ރާއްޖޭގައި ބާއްވާ އޭޝިއާގެ މައި ބޮޑީބިލްޑިން މުބާރާތް ރައީސް އިފްތިތާހު ކޮށްދެއްވައިފި

Jul 16, 2022, 7:39 PM
މާފުށީގައި މިރޭ ބޭއްވި އިވެންޓްގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ކ) އާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް (މ) އަދި ބީބީއޭއެމްގެ ރައީސް އިބްރާހިމް ހަމީދު.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މާފުށީގައި މިރޭ ބޭއްވި އިވެންޓްގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ކ) އާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް (މ) އަދި ބީބީއޭއެމްގެ ރައީސް އިބްރާހިމް ހަމީދު.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރާއްޖޭގައި ބާއްވާ 54 ވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ޗެމްޕިއަންޝިޕް، ރަސްމީކޮށް މިރޭ ކ.މާފުށީގައި ބޭއްވި ކުލަގަދަ އިވެންޓެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިފްތިތާހުކޮށްދެއްވައިފި އެވެ.

ކ. މާފުށީ ބީޗްގައި މިރޭ ބޭއްވި ހަފްލާގައި އޭޝިއަން ބޮޑީ ބިލްޑިން ފެޑެރޭޝަން (އޭބީބީއެފް) އިން ރައީސް ސޯލިހު އާއި ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފް ބޮޑީބިލްޑިން ކުރިއަރުވަން ކުރައްވާ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ހާއްސަ އެވޯޑެއް އެރުވި އެވެ. މީގެ ކުރިން، ދުނިޔޭގެ ބޮޑީބިލްޑިން ފެޑެރޭޝަން (ޑަބްލިއުބީޕީއެފް) ގެ ހާއްސަ ރަން މެޑަލް ކަމަށްވާ ޑިސްޓިންގުއިޝް ސާވިސް އެވޯޑް، 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރައީސް ސޯލިހަށް އަރުވައިފަ އެވެ.

އޭޝިއާގެ އެންމެ ބޮޑު ބޮޑީބިލްޑިން އިވެންޓް ހުޅުވުމަށް ބޭއްވޭ އިވެންޓްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ، އެއްވެސް ކުޅިވަރެއް ތަފާތު ކުރުމެއްނެތި ރާއްޖޭގެ ސަރުކާރުން ފުރުސަތު ފަހިކޮށްދޭ ކަމުގެ ހެއްކަކީ އެކިއެކި ކުޅިވަރުގެ ބައިނަލްއަގުވާމީ މުބާރާތްތައް ރާއްޖޭގައި ހޯސްޓްކުރުން ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ވ.2) އަށް އޭބީބީއެފްގެ ހާއްސަ އެވޯޑް އަރުވަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ބޮޑީބިލްޑިން ކުރިއެރުވުމުގެ ގޮތުން ގައުމީ ޓީމަށް ހާއްސަ ޖިމް ފެސިލިޓީގެ ކަންކަން ކުރެވެމުން އަންނަކަން ފާހަގަކުރައްވައި، މިނިސްޓަރު މަހުލޫފު ވަނީ އަށް ރަށެއްގައި ވެސް ރަނގަޅު ޖިމް ފެސިލިޓީތަކެއް ގާއިމްކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

އަދި މި ފަަހަރުގެ ބޮޑީބިލްޑިން މުބާރާތް ރާއްޖޭގައި ހޯސްޓްކުރާއިރު، މީގެ ކުރިން ގައުމީ ބޮޑީބިލްޑިން އެތުލީޓުން ހޯދި ކާމިޔާބީތަކަށް ވުރެ ހާއްސަ ވަނަތަކެއް މި ފަހަރުގެ ހޯދައިދިނުމަށް އެދޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ 20 ވަރަކަށް އެތުލީޓުން ބައިވެރިވާ، އޭޝިއާގެ އެންމެ ބޮޑު ބޮޑީބިލްޑިން މުބާރާތަށް ރާއްޖޭން ތައްޔާރުވީ މެލޭޝިއާގެ ކުރީގެ ކުޅަދާނަ ބޮޑީބިލްޑަރު، މިހާރު ކޯޗިންގައި ކާމިޔާބު ހޯދަމުން އަންނަ ވޮން ހޮންގްގެ ބެލުމުގެ ދަށުންނެވެ.

މި ފަހަރުގެ މުބާރާތް ބޭއްވުމަށް 2019 ވަނަ އަހަރު ބިޑް ކުރިއިރު، އިވެންޓް ބާއްވަން އެންމެ ފުރަތަމަ ހޯސްޓަކަށް ކަނޑައެޅީ މާފުށީގަ އެވެ. އެކަމަކު، ފަހުން އަންހެން ކެޓަގަރީގެ އިވެންޓްތައް ވަނީ ކްރޮސްރޯޑްސްގައި ބާއްވަން ނިންމައިފަ އެވެ.

ބޮޑީބިލްޑިން މުބާރާތް ފެށުމުގެ އިވެންޓްގައި މިނިސްޓަރު މަހުލޫފް ވާހަކަ ދައްކަވަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އޭޝިއާގެ ބޮޑީބިލްޑިން މުބާރާތް އެންމެ ފަހުން ހޯސްޓްކުރީ 2019 ވަނަ އަހަރު އިންޑޮނީޝިއާގެ ބަތާމްގަ އެވެ. އެކަމަކު، ކޮވިޑް-19 އާއި އެކިއެކި ސަަބަބުތަކާ ހުރެ މި އަހަރަށް ފަސްކުރަން ޖެހުނީ އެވެ. މިއީ ރާއްޖޭގައި ބޭއްވޭ ބައިނަލްއަގުވާމީ ދެ ވަނަ ބޮޑީބިލްޑިން މުބާރާތެވެ. އެންމެ ފުރަތަމަ މުބާރާތް ބޭއްވީ 2001 ވަނަ އަހަރު ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ބަނޑޮހުގަ އެވެ.

ބޮޑީބިލްޑިން އެސޯސިއޭޝަންގެ ރައީސް އިބްރާހިމް ހަމީދު (އިއްބެ) ވިދާޅުވީ މިއީ ބޮޑީބިލްޑިން އިން ރާއްޖެ ހޯދަމުން އަންނަ ރަން ވަނަތައް އަމިއްލަ ގައުމުގައި ދައްކާލަން ލިބޭ ބޮޑު ފުރުސަތެއް ކަމަށެވެ.

ބޮޑީބިލްޑިން އަކީ ރާއްޖެ އަށް ގިނަ ރަން މެޑަލްތަކެއް ގެނެސްދީފައިވާ ކުޅިވަރެކެވެ. އޭޝިއާގެ މުބާރާތުން ވެސް ރާއްޖެ ވަނީ ރަން މެޑަލް ހޯދައިފަ އެވެ. އަމިއްލަ ގައުމުގައި އޭޝިއާގެ ބޮޑު މުބާރާތް ބޭއްވުމުން ދިވެހި ބޮޑީބިލްޑަރުންނަށް ކާމިޔާބު ހޯދުމަށް ފަސޭހަވެގެންދާނެ އެވެ. މީގެ ކުރިން ބީބީއޭއެމުން މި ފަހަރުގެ އޭޝިއާ މުބާރާތަށް ކަނޑައެޅި ރާއްޖޭގެ މެޑަލް ޓާގެޓަކީ 10 އެކެވެ. އެކަން ހާސިލްވެއްޖެނަމަ މިއީ ބޮޑީބިލްޑިން ތާރީހުގައި ރާއްޖެ އަށް އެންމެ ކާމިޔާބު މުބާރާތަށް ވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox