އުސޫލާއި ހިލާފުވާ ކުޅުންތެރިންނާއި އޮފިޝަލުންނާ މެދު ކުރިއަށްއޮތްތަނުގައި ވެސް ފިޔަވަޅު އަޅާނެ: ވޮލީބޯލް އެސޯސިއޭޝަން

Dec 4, 2025, 9:54 AM
އުސޫލާއި ހިލާފުވާ ކުޅުންތެރިންނާއި އޮފިޝަލުންނާ މެދު ކުރިއަށްއޮތްތަނުގައި ވެސް ފިޔަވަޅު އަޅާނެ: ވޮލީބޯލް އެސޯސިއޭޝަން

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ރާއްޖޭގެ ވޮލީބޯޅައިގެ ކުރިމަަގު ރަނގަޅުކުރުމަށްޓަކައި ކުރެވޭ މަސައްކަތުގެ ތެރެއިން އެކުލަވާލާފައިވާ އުސޫލުތަކާ ހިލާފުވާ ކުޅުންތެރިންނާއި އޮފިޝަލުންނާ މެދު ކުރިއަށްއޮތްތަނުގައި ވެސް ފިޔަވަޅު އަޅާނެ ކަމަށް ބުނެފި އެވެ.

ވީއޭއެމް އިން މި ގޮތަށް ބުނެފައިވަނީ، މިއަދު އެ އެސޯސިއޭޝަނުގެ ވަޓްސަޕް ގްރޫޕްގައި ހިއްސާކޮށްފައިވާ ބަޔާނެއްގަ އެވެ. ވީއޭއެމް އިން މި ބަޔާން ނެރެފައިވަނީ، ދާދި ފަހުން، ގައުމީ ވޮލީބޯޅަ ޓީމުގެ ކުޅުންތެރިޔާ، ޝަމާއިލް ހުސެއިން، މިހާރު ކުރިއަށްދާ ލާމަސީލު ލާމު ވޮލީބޯޅަ މުބާރާތުގައި ކުޅުމުން އެ ހިނގައިދިޔަ ކަންތައްތަކަށް ފަހު، އެސޯސިއޭޝަނާ މެދު ސޯޝަލް މީޑިއާގައި، ވޮލީބޯޅަ ކުޅުންތެރިންނާއި ކޯޗުން ހިމެނޭ ގޮތަށް ގިނަ ބަޔަކު ޝުއޫރުފާޅުކުރަމުން ދަނިކޮށެވެ.

Advertisement

ވީއޭއެމް އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، ކުޅިވަރު ތަރައްގީކޮށް، ކުޅުންތެރިން ބިނާކުރުމަށް، ސަރުކާރުން ވަރަށް ބޮޑު ހޭދައެއް ކުރާ ކަމަށާއި ސަރުކާރުން ވޮލީބޯޅަ އަށް ކުރާ ހޭދައާ މުގާބިލު ކުރިއެރުމަށް ވޮލީބޯޅަ އަށް ގެނެސްދިނުމަކީ، މި އެސޯސިއޭޝަނުގެ މައްޗަށް އޮތް ވަރަށް ބޮޑު ޒިންމާ އެއް ކަމަށެވެ. އަދި، ރާއްޖޭގެ ވޮލީބޯޅަ އާއިލާ އެދޭފަދަ ކުރިއެރުމެއް، ރާއްޖޭގެ ވޮލީބޯޅަ އަށް ގެނެސްދިނުމަކީ ވީއޭއެމްގެ މައްޗަށް ލާޒިމް ކަމެއް ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމުގެ ފަރިތަކުރުންތައް، ނިޒާމީގޮތެއްގައި ކުރިއަށް ނުގެންދެވި، އަދި އެކަށީގެންވާ ގޮތެއްގައި މުބާރާތްތަކަށް ތައްޔާރު ނުވެވޭތީ، މުބާރާތްތަކުން ހޯދާ ނަތީޖާ އެންމެ ރަނގަޅެއް ނޫން ކަމަށް ވީއޭއެމް އިން ވަނީ ބުނެފަ އެވެ.

"ޤައުމީ ވޮލީބޯޅަ ޓީމުގެ އަތުން ކުރިން ބަލިވަމުން އަންނަ ގައުމުގެ ތަކުގެ މައްޗަށް އަޅުގަނޑުމެންގެ ޓީމަށް މިހާރު ކުރި ނުހޯދޭކަން ހިތާމައާއެކު ފާހަގަކުރަންޖެހެ އެވެ. ރާއްޖޭގެ ގައުމީޓީމު އެންމެފަހުން ވާދަކުރި "ކާވާ ކަޕް ފޯ މެން" ގައި ރާއްޖޭގެ ވޮލީބޯޅަ ޓީމަށްލިބުނު ނަތީޖާއިން، ގައުމީ ޓީމުގެ ފަރިތަކުރުންތައް އަލުން ރުކުރުވާލަން މަޖްބޫރުވެއްޖެކަން ފާހަގަ ކުރެވުނެވެ. ހިންގުމަށް މި އެސޯސިއޭޝަނުގައި ގައުމީ ޓީމުގެ މި ދެންނެވި ނަތީޖާ މައިގަނޑު ގޮތެއްގައި ބިނާވެފައިއޮތީ، ގައުމީ ޓީމުގެ ކަންކަންޒަމާނުއްސުރެ އޮތް ވިސްނުމެއްގެ މައްޗަށެވެ.،" ވީއޭއެމްގެ ބަޔާނުގައި ބުނެފައިވެ އެެވެ.

މި ކަންކަމަށް އަލި އަޅުވާލައި، ވީއޭއެމް އިން ކަންކަން ހިންގުމަށް އާ ވިސްނުމެއް ގެނައުމަށް ނިންމާފައިވާ ކަމަށާއި ގައުމީ ޓީމުގެ ފަރިތަކުރުންތައް މުޅި އަހަރުގެ ތެރޭގައި އިންތިޒާމްކޮށް އަލުން ނުހުއްޓި ކުރިއަށް ގެންދިއުމަށް މަސައްކަތް ފަށާފައިވާ ކަމަށް ވީއޭއެމް އިން ވަނީ ބުނެފަ އެވެ. އަދި، އެ ގޮތަށް ކުރިއަށްގެންދާއިރު، ގައުމީ ޓީމުގެ ކުޅުންތެރިން ތަފާތު މުބާރާތްތަކުގައި ކުޅުމަށްބޭނުންވާނަމަ، އެ ފަދަ މުބާރާތްތަކުގައި ކުޅެވޭނެ އިންތިޒާމް ހަމަޖައްސައި، އެކަން ކުޅުންތެރިންނާއި އޮފިޝަލުންނަށް އަންގާފައިވާނެ ކަަމަށް ވީއޭއެމް އިން ވަނީ ބުނެފަ އެވެ.

މި ފަދަ އިންތިޒާމެއް، ހަމަޖައްސަން ޖެހުނު މައިގަނޑު ސަބަބެއްގެ ގޮތުގައި، ވީއޭއެމް އިން ބުނެފައިވަނީ، ގައުމީ ޓީމުގެ ކުޅުންތެރިންނަށް ވީހާވެސް ގިނަ ފުރުސަތު ފަހިކޮށްދިނުމާ އެކު، ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ބޭރުން، އެއްވެސް މުބާރާތެއްގައި ކުޅޭނަމަ، އެކަމުގެ ރެކޯޑް އެސޯސިއޭޝަނުގައި ބެހެއްޓުމަށާއި، ގައުމީ ޓީމަށް ސަރުކާރުން ކުރައްވާ ހޭދައާ މުގާބިލު ނަތީޖާއެއް ނެރުމުގެ ގޮތުން ކަމަށެވެ.

އެ ގޮތުން، ގައުމީ ވޮލީބޯޅަ ޓީމުގެ ކުޅުންތެރިއެއްގެ، ގޮތުގައި ހުރެ އެކިއެކި މުބާރާތްތައް ކުޅުމަށް ބޭނުންވާނަމަ ފުރިހަމަކުރަންޖެހޭ ކަންކަން ކޮށްގެން، ފުރިހަމަ މި އެސޯސިއޭޝަނުގައި ގާއިމްކުރެވިފައިވާ އުސޫލުގެ ތެރެއިން ރިލީސް ހަމަޖެހިގެން، ބައެއް މުބާރާތްތަކުގައި ކުޅުންތެރިން ކުޅޭ ކަމަށް ވީއޭއެމް އިން ވަނީ ބުނެފަ އެވެ.

ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާ ކުރެވޭ މުއާމަލާތުތައް ކުރެވެނީ އެކަމަށްޓަކައި ގާއިމްކުރެވިފައިވާ ގްރޫޕެއްގައި ކަމަށްވާއިރު، ވޮލީބޯޅަ ޓީމުގެ ކުޅުންތެރިއެއްގެ، ގޮތުގައި ހުރެ އެކިއެކި މުބާރާތްތައް ކުޅުމަށް ބޭނުންވާނަމަ ފުރިހަމަ ކުރަންޖެހޭ ކަންކަން ނޭގޭކަމަށް އެއްވެސް ކުޅުންތެރިއަކު ނުވަތަ އޮފިޝަލަކު ބުނާނަމަ، އެއީ މުޅިން ސައްޙަ ވާހަކައެއް ނޫން ކަމަށް ވީއޭއެމް އިން ވަނީ ބުނެފަ އެވެ.

ރާއްޖެ ތަމްސީލުކުރާ، ގައުމީ ޓީމުގެ ކޮންމެ، ކުޅުންތެރިއަކީ އަހުލާގީގޮތުން ނަމޫނާ ކުޅުންތެރިއަކަށް ވާންޖެހޭ ކަަމަށާއި އެސޯސިއޭޝަނުން ނުވަތަ ސަރުކާރުގެ އިދާރާތަކުން ހަދާފައިވާ އުސޫލުތަކާ ޚިލާފުވެއްޖެނަމަ، އަޅާ ފިޔަވަޅަކަށް އެ ކުޅުންތެރިއަކު ނޫނީ އޮފިޝަލަކު ވެސް ތަބާވާންޖެހޭ ކަމަށް ވީއޭއެމް އިން ވަނީ ބުނެފަ އެވެ.

"އެހެންކަމުން، އުސޫލުތަކާއި ހިލާފުވާ ކުޅުންތެރިންނާއި އޮފިޝަލުންނާ ދޭތެރޭ ކުރިއަށް އޮތްތަނުގައި ވެސް އިސްލާހީ ފިޔަވަޅު އަޅަން ޖެހޭ ހާލަތެއް އަތުވެއްޖެނަމަ، އެ ފަދަ ފިޔަވަޅެއް އަލާނެ އެވެ. އެހެނީ، ކުޅިވަރުގެ ތެރެއިން ލިބިދެވޭ އެންމެ މުހިންމު ފިލާވަޅަކީ، ތަރުބިއްޔަތު، (ޑިސިޕްލިން) ކަމަށްވާއިރު، މި އެސޯސިއޭޝަނާއި ކުޅުންތެރިންނާއި އޮފިޝަލުންނާއި އަދި ޖުމްލަކޮށް މުޅި ވޮލީބޯޅަ އާއިލާގެ އެންމެ އިސް ވާޖިބަކީ ގައުމު އިސްކުރުމާއެކު ތަރުބިއްޔަތު ކުރެވިފައިވާ ސަހުސިއްޔަތެއް އުފެއްދުން ކަމަށް ދެކެމެވެ،" ވީއޭއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ރާއްޖޭގެ ވޮލީބޯޅައިގެ ކަންކަމުގައި އެކިއެކި ފަރާތްތަކުގެ ހިޔާލުުތަކަށާއި ބިނާކުރަނިވި ފާޑުކިޔުންތަކަށް އަބަދުވެސް ވީއޭއެމް އިން މަރުހަބާ ކިޔާ ކަމަށް އެ އެސޯސިއޭޝަނުގެ ބަޔާނުގެ ފަހު ބައިގައި ވަނީ ބުނެފަ އެވެ.

އެއް ސޮފުހާ އަށް ވުރެން ދިގު މި ބަޔާން ނިންމާލަމުން ވީއޭއެމް އިން ބުނެފައިވަނީ، ރާއްޖޭގެ ވޮލީބޯޅަ އައު އުސްމިނަކަށް ގެންދިއުމަށް މި އެސޯސިއޭޝަނުން ކުރާ މަސައްކަތުގައި ހެޔޮ ނިޔަތުގައި ބައިވެރިވާން ބޭނުންވާ ކޮންމެ ފަރާތަކަށް ވެސް އެ ފުރުސަތު އަބަދުވެސް ހުޅުވިފައި އޮންނާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox