ފުލުހުން ނ. އަތޮޅުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ހިންގަމުން ދަނިކޮށް، އެ އަތޮޅު ހެނބަދޫގައި ފުލުހެއްގެ ސައިކަލުގައި އިއްޔެ ރޯކޮށްލައިފި އެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާންގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕޮލިސް ސައިކަލެއްގައި ރޯކޮށްލުމުގެ އިތުރު ސައިކަލަކަށް ގެއްލުން ދީފައިވާ ކަމަށެވެ.
"މި ކަމަކީ ނ. އަތޮޅުގައި ފުލުހުން ހިންގަމުންދާ މަސްތުވާތަކެތީގެ އޮޕަރޭޝަނަކާ ދެކޮޅަށް އެ ކަމުގައި ތުހުމަތު ކުރެވޭ ބަޔަކު ކޮށްފައިވާ ކަމެއް ކަމަށް ތުހުމަތުކުރެވޭ،" ޝިފާން ލިޔުއްވާފައިވެ އެވެ.
އޭނާ ވިދާޅުވީ އެފަދަ ފިނޑި އަމަލުތަކުގެ ސަބަބުން ފުލުހުންގެ ހިތްވަރާއި ސާބިތު ކަމަށް ކުޑަ ވެސް ބަދަލެއް ނާންނާނެ ކަމަށެވެ.













