ކާވާ ޗެލެންޖު ކަޕުގައި ރާއްޖެ ޓީމުން ބަދަލުތަކެއް ފެންނާނެ

ކާވާ ޗެލެންޖު ކަޕުގައި ރާއްޖެ ޓީމުން ބަދަލުތަކެއް ފެންނާނެ

ރާއްޖޭގައި އަންނަ މަހު ހަ ވަނަ ދުވަހު ފަށާ ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) އިން މާލޭގައި ބާއްވާ ޗެލެންޖު ކަޕުގައި ރާއްޖޭގެ ގައުމީ އަންހެން ޓީމުން ބަދަލުތަކެއް ފެންނާނެ ކަމަށް ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗު ސޮފްވާން އަހުމަދު (ސޮއްޕެ) ބުނެފި އެވެ.

މި މަހު ނޭޕާލުގައި ކުރިއަށްދިޔަ ކާވާ ވޮލީބޯލް ލީގުގައި ގައުމީ ޓީމުން ވަނީ ބައިވެރިވެފަ އެވެ. ކާވާގެ އެއް ވަނަ ފަންތީގެ ޓީމުތައް ކުޅޭ މި މުބާރާތުގައި ރާއްޖޭގެ އިތުރުން މުބާރާތް ބާއްވާ ގައުމު ނޭޕާލް, އީރާން, ސްރީ ލަންކާ އަދި އިންޑިއާ ވަނީ ވާދަކޮށްފަ އެވެ. ރާއްޖެ އިން މުބާރާތް ނިންމާލީ މެޗަކުން މޮޅުނުވެ، އަދި ސެޓެއް ވެސް ނުލިބި އެވެ.

"އަދަދު" އާ ވާހަކަ ދައްކަމުން ސޮފްވާން ބުނީ، މި މުބާރާތައް ރާއްޖޭގެ ޓީމުން ދިޔައީ އަމިއްލަ ގައުމުގައި ފަށާ ކާވާ ޗެލެންޖު ކަޕަށް ތައްޔާރުވުމުގެ ގޮތުން ކަމަށެވެ. އަދި ޗެލެންޖު ކަޕުގެ ކުރިން ޓްރެއިނިންގް ކޭމްޕެއް ހެދުމުގެ ބަދަލުގައި މުބާރާތެއްގައި ކުޅެ، އެ ތަޖުރިބާ ހޯދުން އެއީ މި މުބާރާތުގައި ރާއްޖެ ބައިވެރިވި ސަބަބު ކަމަށް ސޮފްވާން ވަނީ ހާމަކޮށްފަ އެވެ.

ސޮފްވާން ބުނީ މި މުބާރާތުން ރާއްޖެއިން ހާސިލް ކުރަން ބޭނުންވި ކަންކަން ހާސިލްވި ކަމަށާއި، އޭގެ ތެރެއިން އެއް ކަމަކީ ޗެލެންޖު ކަޕް ރާއްޖޭގައި ބާއްވާއިރު، އެ މުބާރާތުގެ ފައިނަލް ކުޅެން ކުރަން ޖެހޭ މަސައްކަތް މި މުބާރާތުން ދެނެގަނެވިފައިވާ ކަމަށެވެ.

"މުބާރާތުގެ ކުރިން ކޭމްޕަކަށް ދިޔުމަށް ވުރެ ރަސްމީ މި ކަހަލަ މުބާރާތަކުން ޓީމު އިތުރަށް ކުރަން ޖެހޭ ކަންކަން ދެނެގަންނަން ފަސޭހަވާނެތީ މި މުބާރާތައް އައިސް މި މުބާރާތުން އަހަރެމެން އަށް އެކަންކަން ދެނެގަނެވިއްޖެ" ސޮއްޕެ ބުންޏެވެ.

މި މުބާރާތުން ދަސްވި ކަންކަމާ އެކު، ކުރިއަށް އޮތް 25 ވަރަކަށް ދުވަހުގެ ތެރޭގައި އެކި ބަަދަލުތައް ގެނެސް، ރަނގަޅުކުރަން މަސައްކަތް ފެށުމުގެ އަމާޒަކީ ރާއްޖޭގައި ބާއްވާ މުބާރާތުން އެންމެ މަދުވެގެން ރިހި މެޑަލް ހޯދާ ހިސާބައް ދިޔުން ކަމަށް ސޮފްވާން ބުނެފައިވެ އެވެ.

ރާއްޖޭގައި ބާއްވާ ޗެލެންޖު ކަޕުގެ ކުރިން ގައުމީ ޓީމަށް އިތުރު ބަދަލުތަކެއް ގެންނާނެ ކަމަށާއި, އެ މުބާރާތުގެ ކުރިން ގައުމީ ޓީމަށް ކުރިން ކުޅުނު, ލިބަރޯ، ފައިހާ މުހައްމަދު ވެސް ޓީމާ ގުޅޭނެ ކަމަށް ސޮފްވާން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox