ފުޅާދާއިރާއެއްގައި ގަވާއިދާ ހިލާފަށް ސެލޫންގެ ވިޔަފާރި ކުރަމުންދިޔަ ބަޔަކު ޑީޕޯޓު ކޮށްފި

އިމިގުރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ސެލޫން ހިންގަމުންދިޔަ މައްސަލައިގައި ޑީޕޯޓު ކުރީ ދެ ސެލޫނަކުން ޖުމުލަ ހަ މީހުން ކަމަށް -- ފޮޓޯ އިމިގުރޭޝަން

އިމިގުރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ސެލޫން ހިންގަމުންދިޔަ މައްސަލައިގައި ޑީޕޯޓު ކުރީ ދެ ސެލޫނަކުން ޖުމުލަ ހަ މީހުން ކަމަށް -- ފޮޓޯ އިމިގުރޭޝަން

ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް ސެލޫންގެ ވިޔަފާރި ކުރަމުންދިޔަ ދެމީހަކު ހައްޔަރުކޮށް ޑީޕޯޓުކޮށްލައިފި އެވެ.

އެކްސްގައި އިމިގުރޭޝަނުން ކުރި ޕޯސްޓެއްގައި ބުނީ ގަވާއިދާ ހިލާފަށް ސެލޫން ހިންގަމުންދިޔަ މައްސަލައިގައި ޑީޕޯޓު ކުރީ ދެ ސެލޫނަކުން ޖުމުލަ ހަ މީހުން ކަމަށެވެ.

އޭގެތެެރެއިން ހަތަރު ބިދޭސީންނަކީ ރިޓްޒް ބިއުޓީ ސެލޫންގެ ނަމުގައި މަޝްހޫރު ސެލޫނެއް ހިންގި ރަޖަނީ ޝްރެސްތާ (ރިޒް) އާ އެކު ހައްޔަރު ކުރި މީހުންނެވެ. އިމިގިރޭޝަނުގެ ބެލުމުގެ އެމީހުން ގެންދިޔައީ އޯގަސްޓު 11 ގައި ކަމަށް އިމިގުރޭޝަނުން ބުންޏެވެ. އެ ފަސް މީހުން ވެސް އޭގެ ދެ ދުވަސް ފަހުން ޑީޕޯޓު ކޮށްފައިވާ ކަމަށް އިމިގުރޭޝަނުން ބުންޏެވެ.

ދެވަނައަށް އަތުލައިގަތީ މިމަހުގެ 18 ގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން ސުޝްމިތާ ދައުގޮދާ (ސުޒޫ) ނަމަކަށް ކިޔާ މީހެއް ކަމަށް އިމިގުރޭޝަނުން ބުންޏެވެ. އޭނާ ޑީޕޯޓު ކުރީ މިދިޔަ އަންގާރަ ދުވަހު ކަމަށް އިމިގުރޭޝަނުން ބުންޏެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން، ހާއްސަކޮށް ވިޔަފާރީގެ އެކި ހަރަކާތްތަކުގައި ބައިވެރިވާ ބިދޭސީން އަތުލައިިގަނެ ޑީޕޯޓުކުރުމުގެ މަސައްކަތް އިމިގްރޭޝަނާއި ފުލުހުންގެ އިތުރުން ހެލްތު މިނިސްޓަރީ އާއި އިކޮނިމިކް މިނިސްޓަރީ ގުޅިގެން ދަނީ ކުރަމުންނެވެ. މި އެންމެން ފުރުވާލަން ނިންމާފައިވާއިރު، ސަރުކާރުން ބުނީ އެއްވެސް މީހަކަށް އިތުރު ފުރުސަތެއް ދިނުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox