ޓެކްނޮލޮޖީގެ އެހީގައި ޓެރަރިޒަމަށް ޒުވާނުން ދަނީ ލަންބަމުން: ގައްސާން

ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން: ޓެކްނޮލޮޖީގެ އެހީގައި ނިރުބުވެރިކަމަށް ޒުވާނުން ދަނީ ލަންބަމުން ކަމަށް ވިދާޅުވި -- ފޮޓޯ: ޑިފެންސް މިނިސްޓްރީ

ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން: ޓެކްނޮލޮޖީގެ އެހީގައި ނިރުބުވެރިކަމަށް ޒުވާނުން ދަނީ ލަންބަމުން ކަމަށް ވިދާޅުވި -- ފޮޓޯ: ޑިފެންސް މިނިސްޓްރީ

ރާއްޖޭގައި އުޅޭ ޓެރަރިސްޓު ހަރަކާތްތައް ހިންގާ މީހުން، ޓެކްނޮލޮޖީގެ އެހީގައި އެކަމަށް ޒުވާނުން ލަންބަމުން ދާ ކަމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ޓެރަރިސްޓު ވިސްނުމުގައި އުޅޭ މީހުން ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުންދާ ކަމަށް މިދިޔަ ސަރުކާރުން އަދި މި ސަރުކާރުން ވެސް ބުނެފައިވެ އެވެ. އަދި އެކަން ހުއްޓުވަން ސަރުކާރުތަކުން އިސްކަން ދީގެން މަސައްކަތްތަކެއް ވެސް އަންނަނީ ކުރަމުންނެވެ.

ނޭޝަނަލް ހައިލެވެލް ކޮންފަރެންސް އޮން ޕީސް އެންޑް ސެކިޔުރިޓީގައި ފެށުމުގެ ރަސްމިއްޔާތުގައި ގައްސާން ވިދާޅުވީ އެފަދަ ފިކުރުތަކަށް އާ މީހުން ލެންބުމުގެ މަސައްކަތް ކުރާ މީހުން އޫޅޭ ކަމަށާއި އަތޮޅު ތެރޭގެ އިތުރުން މާލޭގައި އެފަދަ ހަމަލާތައް ވެސް ދީފައިވާ ކަމަށެވެ.

"މިފަހަކަށް އައިސް ރައްޔިތުން އާންމު ހާލަތުގައި ބޭނުންކުރާ ޓެކްނޮލޮޖީއާއި ވަސީލަތްތަކާއި ޕްލެޓްފޯމްތައް ބޭނުންކޮށްގެން އާ މީހުން މިފަދަ ނުރައްކާތެރި ހަރަކާތްތަކުގެ ތެރެއަށް އިންޑަކްޓް ކުރުމުގެ މަސައްކަތްތައް ހިންގަން ފަށައިފިކަން ވަރަށް ބޮޑަށް ފާހަގަވޭ. ހިތާމައަކީ މިފަދަ ޓެކްނޮލޮޖިކަލް ޕްލެޓްފޯމްތައް ބޭނުންކުރުމުން އެކަމުގެ ޝިކާރައަކަށް ވެގެންދާނީ އެންމެ ގިނައިން އަޅުގަނޑުމެންގެ ލޮބުވެތި ޒުވާނުން ކަމަށްވާތީ،" އޭނާ ވިދާޅުވި އެވެ.

ގައުމަށް ޒުވާނުންގެ ޝާމިލުވުން އެންމެ މުހިންމު ދަނޑިވަޅުގައި ޓެކްނޮލޮޖީގެ ޕްލެޓްފޯމުތަކުގެ ފަހަތުގައި ބަޔަކު ފިލާ ތިބެގެން، އެ ޒުވާނުންގެ ސިކުނޑިއަށް ފޯރުކޮށްދެނީ ގައުމަށް ގެއްލުންވާ ފިކުރުތައް ކަމަށް ގައްސާން ވިދާޅުވި އެވެ.

ޓެކްނޮލޮޖިކަލް ޕްލެޓްފޯމްތައް ބޭނުންކުރުމުގެ ސަބަބުން އެފަދަ ކަންކަން ހުއްޓުވުމަށް ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާކަން ފާހަގަކުރައްވާ އޭނާ އިތުރަށް ވިދާޅުވީ އެފަދަ ނޭދެވޭ އޮއެވަރުތައް ގައުމުގައި ދެމެން ފެށުމަކީ ގައުމީ ސަލާމަތަށް ނުރައްކާކުރާ ހައްސާސް މައްސަލައެއް ކަމަށެވެ.

އެގޮތުން، ޓެރަރިޒަމުގެ ނުރައްކާތެރި ވަބާއިން ރާއްޖެ ސަލާމަތް ކުރުމަށް ދައުުލަތުގެ ތިން ބާރާއި، އިދާރާތަކާއި، އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއެކު އެކަތިގަނޑެއްހެން މަސައްކަތް ކުރުން މުހިންމު ކަމަށް ގައްސާން ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑެތި ހުރިހާ މަޝްރޫއެއް ވަނީ މަޑުޖެހިފައި: މުއިއްޒު

ދަރަނި ދެއްކުމަށާއި ޒަރޫރީ ޚިދުމަތްތަކަށް އިސްކަންދިނުމުގެ ސަބަބުން، އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް މަޑުޖެހިފައިވާ ކަމަށް ރައީސް މުއިއްޒު އެއްބަސްވެވަޑައިގެންނެވި. މިކަން މިގޮތަށް ދިމާވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ފަތުރުވެރިން އަންނަ މިންވަރު މަދުވުމުން ފިސްކަލް މެނޭޖްމަންޓަށް ބަދަލު ގެނައުމުން ކަމަށް އެމަނިކުފާނު ވިދާޅުވި.

މިރޭގެ ޖަލްސާއަށް އެއްލައްކަ މެންބަރުން ހަމަނުކުރެވުނު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އިތުރުކުރުމަށް ހިފި އަމާޒަށް މިރޭގެ ޖަލްސާއާ ހަމައަށް ވާސިލުނުވެވުމުން، އެ އަމާޒު ހާސިލުކުރުމުގެ ވަގުތު މިރޭ މެންދަމު 12 އާ ހަމައަށް ވަނީ އިތުރުކޮށްފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި އެ ޕާޓީއަށް އެއްލައްކަ ހަމަވާން އަދި 1,992 މެންބަރުން އިތުރަށް ބޭނުންވޭ.

ހުޅުމާލޭގައި އަޅާ ކޯޓު ކޮމްޕްލެކްސްގެ ބިންގާ އަޅައިފި

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ ޝަރުއީ ދާއިރާގެ ހިންގުން އެއް ފުރާޅެއްގެ ދަށަށް ގެނެސް، ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ފެށި 699.8 މިލިއަން ރުފިޔާގެ މަޝްރޫއެއް. މި އިމާރާތުގައި ހައިކޯޓާއި ސުޕީރިއާ ކޯޓުތަކުގެ އިތުރުން ޑީޖޭއޭގެ އޮފީސް ވެސް ހިންގުމަށް ވަނީ ހަމަޖެހިފަ.

ޕީއެންސީއަށް 100،000 މެންބަރުން މުވައްޒަފުންނަށް މަޖުބޫރުކުރަނީ

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް ހަމަކުރުމަށްޓަކައި، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކޮށް ވަޒީފާގެ ބިރުދައްކަމުންދާކަމުގެ ޝަކުވާތައް ވަނީ ބޮޑުވެފައެވެ. މި އަމާޒަށް ވާސިލުވުމަށް އެހެން ޕާޓީތަކުގެ މެންބަރުން ޕީއެންސީއަށް ބަދަލުވުމަށް އަންގަމުންދާއިރު، މެންބަރުން އިތުރުކުރުމަށް ފައިސާ ބަހާކަމުގެ ތުހުމަތުތައްވެސް ވަނީ ފެންމަތިވެފައެވެ.

މުވައްޒަފުންނަށް ސިޔާސީ މަޖުބޫރުކުރުން ކުށަކަށް ހަދާ ބިލެއް

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ސިޔާސީ މަޖުބޫރުކުރުން ޖިނާއީ ކުށަކަށް ހަދަން ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި. މީކާއީލް ނަސީމް ހުށަހެޅުއްވި މި ބިލުގެ މަގްސަދަކީ މުވައްޒަފުންގެ ސިޔާސީ މިނިވަންކަން ހިމާޔަތްކޮށް، ވަކި ޕާޓީއަކަށް ވަނުމަށް ނުވަތަ ހަރަކާތްތަކުގައި ބައިވެރިވުމަށް ނުފޫޒު ފޯރުވުން ހުއްޓުވުން.

ސިޓިޒެންސް ޕޯޓަލް ދެވަނަ ފަހަރަށް އިފްތިތާހުކޮށްފި

ރައީސް މުއިއްޒަށް ރައްޔިތުންގެ ޝަކުވާތަކާއި ޚިޔާލުތައް ސީދާ ހުށަހެޅޭ ގޮތަށް "ސިޓިޒެންސް ވޮއިސް" ޕޯޓަލް ދެވަނަ ފަހަރަށް ވަނީ އިފްތިތާހުކޮށްފައި އީ-ފާސް މެދުވެރިކޮށް ވަދެވޭ މި ޕޯޓަލްގެ ހިދުމަތް މިވަގުތު ވެބްސައިޓުން ލިބުނު ނަމަވެސް، ކުރިއަށް އޮތްތަނުގައި މޯބައިލް އެޕްލިކޭޝަނެއް ތައާރަފުކުރުމަށް ވަނީ ނިންމާފައި.

"މިހާރު ފެށެން މި އުޅެނީ ރާއްޖޭގެ މިނިވަންކަން ނިމުމުގެ ފެށުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ފަރާތްތަކާއި ޒަޔަނިސްޓުން ރާއްޖޭގައި ވަޒަންވެރިކުރުވަން ފަށައިފިނަމަ، ގައުމުގެ މިނިވަންކަން ގެއްލިދާނެ ކަމަށާއި، މި މަޝްރޫއުގެ މާލީ ތަފްސީލުތައް ކަމާބެހޭ އިދާރާތަކަށް ނޭނގޭއިރު، މިއީ މަދު ބައެއްގެ މެދުގައި ސިއްރުވެފައިވާ ކަމެއްކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox