މާފަށް އެދުމުން ޝަމާއިލް އަށް އެއްބާރުލުން ދޭން ވޮލީބޯލް އެސޯސިއޭޝަނުން ނިންމައިފި

Dec 3, 2025, 8:06 AM
މާފަށް އެދުމުން ޝަމާއިލް އަށް އެއްބާރުލުން ދޭން ވޮލީބޯލް އެސޯސިއޭޝަނުން ނިންމައިފި

އުސޫލުތަކާ އެއްގޮތަށް އަމަލުނުކުރެވުނު ކަމަށް އެއްބަސްވެ، މާފަށް އެދުމުން ގައުމީ ވޮލީ ޓީމުގެ ޝަމާއިލް ހުސެއިން އަށް އެއްބާރުލުންދޭން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ނިންމައިފި އެވެ.

ވީއޭއެމް އިން ހޯމަ ދުވަހު ނެރުނު އިންޓާނަލް މެމޯއެއްގައި ބުނެފައިވަނީ، ގައުމީ ސީނިއާ ވޮލީބޯޅަ ޓީމުގެ ރިލީޒްގައި ހުރެ، އަދި އެސޯސިއޭޝަންގެ އުސޫލުތަކާ ހިލާފުވެ، ލ. އަތޮޅުގައި މިހާރު ކުރިއަށްދާ ލާމަސީލު ލާމު ވޮލީބޯޅަ މުބާރާތުގައި ބައިވެރިވެ، މެޗުތައް ކުޅެފައިވާތީ، ޝަމާއިލް ގައުމީ ސްކޮޑުން ވަކިކުރެވިފައިވާ ކަމަށެވެ. މި ކަމާ ގުޅިގެން، ވީއޭއެމް އިން ވަނީ، ލ. އަތޮޅުގެ އަތޮޅު ކައުންސިލްގެ އިދާރާގެ ރައީސް އިސްމާއިލް އަލީ އަށް އެޑްރެސްކޮށް ހަމަ އެ ދުވަހު ސިޓީއެއް ފޮނުވައިފަ އެވެ.

އެ ސިޓީގައި ބުނެފައިވަނީ، ގައުމީ ޓީމުގެ ކުޅުންތެރިން، ގައުމީ ޓީމުގެ ފަރިތަކުރުންތަކުން އެއްވެސް ސަބަބަކާ ހުރެ ދުރަށް ދެވޭނީ އެކަމަށްޓަކައި ގާއިމްކުރެވިފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށެވެ. އެހެން ނަމަވެސް، އެ އުސޫލާ ހިލާފަށް، ޝަމާއިލް، ލާމަސީލު ލާމު ވޮލީބޯޅަ މުބާރާތުގައި ކުޅެން ގޮސްފައިވާތީވެ، ވީއޭއެމްގެ ލީގަލް ކޮމިޝަނުން ބަލައި، މި ކަމާ ގުޅޭގޮތުން ގޮތެއް ނިންމާފައިވާ ކަމަށެވެ. އެ ގޮތުން، ވީއޭއެމް އިން ނިންމި ނިންމުން ކަމަށް އަންގާފައިވަނީ، ގައުމީ ޓީމުގެ ސްކޮޑުން ޝަމާއިލް ބާކީކުރުމުގެ އިތުރުން، ވީއޭއެމް އިން ރާވާ ހިންގާ މުބާރާތްތަކާއި ވީއޭއެމްގެ ރެފްރީން ފޮނުވައިގެން ރެފްރީކަން ކުރާ މުބާރާތްތަކުގައި ކުޅުންތެރިއެއްގެ ގޮތުގައި ނުވަތަ ޓީމު އޮފިޝަލެއްގެ ގޮތުގައި، ހަރަކާތްތެރިނުވެވޭ ގޮތަށް ހަމަޖެއްސުމަށް ކަމަށެވެ.

އެއާ އެކު، އިއްޔެ ލާމަސީލު ލާމު މުބާރާތުގެ މެޗުތައް ފަސްކުރަން ޖެހުނީ، ޝަމާއިލް ކުޅޭނަމަ މެޗުތަކުގައި ވީއޭއެމްގެ ރެފްރީން ރެފްރީކަން ނުކުރަން އެސޯސިއޭޝަނުން އެންގުމާ އެކު، މުބާރާތުގައި އިންސާފުކުރާނެ އެކަށީގެންވާ އަދަދަށް ރެފްރީން ނެތިގެންނެވެ. އެހެން ނަމަވެސް، ވީއޭއެމް އިން މިއަދު ހެނދުނު ވަނީ ރެފްރީންނަށް މި މުބާރާތުގައި އިންސާފުކުރަން ހުއްދަދީފައިވާ ކަމަށް މުބާރާތުގެ ކަންކަމުގައި އުޅޭ ފަރާތަކުން ވަނީ، "އަދަދު ސްޕޯޓްސް" އަށް މައުލޫމާތުދީފަ އެވެ.

މި ކަމާ ގުޅޭގޮތުން، ވީއޭއެމްގެ މީޑިއާ ވަޓްސަޕް ގްރޫޕުގައި، އެސޯސިއޭޝަނުން ވަނީ ޝަމާއިލް މާފަށް އެދި ފޮނުވި ސިޓީ އާއި އެ އަށް އެސޯސިއޭޝަނުން ދިން ޖަވާބުގެ ސިޓީ ހިއްސާކޮށްފަ އެވެ.

އެ ގޮތުން، ވީއޭއެމަށް އިއްޔެ ފޮނުވި ސިޓީގައި ޝަމާއިލް ބުނެފއިވަނީ ގައުމީ ވޮލީ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި ހުރެ އެކި މުބާރާތްތަކުގައި ކުޅުމަށް ބޭނުންވާނަަމަ، ފުރިހަަމަ ކުރަންޖެހޭ ކަންކަން އެންމެ ފުރިހަމަ އަށް ނުކުރެވި ލާމަސީލު ލާމު ވޮލީބޯޅަ މުބާރާތުގައި ކުޅުމަށް ދެވިފައިވާތީ، އެ ކަމަށް މާފަށް އެދޭ ކަމަށެވެ. އަދި، ޝަމާއިލް ވަނީ އެކަންކަން ފުރިހަމަކުރަން އިތުރު ފުރުސަތެއް ދިނުމަށާއި އެސޯސިއޭޝަނުން އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ދެއްވުމަށް އެދުމުގެ އިތުރުން، ކުރިއަށްއޮތްތަނުގައި އެސޯސިއޭޝަނުގެ ގަވާއިދުތަކާއި އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިތާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް އެ ސިޓީގައި ބުނެފަ އެވެ.

ޝަމާއިލްގެ ސިޓީ އަށް ވީއޭއެމުން ދިން ޖަވާބުގައި ބުނެފައިވަނީ، ކުރެވުނު ކުށަށް ޝަމާއިލް މާފަށް އެދިފައިވާއިރު، އޭނާ އެ މުބާރާތުގައި ކުޅުމަށް މާވަށު ކައުންސިލުން ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އަދި، މީގެ އިތުރުން، ޝަމާއިލް އަށް އެސޯސިއޭޝަނުން އެޅި ފިޔަވަޅާ ހެދި އެސޯސިއޭޝަންގެ ރެފްރީންނަށް ލާމަސީލު ވޮލީބޯޅަ މުބާރާތުގައި އިންސާފުކުރުމުގެ ފުރުސަތު ނެތުމުން، އެ މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކަށް ލިބޭނެ ގެއްލުމަށް ނަޒަރުކޮށް ލާމަސީލު ލާމު މުބާރާތް ނިމޭތާ ހަތް ދުވަސް ތެރޭ ޝަމާއިލް، ވޮލީބޯލް އެސޯސިއޭޝަނަށް ރިޕޯޓްކުރަން ވަނީ އަަންގައިފަ އެވެ.

"އަދި މިކަމާ ގުޅިގެން، މި އެސޯސިއޭޝަނުގެ ލީގަލް ކޮމިޝަނުން ބައްލަަވަމުންގެންދަވާ މައްސަލަަ އަށް ތިޔަ ފަރާތުން ފުރިހަަމަ އަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށް، ލާމަސީލު ލާމު މުބާރާތުގައި ކުޅުމުގެ ހުއްދަ ތިޔަ ފަރާތަށް ދިނުމަށް މި އެސޯސިއޭޝަނުން ނިންމި ވާހަަކަަ ދެންނެވީމެވެ،" ވީއޭއެމް އިން ޝަމާއިލް އަށް އެޑްރެސްކޮށް، މާވަށު ކައުންސިލް އިދާރާ އާއި ހައްދުންމަތީ އަތޮޅު ކައުންސިލް އިދާރާ އާއި ވީއޭއެމް ހައިޕާފޯމަންސް ވޮލީބޯލް ކޮމިޝަން އަދި ވީއޭއެމް ރެފްރީޒް ކޮމިޝަނަށް ކޮޕީކޮށް ފޮނުވި ސިޓީގައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox