ގެދޮރުވެރިޔާ ފުލެޓުތައް ލިބޭ މީހުންގެ ފައިނަލް ލިސްޓު އޮކްޓޫބަރު ނިމުމުގެ ކުރިން އާންމު ކުރާނަން: ހައިދަރު

ހައުސިން މިނިސްޓަރު އަލީ ހައިދަރު -- ފޮޓޯ: އަދަދު

ހައުސިން މިނިސްޓަރު އަލީ ހައިދަރު -- ފޮޓޯ: އަދަދު

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ލިބޭ މީހުންގެ ފައިނަލް ލިސްޓު މި އަހަރުގެ އޮކްޓޫބަރު މަސް ނިމުމުގެ ކުރިން އާންމު ކުރާނެ ކަމަށް ހައުސިން މިނިސްޓަރު، ހައިދަރު ވިދާޅުވެއްޖެ އެެވެ.

ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީއަށް މިނިސްޓަރު ހައިދަރު ހާޒިރުކޮށް މެންބަރުން މިއަދު ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ ހައުސިން މިނިސްޓްރީން މަސައްކަތް ކުރަމުން ދަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރުމަށް އަޅަމުން ދާ އިމާރާތްތަކުގެ މަސައްކަތްތައް ނިމުމުގެ ކުރިން ފުލެޓު ލިބޭ މީހުންގެ ފައިނަލް ލިސްޓެއް އެކުލަވައިލެވޭތޯ ކަމަށެވެ.

"އިމާރާތްކޮށް ނިމެންވާއިރަށް އަޅުގަނޑުމެން ހުރިހާ، ހޮވޭ ފަރާތްތައް އިއުލާނުކޮށް ފައިނަލް ލިސްޓު ގެޒެޓު ކުރާނަމޭ އިނގޭތޯ، އަޅުގަނޑަށް އެނގިފައިވާ ގޮތުގައި 32 ޓަވަރުގެ ތެރެއިން ފުރަތަމަ ހަ ޓަވަރު ނިމޭނީ އޮކްޓޫބަރު މަސް ނިމޭހައި ތަނަށް އަޅުގަނޑުމެން ފައިނަލް ލިސްޓު އާންމު ކުރާނަން،" ހައިދަރު ވިދާޅުވި އެވެ.

މިދިޔަ ސަރުކާރުން އިއުލާނުކޮށްފައިވާ ފުލެޓު ލިސްޓު ބާތިލު ކުރުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ވެސް ހައިދަރު ވިދާޅުވި އެވެ. ނަމަވެސް ފައިނަލް ލިސްޓުގައި ހިމެނޭ މީހުންނަކީ ހަގީގަތުގައި ވެސް ފުލެޓު ހައްގުވާ މީހުންތޯ ކަށަވަރު ކުރާނެ ކަމަށް ހައިދަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބަލާނަން ވީހައި ވެސް ބޮޑަކަށް ހައްގު ފަރާތްތަކަށްކަން އަޅުގަނޑުމެންނަށް މި ފުލެޓުތައް ހަވާލު ކުރެވެނީ، އެންމެ ބޮޑަށް ބޭނުންވެފައި ތިބި ބަޔަކަށް ދީފިއްޔާ އަޅުގަނޑަށް ހީވަނީ ކުއްޔަށް ދިނުމާއި އެތަނުގައި ދިރިނޫޅުމުގެ މައްސަލަތައް ނާންނާނެހެން، އެކަން އަޅުގަނޑުމެން ޔަގީން ކުރާނަން، މިނިސްޓަރީން،" ހައިދަރު ވިދާޅުވި އެވެ.

ފުލެޓު ލިބޭ މީހުންގެ ފައިނަލް ލިސްޓެއް އެކުލަވައިލާއިރު، ފޯމު ހުށަހަޅައިފައިވާ މީހުންގެ ދިރިއުޅުމުގެ ހާލަތަށް ވެސް ބަލާނެ ކަމަށް ހައިދަރު ވިދާޅުވި އެވެ. ނަމަވެސް އެކަން ކުރާނީ ރަސްމީކޮށް ފެންނަން ހުރި ލިޔެކިޔުންތަކަށް ބެލުމަށްފަހު ކަމަށް ހައިދަރު ވިދާޅުވި އެވެ.

"އިވެލުއޭޓު ކުރުމުގެ މަސައްކަަތް ކުރިއަށް ގެންދާނީ އަޅުގަނޑުމެންގެ ތެރެއިން ޓީމެއް އެކުލަވައިލައިގެން އިނގޭތޯ، އޭގައި، ޓީމު އެކުލަވައިލުމުގައި ދިމާވާ މައްސަލަތައް ހައްލު ކުރުމަށް އަޅުގަނޑުމެން ފުލެޓު ކޮމެޓީއަށް މަޝްވަރާ ކުރާނަން،" ހައިދަރު ވިދާޅުވި އެވެ.

ހައިދަރު ވިދާޅުވީ ގެދޮރުވެރިޔާގެ ދަށުން ފުރަމަތަ ފުލެޓު ލިބޭ 4000 މީހުންގެ ތެރޭގައި ހިމެނޭ ކަސްޓަމްސްގެ ފުލެޓުތަކަކީ ވުޖޫދުގައި ނެތް އެއްޗެއް ކަމަށެވެ. އެގޮތުން މިދިޔަ ސަރުކާރުން ފުރަތަމަ 4000 ފުލެޓު އިއުލާނު ކުރި އިރުވެސް ކަސްޓަމްސްއަށް ދޫކުރާ 100 ފުލެޓުގެ ވާހަކަ ނެތް ކަމަށް ހައިދަރު ވިދާޅުވި އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން މިދިޔަ ސަރުކާރުން އިއުލާނު ކުރި ފުލެޓު ލިސްޓުގައި މައްސަލައެއް ނެތް މީހުންނަށް ވީހައިވެސް އަވަހަކަށް ފުލެޓު ދިނުމަށް ފާސްކޮށް މާލެ ސިޓީ ކައުންސިލުން ވަނީ މީގެ ދެ ހަފުތާ ކުރިން ވަނީ ހައުސިން މިނިސްޓަރީއަށް ލަފާ ދީފަ އެވެ.

މިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން 15،046 މީހުން ޝަރުތު ހަމަވާ ކަމަށް އޭރުގެ ސަރުކާރުން ކަނޑައެޅި އެވެ. އެމްޑީޕީ ސަރުކާރުން ނިންމީ އެ ހުރިހާ އެންމެންނަށް ވެސް ފުލެޓު ދިނުމަށެވެ. ނަމަވެސް އެ ވެރިކަން ނިމުނުއިރު، ކޮންޓްރެކްޓު ކޮށް، މަސައްކަތް ފަށާފައި ވަނީ 4000 ފުލެއްޓެއްގެ އެވެ.

ފުރަތަމަ 4،000 ފްލެޓް ލިބޭނީ ޕޮއިންޓް ތަރުތީބުން އެންމެ ގިނަ ޕޮއިންޓު ލިބޭ މީހުނަށް ކަމަށް ކަނޑައަޅާފައިވަނިކޮށް އޭސީސީއަށް ހުށަހެޅު މައްސަލައަކާ ގުޅިގެން އެ މަސައްކަތް މަޑުޖައްސާލަން އެންގި އެވެ. އެ ސްކީމަށް ތައްޔާރުކުރި ޕޯޓަލްގެ އެކްސެސް ލިބުމުން، މައްސަލަ ތަހުގީގު ކުރުން ގެންދިޔުމަށް ފަހު، މަސައްކަތް އަލުން ފަށަން ކޮމިޝަނުން ހުއްދަ ދިނީ ފެބްރުއަރީ އެކެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox