ވެއްޓުނީ އިމާރާތެއްގެ މަތިން، ވެންޓިލޭޓަރަށް ލާންޖެހުނީ ފުލުހުންގެ އިހުމާލުން: އާއިލާ

ފުލުހުން އެހެން ސީނެއްގައި ހަރަކާތްތެރި ވަނީ: ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑާއި ކަމާބެހޭ މުއައްސަސާތަކުން އަންނަނީ އެ މައްސަލަ ބަލަމުން -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ފުލުހުން އެހެން ސީނެއްގައި ހަރަކާތްތެރި ވަނީ: ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑާއި ކަމާބެހޭ މުއައްސަސާތަކުން އަންނަނީ އެ މައްސަލަ ބަލަމުން -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ފުލުހުންގެ ބެލުމުގެ ދަށުން ޑްރަގު ކޯޓަށް މީހަކު ގެންދަން އުޅުނު މީހަކު އިމާރާތެއްގެ އެއްވަނަ ފަންގިފިލާއިން ވެއްޓި އަނިޔާވުމުން، ފުލުހުން އޭނާ ހޮސްޕިޓަލަށް ގެންދިޔުން ލަސްކުރުމުގެ ސަބަބުން ވެންޓިލޭޓަރަށް ލާން ޖެހިފައިވާ ކަމަށް އާއިލާއިން ބުނެފި އެވެ.

އާއިލާގެ ފަރާތުން "އަދަދު" އަށް އެނގިފައިވާ ގޮތުގައި ހޯމަ ދުވަހު ހިނގި އެ ހާދިސާގައި އަނިޔާވީ އަޒްމީލް ޖަލީލު، 38 އެވެ. އެ ހާދިސާ ހިނގީ އެ ދުވަހު 2:15 އާއި 2:30 އެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައީ އޭނާ ޕޮލިހަށް ގެންދިޔުމަށް ފަހު، ހަވީރު 4:20 ގަ އެވެ.

އަޒްމީލްގެ އާއިލާއިން ބުނީ އެ ހާދިސާގައި އަޒްމީލްގެ ބޯ ފަޅައިގެން ގޮސް ސިކުނޑިއަށް ލޭ އެޅުމުގެ އިތުރުން، މައިބަދައިން ތިން ތަނެއް ބިންދައިގެން ގޮސްފައިވާ ކަމަށާއި ހާލު ސީރިއަސް ކަމުން މި ވަގުތު އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ.

"ވެއްޓުނުކަން އެނގުނީ އަވަށްޓެރިޔަކު އައިސް ބުނީމަ. ވަގުތުން ތިރިއަށް ގޮސް ބެލިއިރު އޮތީ ބިންމަތީ ތެޅިތެޅި. ފުލުހުން އޭނާ ނަގަން މަސައްކަތް ކުރުމުން ބުނިން ނުނަގައި ފުރަތަމަ އެމްބިއުލާންސަށް ގުޅަން. އޭރުވެސް އޭނާގެ ބޮލުން ލޭ އާދޭ،" އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

"އެކަމަކު ފުލުހުން ބުނީ އޭނަ އޯކޭއޭ. ކިޔާފައި ކޮޅަށް ނަގައި ވެހިކަލްއަށް އަރުވައިގެން ގެންދިޔައީ،"

ފުލުހުންގެ ބެލުމުގެ ދަށަށް އަޒްމީލް ގެންދިޔަތާ އެތައް އިރެއް ފަހުން، ހަވީރު 5:00 ޖަހާއިކަށްހާއިރު ފުލުހުން ގެއަށް އައިސް އާއިލާ މީހަކު ހޮސްޕިޓަލަށް ދާން އެދުނު ކަމަށާއި ހޮސްޕިޓަލަށް ދިޔައިރު އެމަޖެންސީކޮށް ސާޖަރީއެއް ކުރަން ތައްޔާރުވަމުން ދިޔަ ކަމަށެވެ.

މިކަމާ ގުޅިގެން އާއިލާއިން ބުނީ އަޒްމީލްއަށް ފަރުވާ ވަގުތުން ނުލިބުމުން ކަންބޮޑުވާ ކަމަށާއި ފަރުވާ ލަސްވުުމުގެ ސަބަބުން އޭނާއަށް ހޮސްޕިޓަލަށް ފަހުން ގެންދިޔަ މަގުމަތީ ފިޓު ޖެހި، ލިބުނު ޒަހަމްތައް އިތުރުވި ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

"އިމާރާތް މަތިން ވެއްޓުނު ނަމަވެސް އޭނާ ފިލަން ވެގެން ފުންމާލިކަން މިހާތަނަށް ވެސް އެނގިފައެއް ނުވޭ. ފުލުހުން އައިސް ދިޔައިރު ވެސް ކޯޓު އަމުރެއް ނުދައްކާ. ވަރަށް އާދައިގެކޮށް ފުލުހުން ކަން ކުރަމުންދިޔައީ އެވަގުތު ވެސް. އިންސާނިއްޔަތުކަން ހުރި ނަމަ އެގޮތަށް ކަން ނުކުރާނެ،" އާއިލާއިން ބުންޏެވެ.

އަޒްމީލުގެ އާއިލާއިން ވަނީ މި މައްސަލަ ބަލައިދިނުމަށް އެދި ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗުއާރުސީއެމް) އަށް ހުށަހަޅާފަ އެވެ.

ފުލުހުންގެ އިހުމާލުން މީގެ ކުރިން ވެސް ފަރުވާ ލިބުން ލަސްވެ، ބަންދަށް ގެންދާ މީހުންގެ ހާލު ސީރިއަސްވެފައި އެބަ ހުއްޓެވެ. ނަމަވެސް އެ މައްސަލަތައް މިހާތަނަށް ވެސް އެދެވޭ ގޮތެއްގައި ބެލި، ފުލުހުންނަށް ފިޔަވަޅު އެޅިފައެއް ނުވާ މައްސަލައިގައި އާންމުންގެ ކަންބޮޑުވުން އެބަހުއްޓެވެ.

މީގެ ދެ އަހަރެއް ކުރިން ހިނގި މިކަހަލަ ހާދިސާއެއްގައި، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އަބްދުﷲ ރަޝީދު ވަނީ، ދޭން ޖެހޭ ފަރުވާ ދިނުން ލަސްވެގެން މަރުވެފަ އެވެ.

އަބްދުﷲ ރަޝީދުގެ މައްސަލައިގައި ޝާމިލުވާ ފުލުހުން އޭނާގެ މަރުގައި އިހުމާލުވެފައިވާ ކަމަށް ނިންމައި، އެންއައިސީން ވަނީ އެ މައްސަލައިގައި ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox