ބޮންއަޅާ ބޯޓުތައް ޔޫކޭ ވައިގެ މަރުކަޒުން ބޭރުކުރީ ނުރައްކާ އޮތުމުން: ޓްރަމްޕް

Oct 7, 2026, 8:01 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

އިނގިރޭސިވިލާތުގެ އާރް.އޭ.އެފް ފެއާފޯޑް އެއާބޭސްއަށް ކުރިމަތިވި "ބައެއް ނުރައްކާތަކާ" ގުޅިގެން، އެ ތަނުގައި އޮތް އެމެރިކާގެ ބޮންއަޅާ ބޯޓުތައް އެ ތަނުން ބަދަލުކޮށްފައިވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ދިފާއީ ވުޒާރާ، ޕެންޓަގަނުން އާދީއްތަ ދުވަހު ކަށަވަރުކޮށްދިން ގޮތުގައި، ފެއާފޯޑް އެއާބޭސްގައި އޮތް ބީ-1 މަރުކާގެ ގާތްގަނޑަކަށް 12 ބޮންއަޅާ ބޯޓު މިހާރު ވަނީ އެމެރިކާގައި އެ ބޯޓުތައް އާންމުކޮށް ބަހައްޓާ މަރުކަޒުތަކަށް އަނބުރާ ގެންގޮސްފަ އެވެ.

ހޯމަ ދުވަހު ނެބްރަސްކާއަށް ފުރާވަޑައިގަންނަވަމުން ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ބޮންއަޅާ ބޯޓުތައް ބަދަލުކުރަން ނިންމީ އެއާބޭސްއަށް އޮތް "ނުރައްކަލެއްގެ" މައުލޫމާތު އެމެރިކާއަށް ލިބުމާ ގުޅިގެން ކަމަށެވެ.

އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ނިންމުން ނިންމީ އީރާނުން ޑްރޯން ހަމަލާއެއް ދޭން ރާވަމުންދާ ކަމުގެ ޖާސޫސީ މައުލޫމާތު ލިބުމާ ގުޅިގެންނެވެ. ނަމަވެސް ޓްރަމްޕް އެ ސުވާލަށް ސީދާ ޖަވާބެއް ދެއްވަން ވަނީ އިންކާރު ކުރައްވާފަ އެވެ.

ހޯމަ ދުވަހުގެ ކުރީކޮޅު އިނގިރޭސި ބޮޑުވަޒީރުގެ އޮފީހުގެ ތަރުޖަމާނަކު ވިދާޅުވީ ފެއާފޯޑް އެއާބޭސްއަކީ ރައްކާތެރި ތަނެއް ކަމަށެވެ. އަދި މިދިޔަ ހަފުތާގައި ޓްރަމްޕް ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވައި، އެއާބޭސްގެ ސަލާމަތީ ކަންކަމާ ގުޅޭ ގޮތުން އިނގިރޭސި ފުލުހުންނާއި ދިފާއީ އަދި ސަލާމަތީ ހިދުމަތްތަކަށް ޓްރަމްޕް ތައުރީފު ކުރެއްވިކަން އޭނާ ފާހަގަކުރެއްވި އެވެ.

ޓްރަމްޕްގެ ވާހަކަތަކުން ދޭހަވަނީ، ސެޕްޓެމްބަރު 27 ވަނަ ދުވަހު އެއާބޭސް ކައިރިން ތިން "ޝައްކުކުރެވޭ އުޅަނދެއް" ފެނިގެން ފުލުހުން ހަރަކާތްތެރިވި ބޮޑު ހާދިސާއަށް ފަހު، ކުރިމަތިވި އާ ނުރައްކަލަކާ ގުޅިގެން ބޮންއަޅާ ބޯޓުތައް ބަދަލުކުރި ކަމަށެވެ.

އެ އުޅަނދުތައް ފެނުނު ހާދިސާގައި ޓެރަރިޒަމްގެ ކުށުގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރުކުރުމަށް ފަހު ފަހުން ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފަ އެވެ. އޭގެ ފަހުން އިނގިރޭސިވިލާތާއި އީރާނުގެ ރައްޔިތެއް ކަމަށްވާ ހަވަނަ މީހަކު ވެސް ހައްޔަރުކޮށް، ކަފާލާތުގެ ދަށުން ވަނީ ދޫކޮށްލާފަ އެވެ.

ފުރަތަމަ ހައްޔަރުކުރި ފަސް މީހުން ދޫކޮށްލުމާ ގުޅިގެން ޓްރަމްޕް ވަނީ އެ ނިންމުމަށް ފާޑުވިދާޅުވެފަ އެވެ. އަދި އެމެރިކާގެ އޮފިޝަލުން ވަނީ އެ ހާދިސާގައި އީރާނުގެ އަތެއް އޮވެދާނެ ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

ނަމަވެސް ތެހެރާނުން ވަނީ މި ހުރިހާ ތުހުމަތުތަކެއް ދޮގުކޮށްފަ އެވެ.

މިދިޔަ ޖުލައި މަހު އީރާނުން ބުނެފައިވަނީ "އީރާނުގެ ސަރަހައްދަށް ހަމަލާދިނުމަށް ބޭނުންކުރާ ކޮންމެ ބޭސްއަކީ އީރާނުގެ އަސްކަރިއްޔާގެ ހަމަލާތަކުގެ އަމާޒަކަށް ވާނެ" ކަމަށެވެ.

ވެލްފޯޑް އަވަށާ ކައިރީގައި އޮންނަ އާރް.އޭ.އެފް ފެއާފޯޑަކީ އެމެރިކާގެ ވައިގެ ސިފައިން އެތައް އަހަރެއް ވަންދެން ބޭނުންކުރަމުން އަންނަ މަރުކަޒެކެވެ.

ފަހަކަށް އައިސް އެމެރިކާއިން ވަނީ މެދުއިރުމައްޗަށް އަމާޒުކޮށް ބީ-1 އަދި ބީ-52 މަރުކާގެ ބޯޓުތައް އެ ބޭސްއިން އުދުއްސާފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

ތޫފާނާ ގުޅިގެން އިންޑިއާގައި 180،000 މީހުން އެހެން ހިސާބުތަކަށް

އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް އެރި ބާރުގަދަ ތޫފާން "އަރުނަބް" އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 180،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. މި ތޫފާނުގެ ސަބަބުން ގަސްތައް ވެއްޓި ކަރަންޓުގެ ޚިދުމަތަށް ބުރޫއަރައި، ދަތުރުފަތުރުތައް މެދުކަނޑާލަން ޖެހުނު ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ނަތަންޔާހޫގެ ޕާޓީއަށް މެޖޯރިޓީއެއް ނުލިބޭނެ

އިސްރާއީލުގެ އިންތިޚާބުގެ އެގްޒިޓް ޕޯލްތަކުން ދައްކާގޮތުގައި، ބޮޑުވަޒީރު ނަތަންޔާހޫގެ ކޯލިޝަނަށާއި އިދިކޮޅު ކޯލިޝަނަށް ވެސް ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތެއް ނުލިބެއެވެ. ދެ ފަރާތަށް ވެސް ލިބޭނެ ކަމަށް ލަފާކުރެވެނީ 51 ގޮނޑި ކަމަށްވާއިރު، ސަރުކާރެއް އެކުލަވައިލުމުގައި އަރަބި ޕާޓީތަކުގެ ދައުރު ބޮޑުވާނެ ކަމަށް ބެލެވެއެވެ. މި ނަތީޖާގެ ސަބަބުން އިސްރާއީލުގެ ސިޔާސީ މަސްރަހު އިތުރަށް އޮޅުންބޮޅުންވުމުގެ ފުރުސަތު އެބައޮތެވެ.

ބްރެޒިލްގެ އިދިކޮޅު ލީޑަރު ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެ

މަނީ ލޯންޑަރިންގެ ތުހުމަތުތަކަކާ ގުޅިގެން ޕާސްޕޯޓް ހަވާލުކުރަން ބްރެޒިލްގެ ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ ގައުމުގެ އިދިކޮޅު ލީޑަރު ފްލާވިއޯ ބޮލްސޮނާރޯ ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެއެވެ. އޭނާގެ ޕާސްޕޯޓް ބާތިލްކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެމެރިކާއަށް ގޮސްފައިވަނީ، އެ ގައުމުން އޭނާއަށް ވިސާ ދޫކޮށްފައިވާކަން ކަށަވަރުވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

މި އަހަރު އެންމެ މަގުބޫލު ލަފުޒަކަށް "މެކްސިންގް" ހޮވައިފި

ޑިކްޝަނަރީ ޑޮޓް ކޮމް އިން 2026 ވަނަ އަހަރުގެ އެންމެ މަގުބޫލު ލަފުޒަކަށް، ކަމެއް އެންމެ ފުރިހަމައަށް ކުރުމުގެ މާނަ ދޭހަވާ "މެކްސިންގް" (maxxing) ހޮވައިފިއެވެ. މި ލަފުޒު ބޭނުންކުރާ މިންވަރު ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 19 ގުނަ އިތުރުވެފައިވާއިރު، މިއީ ހާއްސަކޮށް ޒުވާނުންގެ މެދުގައި އެކި ކަންކަން އެންމެ މަތީ ދަރަޖައަށް ފުރިހަމަކުރުމަށް ބޭނުންކުރާ އިސްތިލާހެކެވެ.

Newsletter

Get the latest news delivered straight to your inbox