މި ވަގުތު މާޒިޔާ އިން ފުޓްބޯޅަ މަސައްކަތް ކުރަނީ ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން: ޗެއާމަން ސާޖިދު

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މާޒިޔާގެ ޗެއާމަން ސާޖިދު ވާހަކަ ދައްކަވަނީ،--- ފޮޓޯ: އަތޫފް އާތިފް / އަދަދު

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މާޒިޔާގެ ޗެއާމަން ސާޖިދު ވާހަކަ ދައްކަވަނީ،--- ފޮޓޯ: އަތޫފް އާތިފް / އަދަދު

ރާއްޖޭގެ ފުޓްބޯޅަ މި ވަގުތު އޮތް ހާލަތަށް ބަލާއިރު، މާޒިޔާ ސްޕޯޓްސް އެންޑް ރެެކްރިއޭޝަން ފުޓްބޯޅައިގެ ކަންކަމުގައި ހަރަކާތްތެރިވަމުން އަންނަނީ ގައުމީ ކަމެއް ކަމުގައި ދެކިގެން ފުޓުބޯޅަ އަށް ކަމެއް ކޮށްދިނުމުގެ ބޭނުމުގައި ކަމަށް މާޒިޔާގެ ޗެއާމަން އަހުމަދު ސާޖިދު ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް އޭއެފްސީގެ ޗެލެންޖް ލީގުގެ ކުރިން މާޒިޔާ އިން ވަނީ އެ ޓީމުގެ ކޯޗަކަށް ސާބިއާގެ ޑްރަގަން ޑުކަނޯވިޗް ވަނީ މިއަދު ހަމަޖައްސައިފަ އެވެ.

ރާއްޖޭގެ ފުޓްބޯޅަ މި ވަގުތު އޮތް ނާޒުކު ފައްތަރުގައި ވެސް އޭއެފްސީން ދޭ ކްލަބް ލައިސަންސް ހާސިލްކުރި ހަމައެކަނި ދިވެހި ކްލަބަކީ މާޒިޔާ އެވެ. އެ ކްލަބުން ވަނީ ކުރިއަށް އޮތް ސީޒަނަށް ކުޅުންތެރިންނަށް ދޭން ޖެހޭ އެޑްވާންސް ފައިސާ ވެސް ހަމަޖައްސައިދީފަ އެވެ.

މި އުނދަގޫ ވަގުތުގައި ވެސް މާޒިޔާ އިން ފުޓްބޯޅައިގެ ކަންކަމުގައި ބޮޑު ހޭދަތަކެއް ކުރުމާ ބެހޭގޮތުން ސުވާލުކުުރުމުން، މާޒިޔާގެ ޗެއާމަން ސާޖިދު ވިދާޅުވީ، ފުޓުބޯޅައިގެ ހާލަތު މިހާރު އޮތް ގޮތުން މާޒިޔާގެ ބޮލުގައި އެޅިފައި އޮތް ޒިންމާ ބޮޑު ކަމަށެވެ. އަދި އެ ޒިންމާ އަދާކުރުމުގައި އެ ކުލަބަށް ވީ ވަރަކުން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދިވެހި ރާއްޖޭގައި ވެސް އެބަ އޮންނަން ޖެހޭ (އޭއެފްސީ ކުޅޭނެ ޓީމެއް) އޭއެފްސީގައި ވެސް ކުޅެން ޖެހޭ ކޮންމެ ހާލަތެއްގައި ވިޔަސް މާޒިޔާ އަށް ވެވުނު ވަރެއް މި ކުރަނީ. ސަރުކާރުންނާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަމާ އެކީގައި، މާޒިޔާ އަށް ސަޕޯޓެއް ލިބިއްޖިއްޔާ އަދި މި އަށް ވުރެ ރަނގަޅަށް ކުރެވޭތޯ ބަލާނަން، މާޒިޔާގެ ހުރި ފެންވަރަކުން، މާޒިޔާ އިން ދިވެހި ފުޓްބޯޅަ އަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދޭނަން." ޖެހިޖެހިގެން ފަސް ވަނަ ދައުރަކަށް މާޒިޔާގެ ޗެއާމަންކަން ކުރައްވަމުން އަންނަ ސާޖިދު ވިދާޅުވި އެވެ.

މާޒިޔާ އާއި ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން، ސަމޫހު (ކ)، މާޒިޔާގެ ޗެއާމަން، ސާޖިދު (ވ) އަށް ޕްރެޒިޑެންޓްސް ކަޕްގެ ތަށި ހަވާލުކުރަނީ.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

ގައުމީ ފުޓްބޯޅަ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް މި ވަގުތު ތިބީ މާޒިޔާގަ އެވެ. ފުޓްބޯޅައާ ދުރަށް ނުގޮސް އެ ކުޅުންތެރިން ތިބި އެންމެ ބޮޑު ސަބަަބަކީ މާޒިޔާ އިން ކަންކަން ހަމަޖައްސައިދޭތީ އެވެ. ގައުމީ ޓީމުގެ ޒިންމާ އެއްވެސް މާޒިޔާގެ ބޮލުގައި އެޅިފައި އޮތްއޮތުމާ ބެހޭގޮތުން ކުރި ސުވާލަށް ވެސް ޗެއާމަން، ސާޖިދު ޖަވާބުދެއްވި އެވެ.

"މި ވަގުތަށް އެކަހަަލަ ޒިންމާއެއް ވެސް މި އޮތީ މާޒިޔާގެ ބޮލުގައި އެޅިފައި. މާޒިޔާ އަކީ ވެސް ގައުމުގެ ބަޔަކަށް ވާތީ، ގައުމުގައިވާ ހުރިހާ ކަމެއްގެ ޒިންމާ ވެސް މާޒިޔާ ބޮލުގައި އެބަ އެޅޭ، އެހެންވީމަ އެ ގޮތުން ހަމަ މާޒިޔާ އަށް ކުރެވެން އޮތް ހިތްވަރެއް މި ކުރަނީ ހަމަ،" ސާޖިދު ވިދާޅުވި އެވެ.

މީގެ އިތުރުން މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މާޒިޔާގެ ޖެނެރަލް ސެކެޓްރީ އަބްދުލް ވައްހާބް (ވައްކޭ) ވިދާޅުވީ، ފުޓުބޯޅަ އެސޯސިއޭޝަން ދަތި ހާލަކަށް ވެއްޓުމާއި އެކު އޭގެ ގެއްލުން މާޒިޔާ އަށް ވެސް ވަމުން އަންނަ ކަމަށެވެ.

އެ ގޮތުން މިދިޔަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު ޗެމްޕިއަން ފައިސާ އާއި ކްލަބަށް ލިބެން ޖެހޭ އެހެނިހެން ފައިސާ އަދިވެސް ނުލިބޭ ކަމަށް ވައްހާބް ވިދާޅުވި އެވެ.

"އެފްއޭއެމް އޮތީ ނޯމަލައިޒް ވެފައި. ޗެއާމަންގެ އިރުޝާދުގެ ދަށުން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ދިވެހި ފުޓުބޯޅައިގެ މިހާލަތުގައި ވެސް ދިވެހި ފުޓުބޯޅަ އަށް ކަމެއް ކޮށްދެވޭތޯ. މާޒިޔާގެ ތައްޔާރީތައް މިހާލަތައް ދާން މި ޖެހުނީ ފެޑެރޭޝަނުގެ ހާލަތު ގޯސްވުމުން. މިދިޔަ އަހަރުގެ ޗެމްޕިއަން ލާރިވެސް އަޅުގަނޑުމެން އަށް ނުލިބޭ. މިދިޔަ އަހަރުގެ ތައްޔާރީތަކަށް ދޭން ޖެހޭ ލާރިވެސް އަޅުގަނޑުމެން އަށް ނުލިބޭ. އަޅުގަނޑުމެން އަށް ދޭން ޖެހޭ ލާރީގެ އަދަދު ގާތް ގަނޑަކަށް ދެ މިލިއަން އަށްވުރެ ގިނަ" ވައްހާބް ވިދާޅުވި އެވެ.

އޭނާ ވަނީ ރާއްޖޭގެ ފުޓްބޯޅައިގެ މިހާރުގެ ހާލަތު ބަދަލުކުރުމަށް، ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު އާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ) ކުރައްވާ މަސައްކަތް ވެސް މާޒިޔާ އިން ގަބޫލުކުރާ ކަމަށާއި އުންމީދަކީ މިހާރަށް ވުރެ އިތުރަށް ކަންކަން ރަނގަޅުވުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox