ވޮލީބޯލް އެސޯސިއޭޝަނުން ވަނީ އޮޑިޓް ރިޕޯޓްތަކުގެ ޑްރާފްޓް ހުށަހަޅާފައި

ވޮލީބޯލް އެސޯސިއޭޝަނުން 20 އަހަރުން ދަށުގެ އަންހެން ވޮލީ ޓީމު އިއުލާނުުކުރަން ބޭއްވި އިވެންޓްގެ ތެރެއިން އެ އެސޯސިއޭޝަންގެ ރައީސް، ލަތީފް.--- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ވޮލީބޯލް އެސޯސިއޭޝަނުން 20 އަހަރުން ދަށުގެ އަންހެން ވޮލީ ޓީމު އިއުލާނުުކުރަން ބޭއްވި އިވެންޓްގެ ތެރެއިން އެ އެސޯސިއޭޝަންގެ ރައީސް، ލަތީފް.--- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ވަނީ އޮޑިޓް ރިޕޯޓްތަކުގެ ޑްރާފްޓް ހުށަހަޅާފައި، ކަމަށާއި އެ ރިޕޯޓްތައް ފާސްކުރުމަށް ފަހު އަލުން ރަސްމީކޮށް ކޮމިޝަނާ އޮފް ސްޕޯޓްސް އަށް އެ ރިޕޯޓްތައް ހުށަހަޅާނެ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

މިދިޔަ މާޗް މަހު، ކޮމިޝަނާ އޮފް ސްޕޯޓްސް އިން ވޮލީބޯލް އެސޯސިއޭޝަނުގެ އިންތިހާބު ބާއްވަން ފުރުސަތު ދީފައިވަނީ، 90 ދުވަހުގެ ތެރޭގައި ވޮލީބޯލް އެސޯސިއޭޝަންގެ މިދިޔަ ހަތަރު އަހަރުގެ އޮޑިޓްގެ ކަންކަން ފުރިހަމަ ކުރުމަށެވެ.

އަދި މީގެ އިތުރުން، ވޮލީބޯލް އެސޯސިއޭޝަނުން ރާއްޖޭގެ ގާނޫނާ އެއްގޮތަށް ނިންމަން ޖެހޭ ކަންކަން ފުރިިހަމަ ކުރުމަށެވެ.

އެ ގޮތުން، ގާނޫނާ އެއްގޮތަށް ފުރިހަމަ ކުރަން ޖެހޭ ކަންކަން ނިންމުމަށް ފަހު، ވޮލީބޯލް އެސޯސިއޭޝަނުން ވަނީ، މާޗް 26 ވަނަ ދުވަހު، އެސޯސިއޭޝަންގެ އިންތިހާބު ބާއްވައި، މުހައްމަދު ލަތީފް، މިހާރު ހިނގަމުންދާ ދައުރުގެ ބާކީ އޮތް އެއް އަހަރަށް ރައީސްގެ މަގާމަށް އިންތިހާބުކޮށްފަ އެވެ.

ވޮލީ އެސޯސިއޭޝަންގެ ރައީސްގެ މަގާމު ހުސްވީ، އެ މަގާމު އަދާކުރަމުން އައި، މުހައްމަދު ރަނޭޝް (ރަނޭ) އިސްތިއުފާދިނުމުންނެވެ. ފެބްރުއަރީ 27 ވަނަ ދުވަހު، ރަނޭޝް، ވީއޭއެމްގެ ރައީސްކަމުން އިސްތިއުފާ ދިނީ، ދިިރިއުޅުމުގެ ކަންކަން ހުރި ގޮތުން ކަމަށް ބުނެ، މާޗް އެއް ވަނަ ދުވަހުން ފެށިގެން މަގާމުގެ ޒިންމާތައް ދޫކޮށްލާނެކަން ހާމަކުރެއްވުމަށް ފަހު އެވެ.

"އަދަދު" އިންކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް، މިއަދު ވިދާޅުވީ، ވޮލީބޯލް އެސޯސިއޭޝަނުން ވަނީ މިދިޔަ ހަތަރު އަހަރުގެ އޮޑިޓް ރިޕޯޓްތަކުގެ ޑްރާފްޓް ހުށަހަޅާފައި ކަމަށެވެ.

އަދި އެ އޮޑިޓް ރިޕޯޓްތައް، ވޮލީބޯލް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އާއި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އަކުން ފާސްކޮށް، ރަސްމީކުރުމަށް ފަހު، އަލުން ކޮމިޝަނާ އޮފް ސްޕޯޓްސް އަށް ފޮނުވާނެ ކަމަށް އެ އެސޯސިއޭޝަނުން ބުނެފައިވާ ކަމަށް ވެސް ތޮލާލް ވިދާޅުވެފައުވެ އެވެ.

އޭނާ ވިދާޅުވީ، ވޮލީބޯލް އެސޯސިއޭޝަނުން އަދިވެސް އިންތިހާބުކުރަން ޖެހޭ އެއް މަގާމު އޮތުމާ އެކީގައި، އެކަން ވެސް ފުރިހަަމަ ކުރުމާއި އޮޑިޓް ރިޕޯޓްތައް ފާސްކުރުމަށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އެއް ބާއްވާނެ ކަމަށް ވެސް މައުލޫމާތު ދީފައިވާ ކަމަށެވެ.

ވޮލީބޯލް އެސޯސިއޭޝަންގެ ރައީސް ކަމަށް އިންތިހާބުވުމަށް ފަހު، ދެއްވި އިންޓަވިއުގައި ވާހަކަ ދައްކަވަމުން، ލަތީފް ވަނީ، ކޮމިޝަނާ އޮފް ސްޕޯޓްސް، ތޮލާލް ދެއްވާފައިވާ 90 ދުވަހުގެ މުހުލަތުގެ ތެރޭގައި ވޮލީބޯލް އެސޯސިއޭޝަންގެ އޮޑިޓްގެ މަސައްކަތް ނިންމައި، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި މެމްބަރު ކްލަބްތަކާ ހިއްސާކޮށްގެން ފާސްކުރާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެެވެ.

އެކަމަކު، އަދި މިހާތަނަށް އެ ގޮތަށް އެކަން ކުރެވިފައިނުވެ އެވެ.

ވޮލީބޯލް އެސޯސިއޭޝަނުން ވަނީ ދާދި ފަހުން، މާލޭގައި ސެންޓްރަލް ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ 20 އަހަރުން ދަށުގެ މުބާރާތް މާލޭގައި ބާއްވައިފަ އެވެ.

ވޮލީބޯލް އެސޯސިއޭޝަންގެ އިންތިހާބު ބޭއްވުނީ ދެ ފަހަރެއްގެ މަތިން އިއުލާނު ކޮށްގެންނެވެ. ނުބޭއްވި ލަސްވި އެންމެ ބޮޑު ސަބަބަކީ، އެންމެ ފަހުން، އިސްލާހު ކުރެވުނު ވޮލީބޯލް އެސޯސިއޭޝަނުގެ އަސާސީ ގަވާއިދުގައި ހުރި ކަންކަން ރަނގަޅުކުރަން ސްޕޯޓްސް ކޮމިޝަނަރު އަންގާފައިވާ ގޮތަށް ކަންކަން ނިންމުމުގައި އައި ލަސްތަކުގެ ސަބަބުންނެވެ. ދެ ފަހަރު، އިންތިހާބަށް ކުރިމަތިލާން ހުޅުވާލުމުން ވެސް ކުރިމަތިލެއްވި، ހަމައެކަނި ފަރާތަކީ، މިހާރުގެ ރައީސް، ލަތީފް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox