ހައްޔަރުކުރުމާއި ބަންދުން ދޫކޮށްލުމުގެ ގާނޫނީ ސަބަބަކަށް 'ފެނިވަޑައިގަތުން'!

ހައްޔަރުކުރުމާއި ބަންދުން ދޫކޮށްލުމުގެ ގާނޫނީ ސަބަބަކަށް 'ފެނިވަޑައިގަތުން'!

މީލާދުން 18 ފެބްރުއަރީ 1959 ގައި ވުޒާރަތުއްދާހިލިއްޔާއިންކޮށްފައިވާ ކަމަށް ބުނާ އިއުލާނެއް ދުށީމެވެ. 'ފްރެންޗް ލެދަރު' ގެނައުމާއި ގެންގުޅުން މަނާކަމަށް ކަނޑައަޅައި، އެފަދަ އެއްޗެއް ގެނައި ނުވަތަ ގެންގުޅުނު މީހަކާމެދު އެޅޭނޭ ފިޔަވަޅު ބަޔާންކުރާ އިއުލާނެވެ. އެއީ ސައްހަ ލިޔުމެއްނަމަ، އޭރުގެ ގޮތުން އެއީ ގާނޫނެކެވެ. އެ 'ގާނޫނުގައި' ފިޔަވަޅެއްގެ ގޮތުގައި އޮތީ ވުޒާރަތުއްދާހިލިއްޔާއަށް ފެންނަ ގޮތެއްގެ މަތީން އަމަލުކުރެވޭނޭ ކަމަށެވެ. އެއީ އަދަގޮނޑި ޖެހުންތޯ، ހައްދު ޖެހުންތޯ، އަރުވާލުންތޯ، ނުވަތަ ބުރިން ހަން ނެގުންތޯ، ނިންމާނީ އެވަގުތު ވުޒާރަތުއްދާހިލިއްޔާއާ ހަވާލުވެހުރި ވެރިޔެކެވެ.

ދިވެހިރާއްޖޭގެ އައު ގާނޫނުއަސާސީއާއެކު އަޅުގަނޑުމެންގެ ވަރަށް ގިނަ މީހުން ހީކޮށްގެން ތިބީ އެ އުސޫލު ނިމުނީ ކަމުގަ އެވެ. ބޮޑެތި ނިންމުންތަކުގެ އަސާސަކީ ބާރުވެރިންނަށް ހަމައެކަނި ފެނިވަޑައިގަތުމުން ކަމަށް ވެފައި އޮތް ޒަމާން މާޒީވިކަމަށް އަޅުގަނޑުމެންނަށް ކުރެވުނީ ކުށްހީއެކެވެ.

ފެނިވަޑައިގަތުމުން ގޮތް ނިންމުމުގެ އުސޫލަކީ މާ ރަނގަޅު ގޮތަކަށްވެގެން، އަޅުގަނޑުމެންގެ ތެރޭގައި އަދިވެސް އެ އުސޫލު ނަގަހައްޓަމުން އެބަ ގެންދެ އެވެ. ހާއްސަގޮތެއްގައި ޖިނާއީ މައްސަލަތަކުގައި މީހުން ހިފައި ހައްޔަރުކޮށް ބަންދުކުރުމުގައިއާއި، ދައުވާ އުފުލުމާއި ދައުވާ އަނބުރާ ގެނައުމުގަ އެވެ.

Advertisement

ސިކުނޑި ހިންގާލައި ހަނދާންކޮށްލަން މަސައްކަތްކުރާށެވެ. އާންމު ރައްޔިތުންގެ މެދުގައި ވަރަށް ކަންބޮޑުވުން އޮތް މައްސަލައެއްގައި ފުލުހުން ބޮޑު ތަހުގީގެއް ހިންގައި ދައުލަތުން މީހެއްގެ މައްޗަށް ދައުވާކޮށްފާނެ އެވެ. އެއާ ވިދިގެން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ޕްރެޒެންޓޭޝަން ހަދައިގެން ދައްކައި މުޅި މައްސަލައިގައި ހުރި ހެކިތަކާއި ދައުވާކުރަންޖެހުނު ސަބަބުގެ ހުއްޖަތު ގާއިމުކުރުމަށް އެތައް ވަގުތެއް ހޭދަކުރާނެ އެވެ. ޒަމާންގަނޑަކަށްފަހު އެއްކަލަ މައްސަލަ އަނބުރާ ގެންނަނީ އެ ދައުވާ ކުރިއަށް ގެންދިއުން ރަނގަޅުކަމަށް ފެނިވަޑައިނުގަންނަވާތީ އެވެ. މިގޮތަށް އަނބުރާ ގެންނައިރު ދައުވާކުރަން ފެނިވަޑައިގަތްއިރު އެގޮތަށް ފެނިވަޑައިގަތީ ކީއްވެގެންކަން، ދައުވާ އަނބުރާ ގެންނަވަން ފެނިވަޑައިގަތީ ކީއްވެގެން ކަމެއް ނޭނގޭނެ އެވެ. ހަމަ ފެނިވަޑައިގަތީ އެވެ.

އަޅުގަނޑުމެންގެ ލޮބުވެތި ރައީސުލްޖުމްހޫރިއްޔާއަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް ބަންދުކޮށްގެން ގެންގުޅެފި އެވެ. އެއީ ހިނގިކަމެއްނަމަ، ފުލުހުންގެ އެ އަމަލު ބަރާބަރެވެ. މި ޒަމާނުގައި ސިހުރުގެ ތަވީދު ފަދަ ފަނާކުރަނިވި ހަތިޔާރު ގެންގުޅޭ މީހުން ބަންދުކޮށްގެން ގެންގުޅުމަކީ ހަމަ ރަނގަޅު ކަމެކެވެ.

ބަންދުކުރިއިރު، ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ސަބަބުތަކުގެ ތެރެއިން އޮތީ ކޮން ސަބަބެއްތޯ އެއީ އަޅުގަނޑުމެންގެ އެއްވެސް މީހަކު ކަންބޮޑުވި ކަމެއް ނޫނެވެ. ހުކުމެއް ކުރުމުގެ ކުރިން މީހަކު ބަންދުކުރުމަށް އެ މާއްދާގައި ހުއްދަކޮށްފައި އޮންނަނީ ހަތަރު ސަބަބެކެވެ. އެއީ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރިމީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެ ކަމަށްޓަކައި، ނުވަތަ ކޯޓަށް ހާޒިރުނުވެދާނެ ކަމަށްޓަކައި، ނުވަތަ ފިލައިފާނެ ކަމަށްޓަކައި، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައެވެ. އެހެންނަމަވެސް، ބަންދުކުރުމުގައި މިއިން ސަބަބެއް ފުލުހުން ދެއްކިތޯ ނުވަތަ ކޯޓުން ބެލިތޯ އެއީ އަޅުގަނޑުމެންގެ ކަންބޮޑުވުމެއް އޮތްކަމެއް ނޫނެވެ. ކަންބޮޑުވުން އޮތީ ބަންދުން ދޫކޮށްލުމާއި ދޫކޮށްލުމަށް ދެއްކެވި ސަބަބުގަ އެވެ.

ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށްވެސް ހާޒިރުކުރުމެއްނެތި ބަންދުން ދޫކޮށްލުމުގައި ފުލުހުން ވިދާޅުވީ އޭނާ ބަންދުން ދޫކޮށްލެވެނީ އިތުރަށް ބަންދުގައި ބަހައްޓަން ފެނިވަޑައިނުގަންނަވާތީ ކަމަށެވެ.

ފުލުހުންގެ ނިންމުންތަކަށް އަޅުގަނޑު ހަމަ ޔަގީނުންވެސް އިތުބާރު ކުރަމެވެ. މި ނިންމުންވެސް ނިންމާފައި އޮންނާނީ ހިކުމަތެއްގެ ތެރެއިން ކަމަށް ގަބޫލުކޮށް އެ އީމާނުގެ މަތީގައި ވިސްނާލުމުން މި ނިންމުން ވަރަށް ހަމަޖެހެ އެވެ. ހައްޔަރުކޮށް ބަންދުގައި ބެހެއްޓި މުއްދަތުގައި ފުލުހުން ގެންދިޔައީ ކަމުގެ ހާއްސަ ޑިޕާޓްމަންޓަށް ހުށަހަޅައިގެން ސިހުރުގެ މައިތިރި ހައްދުވަމުން ކަމަށް މެނުވީ ނުވާނެ އެވެ. ބަންދުގައި އިތުރަށް ބަހައްޓަން ފެނިވަޑައިނުގަތީ ސިހުރުގެ މައިތިރި އަށަގަނެ، އޭގެ ނުރައްކާ ނައްތާލެވި ސިހުރު ބާތިލުކުރެވުމުންނެވެ. ފެނިވަޑައިގަތުންތަކުގެ އަސާސަކީ އެއީކަމަށްވާނަމަ މިކަމުގައި ގޯހެއް ނެތެއް ނޫންތޯ އެވެ. ފުލުހުން އެ އަމަލުކުރި ގޮތުގައި ގާނޫނުއަސާސީއާ ފުށުއެރުމެއް އުޅޭނަމަ ގާނޫނުއަސާސީ އިސްލާހުކޮށްލީމާ މައްސަލަ ހައްލުވީ އެވެ.

މިހާރު އަޅުގަނޑަށްވެސް ފެންނަ ގޮތުގައި، އިތުރު އެއްވެސް ކަމަކަށް ބަރޯސާވުމެއްނެތި، ހަމައެކަނި 'ފެނިވަޑައިގަތުން' ގާނޫނުތަކުން ޖާގަދޭ ގާނޫނީ އަސާސަކަށް ވާން އެބަޖެހެ އެވެ. އެއީ ގާނޫނުތައް ހުލާސާވެ، ގާނޫނު ހެދުމަށް ހޭދަކުރަންޖެހޭ ވަގުތާއި ވަސީލަތްވެސް ސަލާމަތްކުރެވޭނޭ ކަމެކެވެ. ހަރަދު ކުޑަކުރުމުގެ ސިޔާސަތު ތަންފީޒުކުރުމުގައިވެސް ލިބޭނޭ ކުރިއެރުމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox