ވޮލީ އެސޯސިއޭޝަންގެ ރައީސް ރަނޭ މަގާމުން އިސްތިއުފާދީފި

ސަން އައިލެންޑްގައި މީގެ އަހަރެއްހާ ދުވަސް ކުރިން ކުރިއަށްދިޔަ އެފްއައިވީބީ ބީޗް ޓުއާ މުބާރާތުގެ ތެރެއިން ވީއޭއެމްގެ ރައީސް ރަނޭޝް: އޭނާ ވަނީ މަގާމުން އިސްތިއުފާދީފައި.-- ފޮޓޯ: އަދަދު ފައިލް ފޮޓޯ

ސަން އައިލެންޑްގައި މީގެ އަހަރެއްހާ ދުވަސް ކުރިން ކުރިއަށްދިޔަ އެފްއައިވީބީ ބީޗް ޓުއާ މުބާރާތުގެ ތެރެއިން ވީއޭއެމްގެ ރައީސް ރަނޭޝް: އޭނާ ވަނީ މަގާމުން އިސްތިއުފާދީފައި.-- ފޮޓޯ: އަދަދު ފައިލް ފޮޓޯ

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސްގެ މަގާމުން މުހައްމަދު ރަނޭޝް (ރަނޭ) އިސްތިއުފާދީފި އެވެ.

ވީއޭއެމްގެ ރައީސްގެ މަގާމަށް 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އިންތިހާބުވެވަޑައިގެންނެވި، ރަނޭ، މަގާމުން އިސްތިއުފާދޭން ނިންމީ، މި ވަގުތުު ވަޒީފާ އާއި ދިރިއުޅުމުގެ ކަންތައްތައް، ގައުމުން ބޭރަށް ބަދަލުކުރަން ޖެހުމުންނެވެ.

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ސީނިއާ ކެޕްޓަނެއްގެ ގޮތުގައި މަސައްކަތް ކުރެއްވި، ރަނޭ، މިހާރު ވަނީ ވަޒީފާގެ ފުރުސަތެއް ލިބުމުން، ޔޫއޭއީ އަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ. އިސްތިއުފާ ދިނުމުގެ މައިގަނޑު ސަބަބަކީ ވެސް މި އެވެ.

ރަނޭގެ ރައީސް ކަމުގެ ދައުރުގައި ބާކީ އަހަރަކަށް ވުރެ ގިނަ ދުވަސް އޮއްވައި، މަގާމުން އިސްތިއުފާދޭން ނިންމިކަން ވަނީ މިއަދު ސިޓީ އަކުން އަންގައިފަ އެވެ. ސިޓީގައި ހިމަނާފައިވަނީ، މާޗް 1 ވަނަ ދުވަހުން ފެށިގެން މަގާމުގައި އިތުރަށް ކުރިއަށްނުދާން ނިންމާފައިވާ ކަމަށެވެ.

އިސްތިއުފާ ދޭން ނިންމިކަން ކަަށަވަރުކޮށްދެއްވައި، ރަނޭ، މިއަދު، "އަދަދު" އަށް ވިދާޅުވީ، ކޮވިޑް-19ގެ ސަބަބުން އައި ހުއްޓުމާއި އެހެނިހެން ކަންކަމުގައި ދިމާވި ދަތިތަކަށް ބަލާއިރު، މަގާމުގެ ޒިންމާ އަދާކުރަން ރަނގަޅަށް ލިބުނީ، ދޮޅު އަހަރެއްހާ ދުވަސް ކަމަށެވެ.

ދުނިޔޭގެ ވޮލީބޯޅަ ފެޑެރޭޝަން (އެފްއައިވީބީ)ގެ ކޮންގްރެސްގައި ރަނޭ ވާހަކަ ދައްކަވަނީ: ރަނޭ އަކީ މި ކޮންގްރެސްގައި ވާހަކަ ދެއްކެވި ރާއްޖޭގެ ހަމައެކަނި ފަރާތް

"ވަރަށް ގިނަ ކަންތައްތަކެއް ހަގީގަތުގައި ކޮށްދެވުނު ކަމަށް ދެކެވެނީ، އޭގެ ތެރޭގައި ބައިނަލްއަގުވާމީ ގޮތުން ރާއްޖޭގެ ވޮލީ އަށް ފުރުސަތު ހޯދައިދިނުމާއި ރާއްޖޭގެ ވޮލީ އަށް ރަން މެޑަލެއް ހޯދައިދިނުމުގެ އިތުރުން ދެން، ސަރުކާރާ ގުޅިގެން ތަރައްގީގެ ގިނަ މަސައްކަތައް،" ރަނޭ ވިދާޅުވި އެވެ.

"އެކަމަކު، ފަސް އެނބުރި ބަލާލާއިރު، ނުކުރެވި ދިގުލައި ދިޔަ އެއް ކަމަކީ، ގުޑް ގަަވަރްނަސްގެ ކަންކަމަށް އަހައްމިއްޔަތުކަން ދީ އެސޯސިއޭޝަން ހިންގުމުގައި އެ ކުރަން ޖެހޭ ބައެއް ކަންކަން. އެކަން ނުކުރެވި ދިއުމުން، އެހެން ކަންކަން ރަނގަޅަށް ގެންދަން އުނދަގޫވި، އިރާދަކުރެއްވިއްޔާ، މަގާމުން އިސްތިއުފާ މި ދެނީ، އެކަން ވެސް ނިންމާލާފައި، ސްޕޯޓްސް ކޮމިޝަނަރުގެ ރުހުން ލިބޭ ގޮތަށް އަސާސީ ގަވާއިދު ވެސް ފާސްކޮށްފައި،"

ރަނޭ، ވިދާޅުވީ، އޭނާ މަގާމުގައި ހުއްޓަސް އަދި ނެތް ކަމުގައި ވިޔަސް، ދެން އަންނަ ފަރާތަކަށް ވޮލީ ހިންގުމުގައި ދަތިނުވާނެ ގޮތަށް މިހާރު ކަންކަން މަގުފަހިވެފައި ހުންނާނެ ކަމަށެވެ.

ވީއޭއެމްގެ ކުރީގެ ދައުރުގެ ސީނިއާ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ރަނޭ، ވޮލީ ރައީސް ކަމަށް އިންތިހާބުވުމަށް ފަހު، ވީ މުއްދަތުގެ ތެރޭގައި ގިނަ ކަންތައްތަކެއް ކޮށްފައިވެ އެވެ.

އެ ގޮތުން ބަލާއިރު، ބީޗްވޮލީބޯޅަ އަށް ހާއްސަ އަހައްމިއްޔަތުކަމެއް ދީގެން ކުރި މަސައްކަތުން، ބީޗްވޮލީން ވަނީ ސަރަހައްދީ މުބާރާތަކުން ރަން މެޑަލެއް ހޯދައި، ތާރީހީ ކާމިޔާބެއް ހޯދައިފަ އެވެ.

ސަރުކާރާ ގުޅިގެން ކުރި މަސައްކަތުން ވަނީ ރާއްޖޭގައި ގައުމީ އަންހެން އަދި ފިރިހެން ޓީމަށް ބައިނަލްއަގުވާމީ މެޗުތަކާއި މުބާރާތްތައް ކުޅުމުގެ ފުރުސަތު ހޯދައިދީފަ އެވެ. އޭގެތެރެއިން އެއް މުބާރާތުގައި އަންހެން ވޮލީބޯޅަ ޓީމަށް ވަނީ ރިހި މެޑަލެއް ލިބިފަ އެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވޮލީ ކޯޓުތައް ތަރައްގީކޮށްފައިވެ އެވެ.

މީގެ އިތުރުން، 2022 ވަނަ އަހަރު ރާއްޖޭގެ ވޮލީބޯޅަ ސީޒަން ހަރުފަތެއް މައްޗަށް ޖައްސައި، ބޭރުގެ ގިނަ ކުޅުންތެރިން ގެނެސްގެން ކުޅެ، ވޮލީގެ ފޯރި ގަދަކޮށްލެވުނު ކަމަށާއި ރިސޯޓް ވޮލީ މުބާރާތާއި ކޮމްޕެނީ/އޮފީސް ވޮލީ މުބާރާތްތަކުގެ އިތުރުން، އިންޓަ ސްކޫލް ވޮލީ އަށް އަހައްމިއްޔަތުކަން ދީގެން އަލުން އެ މުބާރާތްތައް ފެށުމަކީ ވެސް ކުރެވުނު މުހިންމު ކަންތައްތަކެއް ކަމަށް ރަނޭ ފާހަގަކުރައްވައިފައިވެ އެވެ.

އަދި މުޅި ރާއްޖެ އަށް ހުޅުވާލި، އަތޮޅު މުބާރާތްތައް އަލުން ފެށި ނަމަވެސް، އެ ކުރިއަށްނުދިއުމަކީ، ހިތާމަކުރާ އެއް ކަންތައް ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

ރަނޭ ވިދާޅުވީ، ވޮލީ އަށް ކާމިޔާބެއް ލިބެން އޮތީ މީގެ ތިބި އެންމެން އެކުވެގެން އެއް މާހައުލެއްގައި މަސައްކަތް ކޮށްގެން ކަމަށެވެ.

"ގަބޫލުކުރަނީ އަދިވެސް ރާއްޖޭގެ ވޮލީ އަށް އިތުރު ހަރުފަތެއް މައްޗަށް ދެވޭނެއޭ. އަމިއްލަ ކަންކަން އެއްފަރާތްކޮށް، ޕްލޭނެއްގެ ތެރެއިން މަސައްކަތްކޮށްގެން، އެންމެންގެ ކޮންޓްރިބިއުޝަން ބޮޑުކޮށްގެން މިކަން ކުރެވިދާނެ،" ރަނޭ ވިދާޅުވި އެވެ.

ޒަމާނުއްސުރެ ވޮލީ އެސޯސިއޭޝަންގެ އަސާސީ ގަވާއިދަށް ހެޔޮ ބަދަލެއް އައިސްފައި ނެތުމުގެ ކަންތައްތަކަށް ހައްލެއް ހޯދައިދެވުމަކީ ރަނޭ އަށް ބޮޑު ހިތްހަމަ ޖެހުމެކެވެ. އެ ގޮތުން، ދާދި ފަހުން، ވޮލީބޯލް އެސޯސިއޭޝަންގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އެއް ބާއްވައި، ކްލަބްތަކުގެ ރުހުމާ އެކު، އަސާސީ ގަވާއިދެއް ފާސްކޮށް، ކޮމިޝަނާ އޮފް ސްޕޯޓްސްގެ ރުހުން ވެސް އެ އަށް ހޯދައިދެވުމަކީ، ރަނޭ ދެކިލައްވާ ގޮތުގައި، ދެން އަންނަ ވޮލީގެ ރައީސަކަށް ވެސް ކުރިއަށްދާން ލިބޭ އެންމެ ބޮޑު ފަސޭހަ އެވެ.

"އަޅުގަނޑު ދެކެނީ، ވަރަށް ރަނގަޅަށް ކުރިއަށްދެވޭ ގޮތަށް ވޮލީ މިހާރު އެ އޮތީ، އެތައް އަހަރެއް ވަންދެން ނުވެ އޮތް ކަންކަން ވެސް ފުރިހަމަ ކޮށްދީފައި އެއް ކައިރިއަށް މި ޖެހިލަނީ،" ރަނޭ ވިދާޅުވި އެވެ.

ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ، ރަނޭގެ ދައުރުގައި ރާއްޖޭގެ ވޮލީބޯޅަ އަށް ފުރުސަތު އިތުރުކުރީ، ބައިނަލްއަގުވާމީ ފެޑެރޭޝަންތަކާ ގުޅިގެންނެވެ. އެ ގޮތުން، އެފްއައިވީބީއާ ގުޅިގެން، ރާއްޖޭގެ ވޮލީ ކުރިއަރުވަން ރަނގަޅު ބިދޭސީ ކޯޗުން ގެނަ އެވެ. އޭގެ ތެރޭގައި ބީޗްވޮލީ އަށް ހާއްސަކޮށް ކޯޗު، ވިނީޝިއުސް އާއި އިންޑޯ ވޮލީ ޓީމަށް ގެނައި ކޯޗު ސާޖިއޯ ހިމެނެ އެވެ. މި ދެ ކޯޗުންނާ އެކު ކުޅުންތެރިންނަށް ކުރިއެރުން އައި ކަމަށް ރަނޭ ވަނީ ފާހަގަކުރައްވައިފަ އެވެ. އަދި އަންހެން ވޮލީ ޓީމަށް ގެނައި ތައިލެންޑްގެ ކޯޗު، ވިޗީޕޮން ފޯންޗާޓްޔިންޗީޕްގެ މަސައްކަތުން ވެސް ޒުވާން އަންހެން ކުޅުންތެރިންނާ އެކު، ރަނގަޅު ސްކޮޑެއް އެކުލަވާލެވުނު ކަމަށް ރަނޭ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox