އެމެރިކާ އިންތިހާބު: ކަމަލާގެ ރަނިންމޭޓަކަށް ޓިމް ވަލްޒް ހަމަޖައްސައިފި

އެމެރިކާގެ އިންތިހާބުގައި ވާދަކުރައްވާ އެ ގައުމުގެ ނައިބުރައީސް ކަމަލާ ހެރިސް (ކ) ގެ ރަނިން މޭޓަކަށް ހަމަޖެއްސި ޓިމް ވަލްޒް (ވ) އެކުގައި ކެމްޕޭން ރެލީއެއްގައި -- ފޮޓޯ: އެކްސް

އެމެރިކާގެ އިންތިހާބުގައި ވާދަކުރައްވާ އެ ގައުމުގެ ނައިބުރައީސް ކަމަލާ ހެރިސް (ކ) ގެ ރަނިން މޭޓަކަށް ހަމަޖެއްސި ޓިމް ވަލްޒް (ވ) އެކުގައި ކެމްޕޭން ރެލީއެއްގައި -- ފޮޓޯ: އެކްސް

އެމެރިކާގެ އިންތިހާބުގައި ޑިމޮކްރެޓިކް ޕާޓީން ވާދަކުރައްވާ އެ ގައުމުގެ ނައިބު ރައީސް ކަމަލާ ހެރިސްގެ ރަނިންމޭޓަކަށް މިނިސޯޓާގެ ގަވަރުނަރު ޓިމް ވަލްޒް، 60، ހަމަޖައްސައިފި އެވެ.

ކަމަލާ ވަނީ ޓިމް ނައިބަކަށް ހަމަޖެއްސިކަން ހާމަކުރައްވައި، ފިލިޑޯފިއާގައި ބޭއްވި ކެމްޕޭން ރެލީގައި ޓިމްއާއެކު ބައިވެރިވެވަޑައިގެންފަ އެވެ.

"ޓިމްއަކީ ރަނގަޅު ޓްރެކް ރެކޯޑެއް އޮތް ބޭފުޅެއް. އޭނާ ވަނީ މިނިސޯޓާގެ އާއިލާތަކަށް ގިނަ ކަންކަން ހާސިލުކޮށްދީފައި. އޭނާގެ ސަބަބުން ކެމްޕެއިނަށް ކުރިއެރުންތަކެއް އަންނާނެ،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކަމަލާ ވިދާޅުވި އެވެ.

ނައިބުކަމުގެ މަގާމު ގަބޫލުކުރައްވައި ޓިމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންތިހާބު ޑިމޮކްރެޓުންނަށް ކާމިޔާބުކޮށްދިނުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށާއި ލިބުނު ފުރުސަތާ މެދު ފަހުރުވެރިވާ ކަމަށެވެ.

އެމެރިކާގެ އާމީ ނެޝަނަލް ގާޑުގެ ވެޓަރަން ޓިމް ގަވަރުނަރު ކަމަށް 2022 ގައި އިންތިހާބުވީ އެމެރިކާގެ ހައުސް އޮފް ރިޕްރެޒެންޓޭޓިވްސްގައި 12 އަހަރު ހިދުމަތް ކުރެއްވުމަށްފަހު އެވެ.

އެމެރިކާގެ އިންތިހާބުގައި ޑިމޮކްރެޓުންގެ ފަރާތުން އެ ގައުމުގެ ރައީސް ޖޯ ބައިޑެން ވާދަކުރައްވާ ގޮތަށް އޮތް ނަމަވެސް، ފަހުން ވަނީ އެ ފުރުސަތު ދޫކޮށްލާފަ އެވެ. އެއާއެކު ޑިމޮކްރެޓުންގެ މެދުގައި ކުރެވުނު މަޝްވަރާތަކަށް ފަހު ލީޑާޝިޕްގައި ނެގުނު ވޯޓުން ކަމަލާއަށް ޓިކެޓު ދޭން ވަނީ ނިންމާފަ އެވެ.

އެމެރިކާގެ އިންތިހާބު އޮންނާނީ ނޮވެމްބަރު 5، ގަ އެވެ. އިންތިހާބުގައި ރިޕަބްލިކަންގެ ފަރާތުން ވާދަކުރައްވަނީ އެ ގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެވެ. އޭނާގެ ނައިބެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ޖޭޑީ ވޭންސް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެކުނު ކޮރެއާގެ ސެލެބްރިޓީ މިޔަރު އަނެއްކާވެސް ބަނދަރު ތެރޭގައި

ދެކުނު ކޮރެއާގެ ބޫސާން ބަނދަރުގައި ތާށިވެފައި އޮތް "ބުކަންގީ" ނަމަކަށް ކިޔާ މިޔަރު، ކަނޑަށް ނެރުނުތާ އެއްދުވަސް ތެރޭގައި އަނބުރާ ބަނދަރަށް ވަދެފި. ފެން ހޫނުވުމާއި ކާނާ ގިނަވުމުގެ ސަބަބުން އެ ސަރަހައްދަށް ވަން މި މިޔަރު ބަލަން ގިނަ ބަޔަކު ޒިޔާރަތްކޮށްފައިވާއިރު، މިޔަރު އެހެން ތަނަކަށް ބަދަލުކުރުމުގެ އޮޕަރޭޝަނެއް މިހާރު ވަނީ ތާވަލުކޮށްފަ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ހަފުތާއެއް ފަހުން ކުރަފި ޕާޓީގެ ދެ ލީޑަރުން ޖަލުން މިނިވަންކޮށްފި

އިންޑިއާގެ ދިއްލީގައި މުޒާހިރާކުރުން މަނާ ސަރަހައްދަކަށް ވަދެގަތް މައްސަލައިގައި ހައްޔަރުކުރި "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީޖޭޕީ) ގެ ދެ ލީޑަރުން ހައްޔަރުކުރީ އިންޑިއާގެ އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި މުޒާހިރާ ކުރަނިކޮށް ކަމަށްވާއިރު، ސީޖޭޕީއަކީ ޒުވާނުންގެ ހައްގުތަކަށް ވަކާލާތުކުރާ ނުރަސްމީ ސިޔާސީ ހަރަކާތެއް.

އެމެރިކާ-އިންޑިއާ ވިޔަފާރި އެއްބަސްވުން ފައިނަލްކުރަން ގާތްވެއްޖެ

އެމެރިކާ އާއި އިންޑިއާއާ ދެމެދު އޮތް ވިޔަފާރީގެ ހިޔާލުތަފާތުވުންތައް ނައްތާލައި، އާ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތް ފައިނަލް މަރުހަލާއަށް ދިޔުމާ ގުޅޭގޮތުން ދެ ގައުމުގެ އިސްވެރިން މަޝްވަރާކުރައްވައިފިއެވެ. މީގެ އިތުރުން ހަކަތަ އާއި ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި، ޔޫއޭއީއާ އެކު ސަރަހައްދީ އިގްތިސާދީ މަސްލަހަތުތައް ކުރިއެރުވުމަށް ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.

ހަމަނުޖެހުން ހިންގަނީ މުސްލިމުން ކަމަށް ވިދާޅުވުމުން ރައްދުދީފި

ފްރާންސްގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ޒިންމާ މުސްލިމް ހިޖުރަވެރިންގެ ބޮލުގައި އަޅުވައި ޓްރަމްޕް ދެއްކެވި ވާހަކަތަކަށް ރައީސް މެކްރޮން ވަނީ ވަރުގަދަ ރައްދެއް ދެއްވާފައެވެ. މެކްރޮން ވިދާޅުވީ ބޭރުގެ ލީޑަރުން ފްރާންސްގެ ދާޚިލީ ކަންކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށާއި، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ރަޝިއާގެ ޖަލެއްގައި ހުރި އެމެރިކާގެ މީހަކު މިނިވަންކޮށްފި

ޔޫކްރެއިން ހަނގުރާމައިގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ރަޝިއާގެ ޖަލެއްގައި ހަތަރު އަހަރު ހުރި އެމެރިކާގެ ރައްޔިތެއް ކަމަށްވާ ސްޓީވަން ހަބާޑް މިނިވަންކޮށްފިއެވެ. އޭނާ މިނިވަންވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަންދޫބަކު ރަޝިއާއަށް ކުރެއްވި ޒިޔާރަތެއްގައި ޕޫޓިންއާ މަޝްވަރާކޮށް، އެއްވެސް އަސީރަކު ބަދަލުކުރުމަކާ ނުލައި އެއްބަސްވުމަކަށް އާދެވުމުންނެވެ.

ޖިއޯ އިން އެންމެ ބޮޑު ހިއްސާގެ ބާޒާރަށް ފުރުސަތު ހުޅުވައިފި

މުކޭޝް އަމްބާނީގެ ޖިއޯ ޕްލެޓްފޯމްސް އިން 3.2 ބިލިއަން ޑޮލަރު ހޯދުމުގެ އަމާޒާއެކު، އިންޑިއާގެ ތާރީޚުގައި ބާއްވާ އެންމެ ބޮޑު ހިއްސާގެ ބާޒާރު އާންމުންނަށް ހުޅުވާލައިފިއެވެ. މި އައިޕީއޯ މެދުވެރިކޮށް ލިބޭ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ކުންފުނީގެ ލޯނުތައް އަނބުރާ ދެއްކުމަށާއި ޓެލެކޮމް ވިޔަފާރި އިތުރަށް ފުޅާކުރުމަށެވެ. ހިއްސާ ވިއްކަން ފެށުމުގެ ކުރިންވެސް ބޮޑެތި މުއައްސަސާތަކުގެ ފަރާތުން މި މަޝްރޫއަށް ވަނީ އާދަޔާ ހިލާފު ބޮޑު ތަރުހީބެއް ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox