ސަރުކާރަށް މާ ގިނަ ޗޮއިސްއެއް ނެތް، ހަރުކަށި ފިޔަވަޅުތަކެއް ނާޅައި ރާއްޖެ ސަލާމަތެއް ނުވާނެ: ތޯރިގު

ސަރުކާރަށް މާ ގިނަ ޗޮއިސްއެއް ނެތް، ހަރުކަށި ފިޔަވަޅުތަކެއް ނާޅައި ރާއްޖެ ސަލާމަތެއް ނުވާނެ: ތޯރިގު

މިވަގުތު ސަރުކާރަށް މާ ގިނަ ޗޮއިސްއެއް ނެތް ކަމަށާއި ރާއްޖޭގެ އިގްތިސާދީ ހާލަތު މިހާރު އޮތް ގޮތުން ހަރުކަށި ފިޔަވަޅުތަކެއް ނާޅައި ރާއްޖެ ސަލާމަތް ނުވާނެ ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އާބަން ޑިވެލޮޕްމަންޓުގެ ބިލަށް ބަހުސް ކުރައްވަމުން ތޯރިގު ވިދާޅުވީ އަސާސީ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ގާނޫނުތަކުން ސަރުކާރަށް މަތިކޮށްފައިވާ ކަމަށެވެ.

އެކަމުގެ ސަބަބުން 200 މީހުން އުޅޭ ރަށެއްގައި ވެސް ހުރިހާ ހިދުމަތެއް ދިނުމަށް އެއިރެއްގައި ހުންނަ ރައީސުލްޖުމްހޫރިއްޔާއަށް މަޖުބޫރުވާ ކަމަށް ތޯރިގު ވިދާޅުވި އެވެ. ރާއްޖެއަށް ލިބޭ އާމްދަނީއަށް ވުރެ އިތުރަށް ކޮންމެ އަހަރެއްގެ ބަޖެޓު ފާސްކުރަމުންދާތާ އެތަކެއް އަހަރުތަކެއް ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއަދުގެ ސަރުކާރަށް މަޖުބޫރު ފިޔަވަޅުތަކެއް އަޅަން. ރާއްޖޭގައި, ހާއްސަކޮށް 2026 ވަނަ އަހަރު ދިވެހި ދައުލަތުން ރާއްޖޭން ބޭރަށް ދައްކަން ޖެހޭ ބިލިއަނެއްހާ ޑޮލަރު ރާއްޖެއަށް އެއްކައިރި ކުރެވޭނެ ނިޒާމެއް މިހާތަނަށް ފެންނަން ނެތް," ތޯރިގު ވިދާޅުވި އެވެ.

ރާއްޖޭން 2026 ގައި ދައްކަން ޖެހޭ ބޮޑު ދަރަނި ދެއްކުމަށް ދޮޅު އަހަރު ދުވަސް ވެސް ނެތް ކަމަށާއި އެއީ 2020-2021 ގައި އެމްޑީޕީގެ ސަރުކާރުން ވިއްކާފައިވާ ސުކޫކަށް އެއްފަހަރާ 400 މިލިއަން ޑޮލަރު ދައްކަން ޖެހޭ އަހަރެއްކަން ތޯރިގު ވިދާޅުވި އެވެ.

ރާއްޖޭގެ ރިޒާވު ދަށްވި އެއް ސަބަބަކީ ސޮވެރިން ޑިވެލޮޕްމަންޓު ފަންޑުގައި ހުރި ޑޮލަރު ރުފިޔާއަށް މާރުކޮށް އިންވެސްޓު ކުރުން ކަމަށް ތޯރިގު ތުހުމަތު ކުރެއްވި އެވެ.

"ސަރުކާރަށް މިހާރަކު ނެތް މާ ގިނަ ޗޮއިސެއް. އަޅުގަނޑުމެންނަށް އޮތީ ހަރަދު ކުޑަކޮށްފައި ލިބޭ އެއްޗަކުން ހަރަދު ކުރުން. ރައްޔިތުންނަށް ވެސް ވިސްނައިދޭން ޖެހެނީ, ޒަމާން ވެގެން މިދިޔައީ ސަބްސިޑީތަކާއި ފޮތް ފަންސޫރު ހިލޭ ލިބޭނެ ނިޒާމެއްގައި," ތޯރިގު ވިދާޅުވި އެވެ.

ޑިމޮކްރަސީއަށް ރާއްޖެ ފުރޮޅިގެންދިޔައިރު އޭރު ވެރިކަމުގައި ހުންނެވި މައުމޫން އަބްދުލްގައްޔޫމަށް ޕްރެޝަރު ކުރުމުގެ ގޮތުން ސަރުކާރުން ހުރިހާ އެއްޗެއް ހިލޭ ދޭން ޖެހޭ ކަމުގެ ފަލްސަފާއެއް ގެންގުޅުނު ކަމަށް ތޯރިގު ވިދާޅުވި އެވެ.

"ރާއްޖޭގެ ހާލަތު މިހާރު އޮތް ގޮތުން ހަރުކަށި ފިޔަވަޅުތަކެއް ނާޅައި ރާއްޖެ ސަލާމަތް ނުވާ ހިސާބަށް މި ދަނީ،" އޭނާ ވިދާޅުވި އެވެ.

ވެރިކަންކުރާ ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕުގެ ނައިބު ލީޑަރު ކަމުން ދާދިފަހުން ތޯރިގު ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދިނީ އަމިއްލަ ކަންކަން ހުރިގޮތުން އެ މަސްއޫލިއްޔަތު އަދާކުރުމަށް ވަގުތު ދެވެން ނެތުމުގެ ސަބަބުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox