ރިސޯޓުތަކުގެ ލީސް އިތުރުކުރަން މަދު ފައިސާ ދައްކަން ލިބޭ މުއްދަތު ދެ އަހަރުން ހަ މަހަށް ކުޑަކުރަނީ

ރާއްޖޭގައި ހިންގާ ރިސޯޓެއް: ގިނަ ރިސޯޓު އޯނަރުން މިހާރު ތަންތަނަ ނަގަނީ 99 އަހަރަށް -- އަދަދު ފައިލް ފޮޓޯ

ރާއްޖޭގައި ހިންގާ ރިސޯޓެއް: ގިނަ ރިސޯޓު އޯނަރުން މިހާރު ތަންތަނަ ނަގަނީ 99 އަހަރަށް -- އަދަދު ފައިލް ފޮޓޯ

ރިސޯޓު ހިންގަން ކުއްޔަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކާއި ބިންތައް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރަން ފައިސާ ދައްކަން ލިބޭ މުއްދަތު ދެ އަހަރުން ހަ މަހަށް ކުޑަކުރަން ޓޫރިޒަމް ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

ޓޫރިޒަމް ގާނޫނަށް ސަރުކާރުގެ ފަރާތުން، ދަނގެތި ދާއިރާގެ މެމްބަރު އަބްދުﷲ ރަޝީދު ހުށަހެޅި އިސްލާހުގައި ވަނީ ކުލި މުއްދަތު އިތުރުކުރުމާ ގުޅޭ މާއްދާތަކަށް ބަދަލު ގެނައުން އެކަންޏެވެ.

މިހާރު ގާނޫނުގައި އޮތް ގޮތުން، އެ ގާނޫނުގައި އޮތް ތާރީހު (ޑިސެމްބަރު 27، 2020) އިން ފެށިގެން ދެ އަހަރުގެ ތެރޭގައި ފައިސާ ދައްކާ ހަލާސްކުރަން އެއްބަސްވާ ނަމަ އިތުރުކުރާ ކޮންމެ އަހަރަކަށް ދައްކަން ޖެހެނީ އެއް ލައްކަ ޑޮލަރެވެ. އަދި ދެ އަހަރަށް ފަހު ދައްކާ ނަމަ އިތުރުކުރާ ކޮންމެ އަހަރަކަށް ދެ ލައްކަ ޑޮލަރު ދަައްކަން ޖެހެ އެވެ.

ސަރުކާރުން ގާނޫނު ބަދަލުކުރަން ހުށަހަޅާފައި ވަނީ، މިހާރު މަޖިލީހުގައި އޮތް އިސްލާހު ފާސްވެ، އެއަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ފައިސާ ދައްކާ ނަމަ ކޮންމެ އަހަރަކަށް އެއް ލައްކަ ޑޮލަރު، އަދި އޭގެ ފަހުން ފައިސާ ދައްކާ ނަމަ އިތުރުކުރާ ކޮންމެ އަހަރަކަށް ދެ ލައްކަ ޑޮލަރު ދައްކަން ޖެހޭ ގޮތަށެވެ.

ހަމަ އެހެންމެ، އެކީ އެއް ފަހަރާ ލާރި ދެއްކުމުން 99 އަހަރަށް ކުލި މުއްދަތު އިތުރުކުރަން ފައިސާ ދައްކަން ލިބޭ މުއްދަތު ވެސް ދެ އަހަރުން ހަ މަހަށް ކުޑަކުރަން ވެސް ހުށަހަޅާފައިވެ އެވެ. މި އިސްލާހަށް އަމަލުކުރަން ފެށުމުން ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަރު ދައްކައިފި ނަމަ ކުލި މުއްދަތު އިތުރުކޮށްދޭނެ އެވެ. އޭގެ ފަހުން ނަމަ 10 މިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ.

ކުލި މުއްދަތު އިތުރުކުރުމާ ގުޅޭ މާއްދާތަކަށް ގެންނަ ބަދަލާއެކީ، ސެޕްޓެމްބަރު 8، 2010 (ޓޫރިޒަމް ގާނޫނަށް ދެ ވަނަ އިސްލާހު ގެނައި ތާރީހު) ގެ ކުރިން ކުއްޔަށް ދޫކޮށްފައިވާ ތަންތަނަށް ކުލި މުއްދަތު އިތުރުކުރަން އެކަނި ހުށަހެޅޭ ގޮތަށް އޮތް އޮތުން ވެސް އުވިގެންދާނެ އެވެ. ސަރުކާރުން މިހާރު ހުށަހަޅާފައިވާ އިސްލާހުގައި ކުލި މުއްދަތު އިތުރުކުރަން މި ޝަރުތެއް ނެތެވެ.

މިހާރު ގާނޫނު އޮތް ގޮތުން މި ޝަރުތު ހަމަނުވާ ފަރާތްތަކަށް ކުލި މުއްދަތު އިތުރުކުރަން ހުށަހެޅެނީ އެކީ އެއް ފަހަރާ ފައިސާ ދައްކާ ނަމަ އެވެ.

ޓޫރިޒަމް ގާނޫނަށް މި ބަދަލުތައް ގެންނަން ނިންމި ސީދީ ސަބަބެއް ސަރުކާރުން ނުބުނި ނަމަވެސް ބެލެވޭ ގޮތުގައި މިއީ ޓޫރިސްޓު އިންވެސްޓަރުންނަށް އަވަހަށް ފައިސާ ދައްކަން ބާރުއެޅުމުގެ ގޮތުން ގެންނަ ބަދަލެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

Newsletter

Get the latest news delivered straight to your inbox