އެސްއޯއީތަކަށް ބޭނުންވާ އެކައުންޓިން އެންޑް ފިނޭންސް ޑިރެކްޓަރުން ނެގުމަށް ޕޫލެއް އެކުލަވާލަނީ

ޕީސީބީގެ އޮފީސް: އެ ބޯޑުން މިއަދު ވަނީ އެސްއޯއީތަކަށް ބޭނުންވާ އެކައުންޓިން އެންޑް ފިނޭންސް ޑިރެކްޓަރުން ނެގުމަށް ޕޫލެއް އެކުލަވާލަނީ - ފޮޓޯ: އަދަދު

ޕީސީބީގެ އޮފީސް: އެ ބޯޑުން މިއަދު ވަނީ އެސްއޯއީތަކަށް ބޭނުންވާ އެކައުންޓިން އެންޑް ފިނޭންސް ޑިރެކްޓަރުން ނެގުމަށް ޕޫލެއް އެކުލަވާލަނީ - ފޮޓޯ: އަދަދު

ސަރުކާރު ހިއްސާވާ ކުންފުނި (އެސްއޯއީ)ތަކަށް ބޭނުންވާ އެކައުންޓިން އަދި ފިނޭންސް ޑިރެކްޓަރުން އައްޔަން ކުރުމަށް ޑިރެކްޓަރުންގެ ޕޫލެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ހާމަކޮށްފި އެވެ.

ޕީސީބީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މިއީ އެސްއޯއީތަކުގެ ހިންގުމާއި ކުންފުނިތަކުގެ ބޯޑުގެ އޮޑިޓު ކޮމިޓީތަކުގެ މަސައްކަތް ހަރުދަނާ ކުރުމަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.

އެގޮތުން، ކުންފުނިތަކުގެ އެކައުންޓިން އަދި ފައިނޭންސް ޑިރެކްޓަރުންގެ މަގާމަށް އައްޔަންކުރާ ފަރާތްތަކަކީ މުޅި ކުންފުނީގެ އެތެރޭގެ ކޮންޓްރޯލުތައް ބަލަހައްޓާ، ރިސްކު މެނޭޖުމަންޓު ބެލެހެއްޓުމުގެ އިތުރުން މާލީގޮތުން ކުންފުނި ފުދުންތެރި ކުރުވުމަށް އިރުޝާދު ދެވޭ ފަދަ ފަންނީ ފަރާތްތަކަކަށް ވާންޖެހޭ ކަމަށް އެ އިއުލާނުގައި ފާހަގަ ކޮށްފައިވެ އެވެ.

އެސްއޯއީތަކުގެ ޑިރެކްޓަރުންގެ ޕޫލް އެކުލަވާލާ ނިމޭއިރު ހުރިހާ ކުންފުނިތަކެއްގެ ބޯޑުގައި އެކައުންޓިން އެންޑް ފިނޭންސް ދާއިރާގެ ތަޖުރިބާ ހުރި، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އެކައުންޓެންޓްސް (އައިފެކް) އިން ގަބޫލުކުރާ ފެންވަރުގެ ފަންނީ ފަރާތެއް ހިމެނޭކަން ކަށަވަރުކުރެވިގެންދާނެ ކަމަށް ޕީސީބީން ބުންޏެވެ.

ޑިރެކްޓަރުންގެ ޕޫލަށް ނަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާއިރު، ޕީސީބީން ގެޒެޓުކޮށްފައިވާ އިއުލާނުގައިވާ ގޮތުން އެ ފުރުސަތު މި މަހުގެ ޖުލައި 15، ގެ މެންދުރު 1:00 އާ ހަމައަށް ލިބޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox