ނިއު އާއި ވިކްޓަރީގެ ސަސްޕެންޝަންގެ އަސަރު ފުޓްބޯޅަ އަށް ކުރި: ތޯރިގު

ނިއު އާއި ވިކްޓަރީގެ ސަސްޕެންޝަންގެ އަސަރު ފުޓްބޯޅަ އަށް ކުރި: ތޯރިގު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މީގެ ފަސް އަހަރު ކުރިން، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބް ސަސްޕެންޑްކުރަން ނިންމި ނިންމުމުގެ އަސަރު ދިވެހި ފުޓްބޯޅަ އަށް ކުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު، އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވެއްޖެ އެވެ.

އެފްއޭއެމްގެ ރައީސްގެ މަގާމު ކުރިން ފުރުއްވި، ގައުމީ ޓީމުގެ ކުރީގެ ފޯވާޑް، ތޯރިގު، މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ކުޅިވަރު ގާނޫނުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

ތޯރިގު ވިދާޅުވީ، ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ ފުޓްބޯޅަ އަށް ތަރުހީބު ދޭ، ނުވަތަ ފުޓްބޯޅަ ކުޅޭ، ނުވަތަ ފުޓްބޯޅަ ބަލާ ބަޔަކަށްވާތީ ރާއްޖޭގެ ފުޓްބޯޅަ އަށް ދިމާވާ މައްސަލައިގެ ހިޔަނި ދިވެހި ރާއްޖޭގެ ކުޅިވަރަށް އެޅިފައިވާ ކަމަށް މަޖިލީސް މެމްބަރުން ދައްކަވާ ވާހަކައިން ފާހަގަވާ ކަމަށެވެ.

އެ ގޮތުން، ރާއްޖޭގެ ފުޓްބޯޅަ އަށް ދިމާވީ ކޮންކަމެއްތޯ ގިނަ މެމްބަރުންނަށް ވެސް އެނގޭނެ ކަމަށެވެ. އެފްއޭއެމް ހިންގަން ތިބި ވެރިން ފުޓްބޯޅަ ކުރިއެރުވުމުގެ މަގްސަދުން ބޭރުވެ، އެހެން ކަންކަން ހާސިލްކުރަން ކުރި ކަންކަމުން ރާއްޖޭގެ ފުޓްބޯޅަ އަށް ވާނެ ހުރިހާ ގޮތެއްވެފައިވާ ކަމަށް ތޯރިގު ވިދާޅުވި އެވެ.

އެންމެ ފަހުން، އެފްއޭއެމް އިން ބާއްވަން އުޅުނު ދެ އިންތިހާބުގައި ވެސް ވާދަކުރައްވަން ކެންޑިޑެސީ ހުށަހެޅި، ތޯރިގު ވިދާޅުވީ، ސަރުކާރުތަކުން އަބަދުވެސް ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވަން މަސައްކަތްތަކެއް ކުރާ ކަމަށެވެ. އެއީ ވަކި، "އެމްޑީޕީއެއް، ނޫނީ ޕީޕީއެމްއެއް، ޑީއާރްޕީ" ވެގެން އޮންނަ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ގޮތުން، ތޯރިގު ވަނީ، ރާއްޖޭގެ ފުޓްބޯޅަ އަށް ހާއްސަަކޮށް "މިދިޔަ ފަސް އަހަރު ނޫނީ ހަ އަހަރު ދުވަހު، ތެރޭގައި މި ދިމާވި މައްސަލަތަކުގެ އެންމެ ފުނަށް" ވިސްނައި ވާހަކަތަކެއް ދައްކަވައިފަ އެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނާ ގުޅޭ ވަރަށް ގިނަ ފަރާތްތަކެއް އިހުމާލު މީގެ ތެރޭގައި ގޮސްފައިވާ ކަމަށެވެ.

"ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން އެ ހާލަތަށް ދިއުމުގައި، އޭރުގެ މިނިސްޓަރު މަހުލޫފު، ނެންގެވި ފިޔަވަޅުތަކާ އެކު، ރާއްޖޭގެ އެންމެ ބޮޑު ދެ ކްލަބް، ސަސްޕެންޑްވެގެންދިޔަ ދިއުމަކީ، އޭރު އެ އެސޯސިއޭޝަނާ ދޭތެރޭ، ކަންތައްތައް ދިޔަ ގޮތުން ބަދަލުހިފުމަށް ނިންމާފައިވާ ނިންމުމެއް، އޭގެ އަސަރު ދިވެހި ފުޓްބޯޅަ އަށް ނުކުރެއެކޭ ނުދެންނެވޭނެ. ރާއްޖޭގެ އެންމެ ބޮޑު ކްލަބް، އެއް ކްލަބް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބް ސަސްޕެންޑްކުރީ،" 2019 ވަނަ އަހަރު ފުޓްބޯޅައިގައި ހިނގި ކަންތައްތަކަށް އިޝާރާތްކުރައްވައި ތޯރިގު ވިދާޅުވި އެވެ.

ތޯރިގު ވިދާޅުވީ، ކްލަބްތަކާ ގުޅިގެން، އޭރު، އެފްއޭއެމްގެ ރައީސްގެ މަގާމުން ބައްސާމް ދުރުކުރަން މިނިސްޓަރު މަހުލޫފް މަސައްކަތް ފަައްޓަވައި، ދެން ކަންތައްތައް ކުރެއްވި ގޮތުން އަދަބު ލިބުނީ ރާއްޖޭގެ އެންމެ ބޮޑު ދެ ކްލަބް ކަމަށްވާ ނިއު އާއި ވިކްޓަރީ އަށް ކަމަށެވެ.

"އޭރުގެ އެފްއޭއެމްގައި ހުރި ރައީސް މިހާރު ހިޔާނާތުގެ ތުހުމަތު އެޅިގެން ޕޮލިހުން މައްސަލަ ބަލަމުންދާ ބައްސާމް އަދީލް ޖަލީލުގެ ބޭރު ކުރުުމުގެ މަސައްކަތް އޭރުގެ މިނިސްޓަރު މަހުލޫފު ފައްޓަވައި، އެ މަސައްކަތުގެ ތެރެއިން މިނިސްޓަރު ވަކި ހިސާބަކުން ކޮޅު ބަދަލުކޮށްލެވި، މިނިސްޓަރު ވިދާޅުވި، ދެން، ތަޅާތެޅުން ނިމުނީއޭ، ހަނގުރާމަ ނިމުނީއޭ. ހަނގުރާމަ އަށް ނުކުތް ދެ ކްލަބް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބް ސަސްޕެންޑްކޮށްފައި، ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ދެ ކްލަބް ފުޓްބޯޅައިގެ ހަރަކާތްތެރެއިން ދުއްވާލީ، ދެން އިތުރަކަށް ފުޓްބޯޅައޭ ކިޔާފައި މާގިނަ ވާހަކަ ޕަބްލިކްގައި ދެއްކޭ ވަރަށް ވުރެ ގޯސްކޮށް އެ ހިސާބުން ފެށިގެން ދިޔައީ،" ތޯރިގު ވިދާޅުވި އެވެ.

"ސަރުކާރުގެ ބާރާއި އޭއެފްސީ ނޫނީ ފީފާގެ ބާރާ އެކު އެފްއޭއެމްއާ އެކުވެގެން ރާއްޖޭގެ ފުޓްބޯޅަ ދިޔަ ތަނަކަށް ދިޔަ ހޯދާ ބަލާލިއިރު، ޕޮލިހާއި ޕްރޮސެކިއުޓާ ޖެނެރަލް އޮފީސްތެރޭގައި ފުޓްބޯލް އެސޯސިއޭޝަން ފެންނަން މިހާރު އޮތީ،"

ކުޅުންތެރިންގެ މުސާރަ ނުދޭ މައްސަލައިގައި އެފްއޭއެމް އިން ނިއު ސަސްޕެންޑް ކުރަން ނިންމީ 2019 ޖެނުއަރީ މަހު އެވެ. މުސާރައިގެ މައްސަލަ އާއި އިދާރީ ކަންކަމުގެ މައްސަލަތަކެއް ފާހަގަކޮށް ވިކްޓަރީ ސަސްޕެންޑްކުރީ، 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ދެ ކްލަބްގެ ސަސްޕެންޝަން އުވާލީ މީގެ ދެ އަހަރު ކުރިންނެވެ. ވިކްޓަރީ ފުރަތަަމަ ޑިވިޝަނަށް ޕްރޮމޯޓްވެފައިވާއިރު، ނިއު އަދި ވެސް އޮތީ ދެ ވަނަ ޑިވިޝަނުގަ އެވެ.

ކުޅިވަރު ގާނޫނަށް މި ފަހަރު ހުށަހަޅާފައިވާ އިސްލާހުގެ ތެރެއިން ސްޕޯޓްސް ކޯޕަރޭޝަން އުވާލުމަށް އޮތް ބާބަށް ތޯރިގު ވަނީ މަރުހަބާ ކިޔައިފަ އެވެ.

އެ ގޮތުން، ތޯރިގު ވިދާޅުވީ، ސްޕޯޓްސް ކޯޕަރޭޝަނަކީ އަމިއްލަ އަށް ފައިސާ ހޯދައިގެން ކުޅިވަރު ކުޅުމަށްޓަކައި ނުވަތަ ތަރައްގީ ކުރުމަށްޓަކައި އެ ކޯޕަރޭޝަނުން ފަަންޑްކޮށްގެން ޕްރޮގްރާމްސްތައް ހިންގޭ ގޮތަށް ފަރުމާކޮށްފައިވާ ތަނެއް ކަމަށެވެ. އެކަމަކު، އެކަން އެގޮތަށް ކުރެވޭތޯ މިހާތަނަށް ކުރި އެއްވެސް މަސައްކަތެއް ކާމިޔާބުވެފައިނުވާ ކަމަށެވެ.

"އެއް ކަމަކީ ސްޕޯޓްސް ކޯޕަރޭޝަން ދުނިޔޭގެ ގައުމުތަކުގައި އުފައްދާފައި އެބަހުރި އެ މޮޑެލް އަށް، ވިޔަފާރި މޮޑެލް އަށް ކުޅިވަރު ތަރައްގީ ކުރެވޭނެ ގޮތަށް ހަދާފައި އެބަހުރި އެކަމަކު އެހެން ގައުމެއްގައި ރަނގަޅަށް ކަމެއް ކޮށްފައި އޮތުމަކީ ހުރިހާ ގައުމެއްގައި އެކަން ރަނގަޅަށް ނުކުރެެވޭނެ ކަމުގެ ސަބަބު އެބައޮތް ރާއްޖޭގައި ފެންނަން،" ތޯރިގު ވިދާޅުވި އެވެ.

ތޯރިގު ވަނީ، ރާއްޖޭގެ ކުޅިވަރު ކުޅުންތެރިންގެ ބުރަ މަސައްކަތާއި ކްލަބް ޖަމިއްޔާތަކާއި އެސޯސިއޭޝަންތަކުން ކުރާ މަސައްކަތްތަކުން ރާއްޖޭގެ ކުޅިވަރު އެއް ދުވަހުން އަނެއް ދުވަހަށް ކުރިއަރަމުން ދާކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ. އަދި ފުޓްބޯޅައިގެ ހާލަތު ކޮންމެ ގޮތަކަށް އޮތް ކަމުގައި ވިޔަސް، ޖުމްލަކޮށް އެކިއެކި ކުޅިވަރުތަކުގައި ކުރާ މަސައްކަތުން ރާއްޖޭގެ ކުޅިވަރުން ކުރިއެރުން ފެންނަ ކަމަށެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox