެރުމަށްފަހު، ސައިކަލު ދުއްވަން އަންހެން މީހާއަށް އޭނާ މަޖުބޫރު ކުރުވި އެވެ.

ނަމަވެސް، އެ ސަރަހައްދުން އޭނާ ދިޔުމުގެ ކުރިން ފުލުހުން ވަނީ ސައިކަލުގެ ފަހަތުގައި ފިރިހެން މީހާ އިންދާ އޭނާގެ ބޮލުގައި މުގުރަކުން ޖަހައި ބިންމައްޗަށް ވައްޓާލައިފަ އެވެ.

ރަހީނު ކުރި އަންހެން މީހާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާއިރު، އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ. ވަޅި ހިފައިގެން ބިރުދެއްކި ފިރިހެން މީހާގެ ބޮލުގައި މުގުރުން ޖެހުމުން އޭނާއަށް ވެސް އަނިޔާވި އެވެ.

އޭނާއަށް އޭޑީކޭގައި ފަރުވާދެމުންދާއިރު، އޭނާގެ ހާލެއް އަދި ނޭނގެ އެވެ. އެ ފިރިހެން މީހާގެ ބޮލަށް ލިބުނު ގެއްލުން ދެނެގަތުމަށް އޭނާގެ ބޮލުގެ ސީޓީ ސްކޭނެއް ވެސް ރޭ ހެދި އެވެ. ނަމަވެސް އޭގެ ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

އެ ހާދިސާ ހިނގި މަންޒަރު ފެންނަ ވީޑިއޯ މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އަންހެން މީހާ ސަލާމަތް ކުރުމަށް ފުލުހުން އަމަލު ކުރި ގޮތުން މީހުންގެ ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ.

އެގޮތުން ކުރީގެ ޕޮލިސް ކޮމިޝަނަރު، މުހައްމަދު ހަމީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހައި ރިސްކު ހާލަތްތަކުގައި ބޭނުން ކުރުމަށް އެންމެ އެކަށީގެންވާ ނަން ލީތަލް ހަތިޔާރު ކަމަށްވާ އިލެކްޓްރިކަލް ވެޕަން (ސީއީޑަބްލިއު) ފުލުހުންގެ މުއައްސާއަށް ޖޫން 2023 ގައި ހޯދި ކަމަށެވެ.

ރޭ ފުލުހުން ޓޭޒާ ބޭނުން ކުރި ނަމަ އެ ހަލަތު މާ ފަސޭހައި ކޮންޓްރޯލް ކުރެވުނީސް ކަމަށް އޭނާ ދެކެވަޑައިގަންނަވާ ކަމަށް ހަމީދު ވިދާޅުވި އެވެ.

"އަމަންއަމާންކަން ގާއިމުކުރުމަށް ފުލުހުން ކުރާ މަސައްކަތަށް އާންމުންގެ އޮންނަ އިތުބާރު ދެމެހެއްޓުމަށް ގާބިލު ކަމާއެކު ޕްރޮފެޝަނަލީ މަސައްކަތް ކުރުން މުހިންމު،" ހަމީދު ވިދާޅުވި އެވެ.

ނުރައްކާތެރި ހާލަތްތަކުގައި ޓޭޒާ ބަޑި ބޭނުން ކުރަން ފުލުހުން ފެށީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. ފުލުހުންގެ އަތުގައި ހުރީ އެކްސަންގެ ޓޭޒާ 7 ގެ 25 ބަޑި އެވެ. އެއީ އެމެރިކާގައި ތައްޔާރުކޮށް، މިހާރު ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ގައުމުތަކުގައި ބޭނުން ކުރަމުންދާ ވަސީލަތެކެވެ. މިއީ އެ ކުންފުނީގެ އެންމެ އެޑްވާންސް އެއް ހަތިޔާރެވެ.

ޓޭޒާ ބަޑި ބޭނުން ކުރުމަށް ފުލުހުން އެކުލަވާލި އުސޫލުގައި ވާގޮތުން ރޭ ކުރިމަތިވި ހާލަތުގައި ފުލުހުންނަށް ޓޭޒާ ބަޑި ބޭނުން ކުރެވޭނެ އެވެ.

ޖިސްމާނީ ބޮޑު އަނިޔާއެއް ދިނުމަށް ނުވަތަ ފުރާނައަށް ނުރައްކާވާ ފަދަ އަމަލެއް ކުރުމަށް ނުވަތަ މުދަލަށް ބޮޑު ގެއްލުމެއް ދިނުމަށް މަސައްކަތް ކުރާ މީހަކު ހުއްޓުވުމަށް ޓޭޒާ ބަޑި ބޭނުން ކުރެވޭނެ ކަމަށް އެ އުސޫލުގައި ބަޔާން ކޮށްފައިވެ އެވެ.

އޭގެއިތުރުން އެ މީހެއްގެ އަމަލުތައް ހުރި ގޮތުން އެ މީހެއްގެ ފަރާތުން ފުލުހުންނަށް ނުވަތަ އެތަނުގައި ހުރި މީހަކަށް ޖިސްމާނީ ބޮޑު އަނިޔާއެއް ދީފާނެ ކަމަށް އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށް ގަބޫލު ކުރެވޭ ހާލަތުގައި ވެސް ޓޭޒާ ބަޑި ބޭނުން ކުރެވޭ ކަމަށް އެ އުސޫލުގައި ބަޔާންކުރެ އެވެ.

ހަމަ އެހެންމެ، ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމަށް ހިންގާ އޮޕަރޭޝަންތަކުގައި ވެސް ޓޭޒާ ބަޑި ބޭނުން ކުރެވޭ ކަމަށް އެ އުސޫލުގައި ބަޔާން ކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox