އުސޫލުން ބޭރުން ޓްރަމްޕް އެއާޕޯޓަށް ވަޑައިގެން ޝީއަށް ހޫނު މަރުހަބާއެއް

Sep 24, 2026, 12:12 PM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ވޮޝިންޓަނުގައި ބާއްވާ ތިން ދުވަހުގެ ސަމިޓް ފެށުމުގެ ގޮތުން، އަސްކަރީ މަތިންދާބޯޓުތަކުގެ ފްލައިޕާސްޓަކާއި 100 ފޫޓުގެ ރަތް ދޫލައިގެ މަރުހަބާއަކުން ޝީއަށް މަރުހަބާ ދަންނަވައިފި އެވެ.

އާންމުކޮށް އަމަލުކުރާ އުސޫލާ ހިލާފަށް، ޓްރަމްޕް ވަނީ އެއާޕޯޓަށް ވަޑައިގެން ޝީގެ ވަފުދަށް މަރުހަބާ ދަންނަވާފަ އެވެ. އެ ވަގުތު އެމެރިކާގެ އެއާ ފޯސް ބޭންޑުން މިއުޒިކް ކުޅެމުންދިޔައިރު، އެއާޕޯޓުގައި އެމެރިކާ އާއި ޗައިނާގެ ދިދަ ވަނީ ނަގާފަ އެވެ.

ބުދަ ދުވަހުގެ ހަވީރު މެރީލޭންޑްގެ ޖޮއިންޓް ބޭސް އެންޑްރޫޒްއަށް ޝީ އާއި އެމަނިކުފާނުގެ އަނބިކަނބަލުން ޕެންގް ލިޔުއާން ވަޑައިގަތުމުން، ޓްރަމްޕާއި ފަސްޓް ލޭޑީ މެލަނިއާ ޓްރަމްޕް ވަނީ އެ ދެބޭފުޅުންނަށް މަރުހަބާ ދަންނަވާފަ އެވެ.

މިއީ 2015 ވަނަ އަހަރަށްފަހު ޝީ ވޮޝިންޓަނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ނުހަނު މުހިންމު މި ދަތުރުފުޅުގައި ބާއްވާ ބައްދަލުވުންތަކުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި، އީރާން ހަނގުރާމަ އާއި، ޓައިވާންގެ މައްސަލައިގެ އިތުރުން ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރި މެދުކެނޑުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާނެ ކަމަށް ބެލެވެ އެވެ.

ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ލީޑަރު ދަތުރުކުރެއްވި އެއާ ޗައިނާގެ މަތިންދާބޯޓު އެއާޕޯޓަށް ޖެއްސީ އެ ގައުމުގެ ގަޑިން 17:39 ގައެވެ. ބޯޓު ކައިރިއަށް ދެ ލިމޯޒިން ކާރު މަޑުކޮށްލުމާއެކު، އަސްކަރީ ޝަރަފުގެ ގާޑުން ވަނީ ރަތް ދޫލައިގެ ދެފަރާތުގައި ސަފުތައް އަތުރާލާފަ އެވެ.

ޝީ އާއި ޕެންގް ބޯޓުން ފައިބައިވަޑައިގަތުމުން ދެ ގައުމުގެ ރައީސުންނާއި އަނބިކަނބަލުން ވަނީ ސަލާމް ކުރައްވާފަ އެވެ. އަދި ކުޑަވަގުތުކޮޅަކު ވާހަކަދެއްކެވުމަށް ފަހު، ރަތް ދޫލައިގެ މަތީގައި ހިންގަވާފައި ވަޑައިގެން ފޮޓޯއަށް މަޑުކޮށްލެއްވި އެވެ.

އެމެރިކާގެ އަސްކަރީ ބޭންޑުން އެ ގައުމުގެ ގައުމީ ސަލާމް ކުޅެމުންދިޔައިރު، އެމެރިކާގެ އަސްކަރިއްޔާގެ މުހިންމު ހަތިޔާރެއް ކަމަށްވާ ސުޕަސޯނިކް ބީ-1 މަރުކާގެ ދެ ބޯޓު ވަނީ އެ ސަރަހައްދު މަތިން އުދުހިފަ އެވެ.

މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތަށް ފަހު، ދެ ގައުމުގެ ރައީސުންނާއި އަނބިކަނބަލުން ވަނީ ވަކިވަކި އުޅަނދުތަކުގައި ވޮޝިންޓަނަށް ވަޑައިގެންފަ އެވެ.

މިއީ 1962 ވަނަ އަހަރަށްފަހު އެމެރިކާގެ ރައީސަކު އަމިއްލަފުޅަށް އެއާޕޯޓަށް ވަޑައިގެން ބޭރު ގައުމެއްގެ ލީޑަރަކަށް މަރުހަބާ ދެންނެވި ފުރަތަމަ ފަހަރެވެ. މީގެއިން ދޭހަވަނީ މި ދަތުރުފުޅަށް ޓްރަމްޕް ދެއްވާ އަހަންމިއްޔަތުކަމެވެ.

1962 ވަނަ އަހަރު އޭރުގެ ރައީސް ޖޯން އެފް ކެނެޑީ ވަނީ އިނގިރޭސި ބޮޑުވަޒީރު ހެރަލްޑް މެކްމިލަންއަށް އެއާޕޯޓުން މަރުހަބާ ދަންނަވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބަނޑަށް ބައިތިއްބައިގެން މީހުން މެރި ކަލްޓް ލީޑަރު ޖަލަށް

ކެންޔާގައި "އީސާގެފާނާ ބައްދަލުކުރުމަށް" ކަމަށް ބުނެ ގިނަ އަދަދެއްގެ ކުޑަކުދިން ބަނޑަށް ބައިތިއްބައިގެން މަރާލި ކަލްޓް ލީޑަރު ޕޯލް މެކެންޒީ 200 އަހަރަށް ޖަލަށްލުމަށް އެ ގައުމުގެ ކޯޓުން ހުކުމްކޮށްފިއެވެ. ޝަކަހޯލާ ޖަންގަލީގެ ތެރޭގައި ހިންގި މި ރަހުމްކުޑަ އަމަލާ ގުޅިގެން މެކެންޒީގެ އިތުރުން އެ ކަލްޓުގެ 28 މެންބަރެއްގެ މައްޗަށް ވެސް ވަނީ މީހުން މެރުމުގެ ކުށް ސާބިތުވެފައެވެ.

ބޭންކު ބަނގުރޫޓުވި މައްސަލައިގައި ރައީސް އަޒުލުކޮށް ގޭބަންދުގައި

ޕެރަގުއޭގެ ރައީސް ސަންޓިއާގޯ ޕެންޔާގެ މަސްލަހަތު އޮތް ބޭންކެއް ބަނގުރޫޓުވި މައްސަލައިގައި، މަގާމުގެ ނުފޫޒު ބޭނުންކުރި ކަމުގެ ތުހުމަތުގައި އޭނާ މަގާމުން އަޒުލުކޮށް ގޭބަންދުކޮށްފިއެވެ. މި މައްސަލައިގައި ގައުމުގެ ގިނަ ބައެއްގެ ފައިސާ ގެއްލި ބޮޑެތި މުޒާހަރާތަކެއް ކުރަމުންދާއިރު، ޕެންޔާގެ މައްޗަށް ވަނީ ޚިޔާނާތާއި ކޮރަޕްޝަނުގެ ދައުވާތައް އުފުލާފައެވެ.

ޖިންސީ ގޯނާގެ މައްސަލައެއްގައި މޭގަންގެ ބައްޕަ ހައްޔަރުކޮށްފި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ފެންނަ ތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި، މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލް އެމެރިކާގެ ފްލޮރިޑާ އިން ވަނީ ހައްޔަރުކޮށްފައެވެ. އުމުރުން 82 އަހަރުގެ ތޯމަސްގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ އޭނާ ކުއްޔަށް ހިފާފައިވާ ގުދަންތަކެއް ބަލައި ފާސްކުރުމަށްފަހު ކަމަށްވާއިރު، ކޯޓުން މިހާރު ވަނީ އޭނާ ބަންދުގައި ބަހައްޓައިގެން މޮނިޓަރު ކުރުމަށް އަމުރުކޮށްފައެވެ.

ޑިމޮކްރެޓުންގެ މެޖޯރިޓީން އީރާން ހަނގުރާމަ ހުއްޓުވޭތަ؟

އެމެރިކާގެ މިޑްޓާމް އިންތިހާބުގައި ކޮންގްރެސްގެ ދެ ގޭގެ އަގުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާ ގުޅިގެން، ރައީސް ޓްރަމްޕްގެ ސިޔާސަތުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. މީގެ ތެރޭގައި އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ހުރަސްއެޅުމާއި، ތަކެތީގެ އަގުބޮޑުވުން ހުއްޓުވުމަށް ޑިމޮކްރެޓުން ބާރުއަޅާނެއެވެ. ނަމަވެސް، ކޮންގްރެސްގެ ހުއްދައާ ނުލައި ރައީސަށް ކުރެވޭނެ ބައެއް ކަންކަން އަދިވެސް ހުރިކަން ފާހަގަކުރެވެއެވެ.

ހޮންކޮންގުގެ އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށް

ހޮންކޮންގުގެ ގައުމީ ސަލާމަތާ ބެހޭ އާ ގާނޫނުގެ ދަށުން، ބޭރުގެ ބާރުތަކާ ގުޅިގެން މަސައްކަތް ކުރި ކަމުގެ ކުށުގައި އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މި ހުކުމާއެކު، އަންނަ ޖެނުއަރީ މަހު މިނިވަންވާން އޮތް ވޮންގްގެ ޖަލު މުއްދަތު އިތުރުވެގެންދާއިރު، އޭނާ ވަނީ ދައުލަތާ ދެކޮޅަށް ރޭވުންތައް ރޭވި ކަމުގެ ދައުވާތަކަށް އިއުތިރާފުވެފައެވެ.

ނޯވޭ ރަސްގެފާނުގެ ދޮންދަރިކަލުން ޓެގް އަޅުވައި ގޭ ބަންދުގައި

ނޯވޭގެ ރަސްގެފާނުގެ ދޮންދަރިކަލުން މާރިއަސް ބޯގް ހޮއިބީގެ މައްޗަށް ސާބިތުވެފައިވާ ރޭޕްގެ މައްސަލަތަކުގެ އިސްތިއުނާފު މަރުހަލާ ނިމެންދެން، ފައިގައި ޓެގް އަޅުވައި ގޭބަންދުގައި ބެހެއްޓުމަށް އެ ގައުމުގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. ޖަލު ހުކުމެއް އިއްވާފައިވާ ހޮއިބީގެ މައްޗަށް ރޭޕްގެ އިތުރުން ގެވެށި އަނިޔާގެ ތުހުމަތުތައް ކުރެވިފައިވާއިރު، އޭނާގެ އިސްތިއުނާފީ ޝަރީއަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގައެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

Newsletter

Get the latest news delivered straight to your inbox