އެއްލައިދޫ ރިސޯޓު ކައްކާގެ މަރު: ގިނަ ހެކިން ރާއްޖެއަކު ނެތް، ތިބި ތަނެއް ވެސް ނޭނގޭ!

އެއްލައިދޫ ރިސޯޓު މަރާލުމުގެ ދައުވާ އުފުލާފައިވާ ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާ

އެއްލައިދޫ ރިސޯޓު މަރާލުމުގެ ދައުވާ އުފުލާފައިވާ ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާ

މީގެ ގާތްގަނޑަކަށް ހަ އަހަރު ކުރިން، ރޭގަނޑުގެ ނާސްތާއަށް ބިސްގަނޑެއް އަޅައިނުދިނުމުން ހިނގައިދިޔަ ޒުވާބެއްގެ ތެރެއިން އދ. އެއްލައިދޫ ރިސޯޓުގެ ކައްކާއަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި ދައުލަތުން ހުށަހެޅި ގިނަ ހެކިވެރިން ތިބި ތަނެއް ނޭނގި މައްސަލަ ކުރިއަށް ގެންދިއުމުގައި ދަތިތަކެއް ކުރިމަތިވެއްޖެ އެވެ.

އެ މައްސަލައިގައި ދައުވާ ކުރަނީ ރިސޯޓުގައި މަސައްކަތް ކުރި ސްރީ ލަންކާގެ މުވައްޒަފެއް ކަމަށްވާ ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާ، 42، ގެ މައްޗަށެވެ. އެ މާރާމާރީގައި މަރުވީ ހަމަ ސްރީ ލަންކާއަށް ނިސްބަތްވާ ޕަތުމް ދިލްޝަން ޑި ސިލްވާ އަގަމްޕޮޑި، 24، އެވެ. ހާދިސާ ހިނގީ މީގެ ތިން އަހަރު ކުރިން ޖެނުއަރީ 10، 2019 ގަ އެވެ.

މައްސަލަ މީގެ ކުރިން ވެސް އެކި ސަބަބުތަކާ ހުރެ ލަސްވަމުން ގޮސް، މިހާރު މައްސަލަ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް އައްޔަންކުރި ގާޒީ އިބްރާހީމް އިހުސާންގެ ސެކްޝަނަށެވެ. އާ ގާޒީ ހަވާލުވި ފަހުން މައްސަލައިގެ ހެކިބަސް ނެގުމުުގެ މަރުހަލާ ފެށި ނަމަވެސް ގިނަ ހެކިން މިހާރު ތިބި ތަން ވެސް ސާފުނުވާތީ މައްސަލަ ލަސްވަމުންދާ ކަން ގާޒީ މިއަދުގެ އަޑުއެހުމުގައި ފާހަގަ ކުރެއްވި އެވެ.

މިހާތަނަށް ހެކިބަސް ނަގާފައިވަނީ ތަހުގީގުގައި ބައިވެރިވި ބައެއް ފުލުހުންގެ ހެކިބަހެވެ. މިއަދުގެ އަޑުއެހުމުގައި ވެސް ފުރަތަމަ ކުރިއަށް ގެންދިޔައީ ފޮރެންސިކް ތަހުލީލުގެ ތިން ރިޕޯޓެއް ތައްޔާރުކުރި ފުލުހެއްގެ ހެކިބަސް ނެގުމެވެ.

ހެކިބަސް ނަގައި ނިމުމުން، ގާޒީ އިހުސާން ވިދާޅުވީ ހުށަހެޅިފައިވާ ހެކިވެރިންގެ ތެރެއިން ހެކިބަސް ނެގެން ދެން އޮތީ އެންމެ ހެއްކެއްގެ ހެކިބަސް ކަމަށެވެ. އެއީ މައްސަލައިގެ ތަހުގީގުގައި ބައިވެރިވި ފުލުހެކެވެ. ދެން ހިމެނެނީ ރާއްޖޭން ބޭރު ބަޔަކަށް ވާއިރު އެ މީހުން ތިބި ތަނެއް ސާފުނުވާ ކަމަށް ގާޒީ ވިދާޅުވި އެވެ.

އޭގެ ތެރޭގައި ހިމެނެނީ އެއްލައިދޫ ރިސޯޓުގައި މަސައްކަތް ކުރި ސްރީލަންކާގެ ހަ މީހަކާއި އެއްލައިދޫ ރިސޯޓުގައި އެއިރު މަސައްކަތްކުރި އަދި މައްސަލައިގެ ތަހުގީގަށް މެޑިކަލް އެގްޒަމިން ރިޕޯޓް ތައްޔާރުކުރި ޑޮކްޓަރެވެ. ޑޮކްޓަރު ފިޔަވައި ދެން ހިމެނޭ ހަ މީހުން ރާއްޖޭން ފުރައިގެން ލަންކާއަށް ދިޔަ ކަން އެނގެން އޮތް ނަމަވެސް ލަންކާގައި ތިބި ކަމާއި ތިބިނަމަ ދިރިއުޅޭ އެޑްރެސް ނޭނގެ އެވެ.

ގާޒީ މި ކަންކަން ފާހަގަ ކުރެއްވުމުން ދިފާއީ ވަކީލު ޝިޔާމް ވިދާޅުވީ އޭނާގެ މުވައްކިލު "ވާނުވާ" ބަންދެއްގައި ހުންނަތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު ދައުލަތުން ހާޒިރުކުރަން ބޭނުންވާ ހެކިން ހާޒިރުކުރުމަށް ވަކި މުހުލަތެއް އަދި ދެވޭނެ ފުރުސަތުތަކުގެ "ހައްދެއް" ކަނޑައަޅަން ޖެހޭ ކަމަށެވެ. އަދި ފުރުސަތު ދިނުމުގައި ކުރިއާލާ ތާވަލެއް ކަނޑައަޅައިދިނުމަށް ވެސް އެދުނެވެ.

ދައުލަތުގެ ވަކީލު އަޝްވާގު ނައީމް ދެން ވިދާޅުވީ މައްސަލައިގެ އަޑުއެހުންތައް ފުރަތަމަކޮޅު ކޯޓުގެ އިދާރީ ކަންކަމުގެ ސަބަބުން ނުބޭއްވި ގޮސްފައިވާ ކަމަށެވެ. ހެކިވެރިން ރާއްޖޭގައި ތިބި ވަގުތު ހެކިބަސް ނަގައި ނިންމައިދިނުމަށް ދައުލަތުން ކޯޓަށް އެކި ފަހަރު މަތިން ސިޓީ ފޮނުވި ކަން ވެސް ވަކީލު ފާހަގަ ކުރެއްވި އެވެ. އެހެންވެ މުއްދަތެއް ދިނުމުގައިި އެ ކަމަށް ވެސް ރިއާޔަތް ކުރަން ވާނެ ކަމަށް ވިދާޅުވި އެވެ.

ދައުލަތުގެ ފަރާތުން ވެސް ދެއްކި ވާހަކައަށް އެއްބަސްވެ ގާޒީ ވިދާޅުވީ، ދެ ފަރާތަށް ވެސް ގަބޫލުކުރެވޭ މުއްދަތެއް ކަނޑައަޅުއްވާނެ ކަމަށެވެ. އަންނަ މަހުގެ ކުރީކޮޅަށް އަޑުއެހުމެއް ތާވަލު ކުރާނެ ކަން ފާހަގަ ކުރެއްވުމަށް ފަހު ގާޒީ އެންގެވީ އެ އަޑުއެހުމަށް ނުނެގި ހުރި ހެކިވެރިންގެ މައުލޫމާތުތައް ދައުލަތުން ސާފުކުރަން ވާނެ ކަމަށެވެ. އަދި އެ އަޑުއެހުމުގައި މުއްދަތެއް ދެއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ކުރިން ކޯޓުގެ ސަބަބުން އަޑުއެހުންތަކެއް ނުބޭއްވި ދިޔަ ނަމަވެސް މިހާރު ހުރި ހާލަތުން މައްސަލަ ކޮޅެއްގައި ޖައްސަން ޖެހޭ ކަމަށް ވިދާޅުވުމަށް ފަހު ގާޒީ މިއަދުގެ އަޑުއެހުން ނިންމަވައިލެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox