ސޮފްވާން މުޅި އުމުރަށް ސަސްޕެންޑްކުރަން ވޮލީބޯލް އެސޯސިއޭޝަނުން ނިންމައިފި

ވީއޭއެމް އިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން ސޮފްވާން.--- ފޮޓޯ: އަދަދު ސްޕޯޓްސް

ވީއޭއެމް އިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން ސޮފްވާން.--- ފޮޓޯ: އަދަދު ސްޕޯޓްސް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ހިންގާ ކޮމިޓީގެ މަގާމުގައި ހުރި ސޮފްވާން އަހުމަދު އެ މަގާމުން ވަކިކޮށް، އޭނާ އަށް ދީފައިވާ އަދަބު، މުޅި އުމުރަށް ދީފައިވާ ސަސްޕެންޝަނަކަށް ބަދަލުކުރަން ވީއޭއެމް ހާއްސަ އާންމު ޖަލްސާގައި ނިންމައިފި އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި، ވީއޭއެމްގެ ސަމާލުކަމަށް އައިސްފައިވާ މައްސަލައެއް ބެލުމަށް އެކުލަވާލެވުނު އެޑްހޮކް ކޮމިޝަނުގެ ރިޕޯޓަށް ބަލައި، ވީއޭއެމްގެ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި އޭރު ވަނީ ފިޔަވަޅުތަކެއް އަޅައިފަ އެވެ. މައިގަނޑު ހަތަރު ފިޔަވަޅެއް އަޅަން ވީއޭއެމް އިން ނިންމިއިރު، އަންހެން ޓީމުގެ ކޯޗުގެ މަގާމުން ސޮފްވާން ވަަކިކުރުމަށާއި އެ ފަދަ މަގާމަކަށް ކުރިއަށް އޮތް ފަސް އަހަރު ނުނެގުމަށާއި ވީއޭއެމް އިން އިންތިޒާމްކުރާ އެއްވެސް މުބާރާތެއްގައި ސޮފްވާނަށް ކުރިއަށް އޮތް ފަސް އަހަރު ބައިވެރިނުވެވޭ ގޮތަށް ނިންމުމުގެ އިތުރުން، ވީއޭއެމްގެ ރެފްރީން ފޮނުވައިގެން ކުރިއަށްދާ އެއްވެސް މުބާރާތެއްގައި ސޮފްވާނަށް މަސައްކަތް ނުކުރެވޭ ގޮތަށް ނިންމުމަށެވެ.

ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުތަކެއް އަމާޒުވެފައިވާ ސޮފްވާންގެ މައްޗަށް އިތުރު ފިޔަވަޅުތަކެއް އަޅަން ފާސްކޮށްފައިވަނީ، ރޭ ވީއޭއެމްގެ ފުރިހަމަ މެމްބަރު ނުވަ ކްލަބަކާއި ވަގުތީ މެމްބަރު 12 ކްލަބަކާއި އެކަޑަމީ މެމްބަރު އެއް ކްލަބާއި އެސޯސިއޭޓް މެމްބަރު އެއް ކްލަބް ބައިވެރިވި އަހަރީ އާންމު ޖަލްސާގަ އެވެ. މި ޖަލްސާގައި އޮބްޒާވަރުންގެ ގޮތުގައި، ކޮމިޝަނާ އޮފް ސްޕޯޓްސް، ކުޅިވަރު ގައުމީ މަޖިލީސް އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ މަންދޫބުން ބައިވެރިވި އެވެ.

ރޭގެ ކޮމިޓީގައި ސޮފްވާން، ހިންގާ ކޮމިޓީގެ މެމްބަރުގެ މަގާމުން ވަކިކުރަން ނިންމައި، ވީއޭއެމްގެ އެއްވެސް މަގާމަކަށް ސޮފްވާން ކުރިއަށް އޮތް ފަސް އަހަރަށް ހަމަނުޖައްސަން ނިންމި އެވެ. އަދި، ވީއޭއެމްގެ މެމްބަރުންގެ ތެރޭގައި ހިމެނޭ އެއްވެސް ކުލަބެއްގެ ހިންގާ ކޮމިޓީގައި ސަފްވާން ހިމެނިފައިވާނަމަ އެ ކުލަބެއްގެ ހިންގާ ކޮމިޓީން ސަފްވާން ވަކިކުރުމަށް ވަނީ 60 ދުވަހުގެ މުހުލަތެއް ދީފަ އެވެ. އަދި، މި މުއްދަތުގެ ތެރޭގައި އެ ފަދަ ކުލަބެއްގެ ހިންގާ ކޮމިޓީން ސަފްވާން ވަކިކޮށް، އޭނާ އެ ކުލަބުގެ ހިންގާ ކޮމިޓީން ވަކިކުރިކަން ބަޔާންކޮށް ކޮމިޝަނާ އޮފް ސްޕޯޓްސް ދޫކޮށްފައިވާ ލިޔުން ވީއޭއެމް އަށް ހުށަހެޅުމަށް ވަނީ އަންގައިފަ އެވެ.

އެ ލިޔުން މި ބަޔާންކުރި މުއްދަތުގައި ވީއޭއެމް ހުށަނާޅައިފިނަމަ އެ ކުލަބެއް ވީއޭއެމްގެ ދަފްތަރުން އުނިކުރާ ގޮތަށް ނިންމާފައިވާއިރު، މިފަދަ ގޮތަކަށް އުނިކުރެވޭ ކުލަބަކަށް ވީއޭއެމްގެ މެމްބަރުކަން ލިބޭނީ މީލާދީ ދެ އަހަރު ފަހުން ކަމަށް ވެސް ވަނީ ނިންމައިފަ އެވެ.

ވީއޭއެމް އިން މިއަދު ނެރުނު ބަޔާނުގައި ދެން ބުނެފައިވަނީ، ސޮފްވާންގެ މައްސަލަތައް މީގެ ކުރިން ވެސް ފާހަގަކުރެވިފައިވާ ކަމަށެެވެ. އަދި، ވީއޭއެމް އިން މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކާ އެކު ވެސް ސޮފްވާން، ވޮލީގެ މަސައްކަތްތަކުގައި އުޅޭކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

"ވީއޭއެމްގެ ފަރާތުން މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކުވެސް ސަފްވާން އަހްމަދު ތަންތަނަށްގޮސް ކޯޗުކޮށްދޭން އުޅޭތަން ފެންނާތީ އަދި ސްކޫލްތަކާއި ކޮލެޖްތަކުގައި ވެސް ޓީމްތަކަށް ސަފްވާން އަޙްމަދު ކޯޗުކޮށްދޭތަން، ފެންނާތީ މިފަދަ މީހެއްގެ ކިބައިން ކުޅުންތެރިން ސަލާމަތްކުރުމަކީ ވަރަށް މުހިއްމުކަމެއްކަމަށް، ފެންނާތީސަފްވާން އަހްމަދު މުޅި، ޢުމުރަށް ވޮލީބޯޅަ ހަރަކާތްތަކުގައި އެއްވެސް ހައިސިއްޔަތަކުން ބައިވެރިނުވެވޭގޮތަށް ހަމަޖެއްސުމަށް ނިންމުން،" ވީއޭއެމުން މިއަދު ނެރުނު ބަޔާނުގައިވެ އެވެ.

ވީއޭއެމުން ބުނެފައިވަނީ މިއީ ސޮފްވާންގެ މައްސަލަ ބެލުމަށް އެކުލަވާލި، "އެޑްހޮކް ކޮމިޝަނުގެ ރިޕޯޓް" ގެ ނިންމުމުގައި ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރެއިން ކޮންގްރެސް އަށް ހުށަހަޅައިގެން ފާސްކުރަން ޖެހޭ ނިންމުންތަކެއް ކަމަށްވާތީވެ، އެ ގޮތަށް ކުރިއަށްގެންދިޔައީ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox