އަކްރަމް މުއްތަލިބަށް: 2018 ގައި އެމްޑީޕީން ހަވާލުވިއިރުވެސް ޕަބްލިކް ވޯކްސްގެ މެޝިނަރީތައް ހުރީ ހަލާކުވެފައި

ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް އަދި މިނިސްޓަރު މުއްތަލިބު: 2018 ގައި އެމްޑީޕީއިން ހަވާލުވިއިރުވެސް ބޭބީ ޑްރެޖާ އޮތީ ރިޕެއާ ނުކޮށް ހަލާކުވެފަ ކަމަށް އަކްރަމް ވިދާޅުވި ---

ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް އަދި މިނިސްޓަރު މުއްތަލިބު: 2018 ގައި އެމްޑީޕީއިން ހަވާލުވިއިރުވެސް ބޭބީ ޑްރެޖާ އޮތީ ރިޕެއާ ނުކޮށް ހަލާކުވެފަ ކަމަށް އަކްރަމް ވިދާޅުވި ---

ކޮންސްޓްރަކްޝަން މިނިސްޓްރީންގެ ބެލުމުގެ ދަށުން ހިންގާ ޕަބްލިކް ސާވިސް އިން ގެންގުޅުނު ބޭބީ ޑްރެޖާ، އެމްޑީޕީއިން 2018 ގައި ވެރިކަމާ ހަވާލުވިއިރުވެސް އޮތީ ރިޕެއާ ނުކޮށް ހަލާކުވެފައި ކަމަށް ވިދާޅުވެ ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބަށް ރައްދު ދެއްވައިފި އެވެ.

ސޯޝަލް މީޑިއާގައި އަކްރަމް ޕޯސްޓު ކުރެއްވީ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމުން، ޕަބްލިކް ސާވިސް އިން ފަޅު ފުންކުރުމަށް ގެންގުޅުނު މެޝިނަރީޒް މި ސަރުކާރުން ހަވާލުވިއިރު ހަލާކުވެފައިވާ ކަމަށް މުއްތަލިބު ވިދާޅުވި ކްލިޕެވެ.

"އެ ހުރިހާ އެއްޗެއް ނުވެސް ނެތް. އަޅުގަނޑުމެން ގެންގުޅުނު ބޭބީ ޑްރެޖާ އެބައޮތް މިހާރުވެސް ތިލަފުށީގަ ބާ ދަގަނޑަށް ވެފަ. ލޭންޑިން ކްރާފްޓުތަކާ އެއްޗެއްހި ވިއްކާލާފަ ހުރީ. އެކްސްކަވޭޓަރުތަކާ އެއްޗެހި ހަލާކުވެފަ ހުރީ،" މިނިސްޓަރު މަޖިލީހުގައި ވިދާޅުވި އެވެ.

ނަމަވެސް, އަކްރަމް ވަނީ މުއްތަލިބުގެ ވާހަކަތައް ދޮގުކުރައްވާ، 2018 ގައި އެމްޑީޕީން ވެރިކަމާ ހަވާލުވިއިރުވެސް ޑްރެޖަރު އޮތީ ރިޕެއާ ނުކުރެވި ހަލާކުވެފައި ކަމަށެވެ.

އެގޮތުން, ރައީސް ޑރ. މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރުކަން ކުރެއްވިއިރު އެ ޑްރެޖަރު މަރާމަތު ކުރަން މިފްކޯ މެދުވެރިކޮށް އަމިއްލަ ކުންފުންޏަކާ ހަވާލުކުރި ނަމަވެސް އެ މަސައްކަތް ކުރި ކަމުގެ ލިޔެކިޔުމެއް ނެތް ކަމަށް އޭނާ އެކްސްގައި ލިޔުއްވާފައިވެ އެވެ.

"މިއީ  2018 ގައި އެމްޑީޕީ ސަރުކާރާ ހަވާލުވިއިރު ރަށްރަށުގެ ވަލުތެރެއައް އުކާލާފައި ހުރި ބައއް މެޝިނަރީސް ތަކުގެ ފޮޓޯ" މިހެން ލިޔުއްވާ އަކްރަމް ހިއްސާކުރެއްވި ފޮޓޯއެއް
"މިއީ 2018 ގައި އެމްޑީޕީ ސަރުކާރާ ހަވާލުވިއިރު ރަށްރަށުގެ ވަލުތެރެއައް އުކާލާފައި ހުރި ބައއް މެޝިނަރީސް ތަކުގެ ފޮޓޯ" މިހެން ލިޔުއްވާ އަކްރަމް ހިއްސާކުރެއްވި ފޮޓޯއެއް

"މިއީ 2018 ގައި އެމްޑީޕީ ސަރުކާރާ ހަވާލުވިއިރު ރަށްރަށުގެ ވަލުތެރެއައް އުކާލާފައި ހުރި ބައއް މެޝިނަރީސް ތަކުގެ ފޮޓޯ" މިހެން ލިޔުއްވާ އަކްރަމް ހިއްސާކުރެއްވި ފޮޓޯއެއް

"މުއިއްޒުގެ މިނިސްޓަރު ކަމުގައި އުފެއްދި ރޯޑް ކޯޕަރޭޝަން އަށް ޕަބަލިކް ވޯކްސް ގައި ހުރި ތި މެޝިނަރީ ތައް ބަދަލުކުރި ހަމަ މުއިއްޒު ގެ ދައުރުގައި އެތަން އުވާލުމަށްފަހު އަލުން ޕަބްލިކްވާރކްސް އުފައްދަ މަސައްކަތް ކުރަން ފެށި 2018 ގައި އެމްޑީޕީ ސަރުކާރު އައިސް އޭ ގެ ތިން މަސްފަހުން ރަށްރަށަށް މިނިސްޓްރީ މުވައްޒަފުން ޒިޔާރަތް ކުރަމުން ދިޔަދިޔުމުގައި މުވައްޒަފުންނަށް ފާހަގަވީ ރައްރަށުގައި ވަލުތެރެއަށް އުކާލަފައި ހުރި މެޝިނަރީތައް،" އަކްރަމް ލިޔުއްވާފައިވެ އެވެ.

އަދި, އެފަދައިން ހުރި ތަކެތި މަރާމާތު ކުރުމަށް އެމްޓީސީސީ އަދި އާރުޑީސީއާ ހަވާލުކުރި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޕަބްލިކް ވޯކްސްގެ މެޝިނަރީތައް ހަލާކުވި ގޮތް ހޯދުމަށް އެމްޑީޕީގެ ވެރިކަމުގައި އޮޑިޓެއް ކުރިއިރު އެ ތަކެތީގެ އިންވެންޓަރީ ބެލެހެއްޓިފައި ނެތްކަން ފާހަގަވި ކަމަށާއި ފިނޭންސުން ހޯދި ލިސްޓަކަށް ބަލައިގެން އިތުރަށް ބެލުމުން "ވަލުތެރެއަށް އުކާލާފައި ހުރި" މެޝިނަރީޒް ފެނިފައިވާ ކަމަށްވެސް އަކްރަމް ވިދާޅުވި އެވެ.

"މި މެޝިނަރީސް ތަކާ ބެހޭ ވަރަށް ތަފްސީލީ ރިޕޯޓް އެއްވެސް އެކުލަވާލިން. މި ރިޕޯޓް ރައީސް އޮފީސް އަށާއި ފިނޭންސް މިނިސްޓްރީ އަށް ފޮނުވުނު، ވީމާ މިނިސްޓްރީ ގައި މި ރިޕޯޓް އޮންނަންވާނެ. އެ ރިޕޯޓް ބައްލަވާލައްވާ."

އެ ތަކެތީގެ ފޮޓޯތައްވެސް އަކްރަމް ވަނީ ހިއްސާކުރައްވާފަ އެވެ. އަދި މިފަދަ ދޮގު މައުލޫމާތު މަޖިލިސް މެންބަރުންނަށް ދެއްވީތީ އެކަމާ މާފަށް އެދެން ޖެހޭ ކަމަށްވެސް އަކްރަމް ވަނީ ލިޔުއްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox