ވިޔަފާރިވެރިންނަށް ހަޖޫޖެހުން ހުއްޓާލަން ޕީއެންސީގެ މަޖިލިސް މެންބަރުންނާއި އެކްޓިވިސްޓުންނަށް ތޯރިގު ގޮވާލައްވައިފި

 މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު : އޭނާ ވަނީ ވިޔަފާރިވެރިންނަށް ހަޖޫޖެހުން ހުއްޓާލުމަށް ޕީއެންސީގެ މަޖިލިސް މެންބަރުންނަށާއި އެކްޓިވިސްޓުންނަށް ގޮވާލައްވާފަ --- ފޮޓޯ: މަޖިލިސް އިދާރާ

މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު : އޭނާ ވަނީ ވިޔަފާރިވެރިންނަށް ހަޖޫޖެހުން ހުއްޓާލުމަށް ޕީއެންސީގެ މަޖިލިސް މެންބަރުންނަށާއި އެކްޓިވިސްޓުންނަށް ގޮވާލައްވާފަ --- ފޮޓޯ: މަޖިލިސް އިދާރާ

ގައުމުގެ ބޮޑެތި ވިޔަފާރިވެރިންނަށް ބަދުބަސްބުނެ ހަޖޫ ޖެހުން ހުއްޓާލަން ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު އެ ޕާޓީގެ ސިޔާސީ މެންބަރުންނަށް ގޮވާލައްވައިފި އެވެ.

މަޖިލިސް މެންބަރުންނާއި މި ސަރުކާރުގެ އިސްވެރިންގެ އިތުރުން ޕީއެންސީގެ އެކްޓިވިސްޓުން ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިންނަށް ގޮންޖަހައި، ފާޑުކިޔަމުންދަނީ ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރަން މަޖުބޫރުކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭރު ފައިސާގެ ގަވާއިދަށް އަމަލުކުރެވެން ނެތް ކަމަށް ގިނަ ވިޔަފާރިވެރިން ބުނުމުންނެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަށް މިރޭ ބަހުސް ކުރައްވަމުން ތޯރިގު ވިދާޅުވީ، މިވަގުތު ރާއްޖޭގެ އިގުތިސާދީ އަދި މާލީ ހާލަތު އޮތީ ވަރަށް ގޯސްކޮށް ކަމަށެވެ. އެހެން ކަމުން ޑޮލަރުގެ މައްސަލައާ މެދު ވިސްނާލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Advertisement

"އަޅުގަނޑުމެންގެ އެކުވެރި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ އަދި އަޅުގަނޑުމެންގެ ޕާޓީ، ޕީއެންސީއަށް އަދި މި ސަރުކާރަށް ނިސްބަތްވާ ހުރިހާ ސިޔާސީ ފަރާތްތަކާ އަދި ޕާޓީގެ އެކްޓިވިސްޓުންނަށް އަޅުގަނޑު ގޮވާލަން، އަޅުގަނޑުމެންގެ ގައުމުގެ ބޮޑެތި ވިޔަފާރިވެރިންނަށް ބަދުބަސް ބުނުން ހުއްޓާލަން،" ތޯރިގު ވިދާޅުވި އެވެ.

އެގޮތުން ތަފާތު ނަންތަކުން އެ ވިޔަފާރިވެރިންނާ މުހާތަބުކޮށް، ސޯޝަލް މީޑިއާގައި ހަޖޫ ޖެހުން ހުއްޓާލަން ޖެހޭ ކަމަށާއި ރާއްޖޭގެ އިގުތިސާދު އޮތީ ރަނގަޅު ހާލަތެއްގައި ނޫން ކަމަށް ވެސް ޕީއެންސީގެ ޕީޖީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރުކަން މީގެ ކުރިން ކުރެއްވި މެންބަރު ތޯރިގު ވިދާޅުވި އެވެ.

"ރާއްޖޭގެ އިގުތިސޯދު އޮތީ ރަނގަޅު ހާލަތެއްގައެއް ނޫން. ހަގީގަތަކީ އެއީ. ރާއްޖޭގެ މާލީ ކަންތައްތައް އޮތީ ރަނގަޅު ހިސާބަކު ނޫން. ރާއްޖޭގަ ތިބި ފުންނާބު އުސް ވިޔަފާރިވެރިންނާ އަޅުގަނޑުމެން ސިޔާސީ ގޮތުން ދިމާކުރުމަކީ އެންމެ ރަނގަޅު ގޮތަކަށް ނުވާނެ،" ތޯރިގު ވިދާޅުވި އެވެ.

އޭނާ އަކީ މިވަގުތު މަޖިލީހުގައި ތިއްބެވި ޕީއެންސީ ކޯލިޝަނުގެ މެންބަރުންގެ ތެރެއިން އެންމެ ތަޖުރިބާކާރު އެއް މެންބަރެވެ. މިއީ އޭނާ މަޖިލީހުގައި އަދާކުރައްވާ ތިންވަނަ ދައުރެވެ.

ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު އަދި ގެސްޓްހައުސްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ މަގުން ބޭންކަށް ޑޮލަރު މާރު ކުރަން މަޖުބޫރުކޮށް އެމްއެމްއޭ އިން ބޭރު ފައިސާގެ ގަވާއިދަށް ބަދަލު ގެނައީ އޮކްޓޯބަރު 1، ގަ އެވެ. މި ގަވާއިދަށް އަމަލުކުރަން ފަށަނީ ޖެނުއަރީ 1، 2025 އިން ފެށިގެންނެވެ.

މިކަމާ ގުޅިގެން ޓޫރިސްޓު ރިސޯޓުތައް ހިންގާ ވިޔަފާރިވެރިންނާއި އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ އަދަދުން ސިޔާސީންވެސް ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. މި ގަވާއިދަށް އަމަލުކުރެވެން ނެތް ކަމަށްވެސް 50 އަށްވުރެ ގިނަ ރިސޯޓުން ވަނީ އެމްއެމްއޭ އަށް އަންގާފަ އެވެ.

މި ފާޑުކިޔުންތަކާއި ނިންމުންތަކަށް ގޮންޖައްސަވައި ރައީސް މުއިއްޒު ވަނީ އެމްއެމްއޭ ގެ ގަވާއިދު ބަދަލުނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ވެރިކަމަށް ވަޑައިގެންނެވިތާ އަހަރެއް ފުރުން ފާހަގަކުރަން ސަރުކާރުގެ ވެރިންނާއި ގިނަ އަދަދެއްގެ ސިޔާސީ މުވައްޒަފުންނާއެކު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

"އަޅުގަނޑުމެން ނެތިން މި ގަވާއިދު ބަދަލުކުރާކަށް. ނުކުރާނަން ބަދަލެއް. ވަރަށް ސާފުކޮށް މި ދެންނެވީ ގަވާއިދު ބަދަލެއް ނުކުރާނަމޭ. ވަރަށް ސާފުކޮށް މި ދެންނެވީ ގަވާއިދު ބަދަލެއް ނުކުރާނަމޭ. 500 ޑޮލަރު މާރުކުރައްވަން ޖެހިވަޑައިގަންނަވާނެއޭ. ގަވާއިދަށް އަމަލުކުރުމަކީ އެންމެންގެ މައްޗަށް ލާޒިމު ކަމެކޭ،" ހަރުއަޑުން ރައީސް ވިދާޅުވި އެވެ.

ރައީސްގެ މި ހަރުބަހާއެކު ޕީއެންސީގެ ސިޔާސީ އިސްވެރިންނާއި އެކްޓިވިސްޓުން ދަނީ ކެނޑިނޭޅި ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިންނަށް ފާޑުކިޔައި، ހަޖޫ ޖަހަމުންނެވެ. އަދި، އެ ފަރާތްތަކަކީ ގައުމަށް ހެޔޮ ނޭދޭ ބައެއްގެ ގޮތުގައި ސިފަކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox