ނަޒީފަށް ހަމަލާދިން މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ގްރޫޕަކުން ޒުވާނަކަށް ހަމަލާދިނުން: ހަމަލާދިން ޒުވާނާއަށް ބޮޑެތި ޒަހަމްތަކެއް ވަނީ ލިބިފައި -- ފޮޓޯ: އަދަދު

ހުޅުމާލޭގައި ގްރޫޕަކުން ޒުވާނަކަށް ހަމަލާދިނުން: ހަމަލާދިން ޒުވާނާއަށް ބޮޑެތި ޒަހަމްތަކެއް ވަނީ ލިބިފައި -- ފޮޓޯ: އަދަދު

ހުޅުމާލެ ފޭސް އެކެއްގައި ޖުލައި، 8 ވަނަ ދުވަހު ޒުވާނަކަށް ހަމަލާދީ ޒަހަމުކޮށްލި މައްސަލައިގައި އަނެއްކާ ވެސް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް އަހުމަދު ޝިފާން ވިދާޅުވީ އެ މައްސަލައާ ގުޅިގެން 23 އަހަރުގެ ފިރިހެނަކު ރޭ 12:04 ގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ގްރޫޕަކުން އެ ހަމަލާ ދީފައި ވަނީ މ. ރަތްމަންދޫއަށް ނިސްބަތްވާ އަހުމަދު ނަޒީފް، 26 އަށެވެ. އޭނާ މަސައްކަތް ކުރަނީ ހުޅުމާލޭގައި ހުންނަ އެސްޓީއޯ ފިހާރައެއްގަ އެވެ.

އެ މައްސަލައާ ގުޅިގެން ޖުލައި، 18 ގައި ވަނީ 22 އަހަރުގެ މީހަކު ހައްޔަރުކޮށްފަ އެވެ. އޭނާ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ގެންދިިޔުމުން ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ.

ނަޒީފްގެ ބޮޑުބޭބެ "އަދަދު" އަށް ބުނީ އޭނާއަށް ހަމަލާދިނީ ސައިކަލު ގޮސް ޕާކުކުރިތަނާ ކަމަށާއި ހަމަލާދިން ވަކި ސަބަބެއް މިހާތަނަށް ވެސް އެނގިފައި ނުވާ ކަމަށެވެ.

"ނަޒީފްގެ ފުށްކިބައިން ބޮޑުތަނެއް ފަޅައިލި. ނިއްކުރި މަތިން ދެތަން ފަޅައިލި. ސިކުނޑިއަށް ލޭ އެޅުނު. ތުންފަތްވެސް ފަޅާލާފައި ވަނީ. އެއް ލޯ ވެސް ހުރީ ވަރަށް ބޮޑަށް ދުޅަވެފައި،" އޭނާ ބުންޏެވެ.

ނަޒީފްއަކީ މަޑުމައިތިރިކޮށް އުޅޭ މީހެއްކަން ފާހަގަކޮށް އޭނާގެ ބޮޑުބޭބެ ބުނީ މީހަކާ މިހާތަނަށް ދުވަހަކު ވެސް މައްސަލައެއް ޖެހިފައި ނުވާ ކަމަށާއި ހަމަލާއަށްފަހު ނަޒީފްއަށް ވަރަށް ބޮޑަށް ނަފްސާނީ ގޮތުން އަސަރު ކޮށްފައިވާ ކަމަށެވެ.

ކައިވެނިކޮށްގެން އުޅޭ ނަޒީފްގެ މަންމައާއި ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅަކީ އޭނާ އެވެ. ނަޒީފްގެ ބައްޕަ އޭނާ ވަރަށް ތުއްތުއިރު ވަނީ މަރުވެެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑެތި ހުރިހާ މަޝްރޫއެއް ވަނީ މަޑުޖެހިފައި: މުއިއްޒު

ދަރަނި ދެއްކުމަށާއި ޒަރޫރީ ޚިދުމަތްތަކަށް އިސްކަންދިނުމުގެ ސަބަބުން، އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް މަޑުޖެހިފައިވާ ކަމަށް ރައީސް މުއިއްޒު އެއްބަސްވެވަޑައިގެންނެވި. މިކަން މިގޮތަށް ދިމާވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ފަތުރުވެރިން އަންނަ މިންވަރު މަދުވުމުން ފިސްކަލް މެނޭޖްމަންޓަށް ބަދަލު ގެނައުމުން ކަމަށް އެމަނިކުފާނު ވިދާޅުވި.

މިރޭގެ ޖަލްސާއަށް އެއްލައްކަ މެންބަރުން ހަމަނުކުރެވުނު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އިތުރުކުރުމަށް ހިފި އަމާޒަށް މިރޭގެ ޖަލްސާއާ ހަމައަށް ވާސިލުނުވެވުމުން، އެ އަމާޒު ހާސިލުކުރުމުގެ ވަގުތު މިރޭ މެންދަމު 12 އާ ހަމައަށް ވަނީ އިތުރުކޮށްފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި އެ ޕާޓީއަށް އެއްލައްކަ ހަމަވާން އަދި 1,992 މެންބަރުން އިތުރަށް ބޭނުންވޭ.

ހުޅުމާލޭގައި އަޅާ ކޯޓު ކޮމްޕްލެކްސްގެ ބިންގާ އަޅައިފި

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ ޝަރުއީ ދާއިރާގެ ހިންގުން އެއް ފުރާޅެއްގެ ދަށަށް ގެނެސް، ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ފެށި 699.8 މިލިއަން ރުފިޔާގެ މަޝްރޫއެއް. މި އިމާރާތުގައި ހައިކޯޓާއި ސުޕީރިއާ ކޯޓުތަކުގެ އިތުރުން ޑީޖޭއޭގެ އޮފީސް ވެސް ހިންގުމަށް ވަނީ ހަމަޖެހިފަ.

ޕީއެންސީއަށް 100،000 މެންބަރުން މުވައްޒަފުންނަށް މަޖުބޫރުކުރަނީ

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް ހަމަކުރުމަށްޓަކައި، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކޮށް ވަޒީފާގެ ބިރުދައްކަމުންދާކަމުގެ ޝަކުވާތައް ވަނީ ބޮޑުވެފައެވެ. މި އަމާޒަށް ވާސިލުވުމަށް އެހެން ޕާޓީތަކުގެ މެންބަރުން ޕީއެންސީއަށް ބަދަލުވުމަށް އަންގަމުންދާއިރު، މެންބަރުން އިތުރުކުރުމަށް ފައިސާ ބަހާކަމުގެ ތުހުމަތުތައްވެސް ވަނީ ފެންމަތިވެފައެވެ.

މުވައްޒަފުންނަށް ސިޔާސީ މަޖުބޫރުކުރުން ކުށަކަށް ހަދާ ބިލެއް

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ސިޔާސީ މަޖުބޫރުކުރުން ޖިނާއީ ކުށަކަށް ހަދަން ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި. މީކާއީލް ނަސީމް ހުށަހެޅުއްވި މި ބިލުގެ މަގްސަދަކީ މުވައްޒަފުންގެ ސިޔާސީ މިނިވަންކަން ހިމާޔަތްކޮށް، ވަކި ޕާޓީއަކަށް ވަނުމަށް ނުވަތަ ހަރަކާތްތަކުގައި ބައިވެރިވުމަށް ނުފޫޒު ފޯރުވުން ހުއްޓުވުން.

ސިޓިޒެންސް ޕޯޓަލް ދެވަނަ ފަހަރަށް އިފްތިތާހުކޮށްފި

ރައީސް މުއިއްޒަށް ރައްޔިތުންގެ ޝަކުވާތަކާއި ޚިޔާލުތައް ސީދާ ހުށަހެޅޭ ގޮތަށް "ސިޓިޒެންސް ވޮއިސް" ޕޯޓަލް ދެވަނަ ފަހަރަށް ވަނީ އިފްތިތާހުކޮށްފައި އީ-ފާސް މެދުވެރިކޮށް ވަދެވޭ މި ޕޯޓަލްގެ ހިދުމަތް މިވަގުތު ވެބްސައިޓުން ލިބުނު ނަމަވެސް، ކުރިއަށް އޮތްތަނުގައި މޯބައިލް އެޕްލިކޭޝަނެއް ތައާރަފުކުރުމަށް ވަނީ ނިންމާފައި.

"މިހާރު ފެށެން މި އުޅެނީ ރާއްޖޭގެ މިނިވަންކަން ނިމުމުގެ ފެށުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ފަރާތްތަކާއި ޒަޔަނިސްޓުން ރާއްޖޭގައި ވަޒަންވެރިކުރުވަން ފަށައިފިނަމަ، ގައުމުގެ މިނިވަންކަން ގެއްލިދާނެ ކަމަށާއި، މި މަޝްރޫއުގެ މާލީ ތަފްސީލުތައް ކަމާބެހޭ އިދާރާތަކަށް ނޭނގޭއިރު، މިއީ މަދު ބައެއްގެ މެދުގައި ސިއްރުވެފައިވާ ކަމެއްކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox