ރައްޔިތުންނަށް ގެއްލުން ލިބޭ ކަންކަމުގައި އެމްޑީޕީން ހިތާމަކޮށް އަޑު އުފުލާނެ: ފައްޔާޒް

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް (ކ): ދިވެއްސަކަށް ގެއްލުން ލިބޭނަމަ އެމްޑީޕީން ހިތާމަކޮށް އަޑު އުފުލާނެ ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް (ކ): ދިވެއްސަކަށް ގެއްލުން ލިބޭނަމަ އެމްޑީޕީން ހިތާމަކޮށް އަޑު އުފުލާނެ ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ

ދިވެހި ކޮންމެ ރައްޔިތަކަށް ލިބޭ ގެއްލުމަކީ އެމްޑީޕީން އެކަމާ ހިތާމަކޮށް އަޑު އުފުލާނެ ކަންކަން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި ފައްޔާޒް ވިދާޅުވީ އެމްޑީޕީއަށް ނިސްބަތްނުވާ ރައްޔިތެއް ކަމުގައިވީ ނަމަވެސް، ގެއްލުމެއްވާން ނޭދޭ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް ވީ ވައުދާ ހިލާފަށް އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިނަމަ އެކަމާ އެމްޑީޕީން އަޑު އުފުލާނެ ކަމަށެވެ.

"ވަރަށް ސާފުކޮށް ރައްޔިތުންނާ ރައީސް މުއިއްޒުއާ ވެވުނު ކޮންޓްރެކްޓްގައި ހިމެނޭ އެއްވެސް މީހަކު ވަޒީފާއިން ނުކަނޑާނެ ކަމަށް. އެ ވައުދުގެ މައްޗަށް ބިނާކޮށް ދިވެހި ރައްޔިތުން ވޯޓު ލެއްވީ،" ފައްޔާޒް ވިދާޅުވި އެވެ.

Advertisement

ރައީސް މުއިއްޒު ރައްޔިތުންނަށް ވީ އެ ވައުދު ހިފެހެއްޓުމަށްޓަކައި ވަޒީފާއިން މީހުން ވަކި ކުރާ މައްސަލައިގައި އިތުރަށް ދިރާސާކޮށް މަގުމައްޗަށް ނުކުމެ އެމީހުންނާއެކު އިހުތިޖާޖު ފެށުމަށް ފައްޔާޒް ވަނީ ގައުމީ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ ރައީސް އަންވަރު އިބްރާހިމް އަރިހުގައި އެދިވަޑައިގެންފަ އެވެ.

މީގެ އިތުރުން އިހުތިޖާޖަށް ބޭނުންވާ ހުރިހާ އެއްބާރުލުމަކާއި އެހީތެރިކަން އެމްޑީޕީން ފޯރުކޮށްދޭނެ ކަމަށް ވެސް ފައްޔާޒް ވަނީ ވިދާޅުވެފަ އެވެ.

ސަރުކާރުގެ އެކި ކުންފުނިތަކަށް ނަގާފައި ތިބި މުވައްޒަފުން އަންނަނީ ވަކިކުރަމުންނެވެ. އޭގެ ތެރޭގައި ފެނަކައިން މަޝްރޫއުތަކަށް ކޮންޓްރެކްޓަށް ނަގާފައި ތިބި 731 މުވައްޒަފުން ހިމެނެ އެވެ.

މި ސަރުކާރުން ވެރިކަމަށް އައުމަށް ވީ ވައުދުގެ ތެރޭގައި ސިޔާސީ މުވައްޒަފުން ވިޔަފައި، އިތުރު އެއްވެސް ތަނަކުން މުވައްޒަފުން ވަކި ނުކުރާނެ ކަމަށް ވައުދުވި އެވެ. ނަމަވެސް އެ ވައުދާ ހިލާފަށް ގިނަ ބަޔަކު އަންނަނީ ވަކި ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއޯޔޫތައް އެއްބަސްވުންތަކަށް ބަދަލުކުރަން ބާރުއަޅުއްވައިފި

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ވެފައިވާ އެމްއޯޔޫތައް ރަސްމީ އެއްބަސްވުންތަކަށް ބަދަލުކޮށް، ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ބާރުއެޅުއްވި. މީގެ އިތުރުން، ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމަށްޓަކައި ޕާކިސްތާނުގެ މަތީ ފަންތީގެ ވަފުދެއް ރާއްޖެއަށް ފޮނުއްވުމަށް ނިންމަވާފައިވާކަން ވެސް ޝެހްބާޒް ވިދާޅުވި.

ޑްރަގާއެކު ހައްޔަރުކުރި ތިން ފިލްމީ ތަރިން ދޫކޮށްލައިފި

މަސްތުވާތަކެއްޗާއެކު ވިލިމާލެއިން ހައްޔަރުކުރި ތިން ފިލްމީ ތަރިންނާއި އިތުރު މީހަކު، ތަހުގީގު މަރުހަލާ ނިމުމުން ފުލުހުން ދޫކޮށްލާފައި. މި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާއިރު، މީގެ ތެރޭގައި ހިމެނޭ ޝާހިލްއަކީ މީގެ ކުރިންވެސް ބޮޑު ޑްރަގް މައްސަލައެއްގައި ދޫކޮށްލާފައި ހުރި މީހެއް.

ހަމަނުޖެހުން ހިންގަން ހިތްވަރު ދިން ކަމަށް ބުނެ ޖުމާން ހައްޔަރަށް

ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ވިޔަފާރިތައް ލޫޓުވުމަށް ހިތްވަރުދިން މައްސަލައެއްގައި އަލީ ޖުމާން ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ވަނީ ހައްޔަރުކޮށްފައި.

އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް ނަޝީދުގެ ނުސީދާ އިންޒާރެއް

ނަޝީދު މިހެން ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އެމްޑީޕީގެ ބައެއް މެންބަރުން މަޖިލީހުގައި ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގަ. މިކަމާ ގުޅިގެން ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އުފެދި، ބައެއް ބޭފުޅުން ވަނީ ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވާފަ.

"ކުރައްވަނީ ސެކިއުލާ ވެރިކަމެއް، އެއީ އިސްލާމީ ވެރިއެއް ނޫން"

ރައީސް މުއިއްޒު ކުރައްވަނީ ސެކިއުލާ ވެރިކަމެއް ކަމަށާއި، އެމަނިކުފާނުގެ އަމަލުފުޅުތައް ހުންނަ ގޮތުން އެއީ އިސްލާމީ ވެރިއެކޭ ނުބުނެވޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ދީދީ ވިދާޅުވި. ދީދީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މުއިއްޒު އުޅުއްވަނީ ރައްޔިތުންގެ ހާލަތު ބެއްލެވުމުގެ ބަދަލުގައި މުއްސަނދި ދިރިއުޅުމެއް ކަމަށް.

ސަރުކާރުގެ ޑިޖިޓަލް ނިޒާމުތަކުގެ ސެކިއުރިޓީ ވަރުގަދަކުރަނީ

ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖްގައި ހުރި ސައިބާ ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން، ސަރުކާރުގެ ޑިޖިޓަލް ނިޒާމުތައް ވަރުގަދަކޮށް ސެކިއުރިޓީ ޕެޗްތައް އެޅުމުގެ މަސައްކަތް އެމްޑީއެސް އާއި އެންސީއެސްއޭ ގުޅިގެން ވަނީ ފަށާފައި. މި މަސައްކަތުގެ ސަބަބުން ބައެއް ހިދުމަތްތަކަށް ބުރޫއެރުން އެކަށީގެންވާ ކަމަށް އެމްޑީއެސް ބުނޭ.

ރަސްމާލެއިން އެއްބައި ދޭން ނިންމީ ގާނޫނުއަސާސީއާ ހިލާފަށް: ދީދީ

ރަސްމާލެއިން ބައެއް އީގަލް ހިލްސްއަށް ދޭން ނިންމީ ބާރުތައް ވަކިވެފައިވާ ނިޒާމާ ޚިލާފަށް، ހަދަންޖެހޭ ގާނޫނުތައް ނަހަދާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ގާނޫނު ހެދުމުގެ ކުރިން އެއްބަސްވުންތައް ހަދައި، ފަހުން ގާނޫނުތަކަށް ރަޖުއީ އަސަރު ފޯރުވުމަކީ ގާނޫނީ އުސޫލުތަކާ ހިލާފު ކަމެއް.

Newsletter

Get the latest news delivered straight to your inbox