އެންޑީއެމްއޭއަށް އިމާރާތެއް ނުދީގެން އެމަޖެންސީ ސެންޓަރު ޕްރޮޖެކްޓްގެ ފަންޑު ގެއްލެނީ

ކުރިން އެންޑީއެމްއޭ ހިންގި އިމާރާތެއް: އެމަޖެންސީ އޮޕަރޭޝަން ކޯޑިނޭޝަން ސެންޓަރުގެ ޕްރޮޖެކްޓުގެ ފަންޑު ނުލިބުނު

ކުރިން އެންޑީއެމްއޭ ހިންގި އިމާރާތެއް: އެމަޖެންސީ އޮޕަރޭޝަން ކޯޑިނޭޝަން ސެންޓަރުގެ ޕްރޮޖެކްޓުގެ ފަންޑު ނުލިބުނު

ކާރިސާތައް މެނޭޖު ކުރުމަށް އެމަޖެންސީ އޮޕަރޭޝަން ކޯޑިނޭޝަން ސެންޓަރެއް ގާއިމު ކުރަން ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ދޫކުރަން އޮތް ފަންޑުން 500،000 ޑޮލަރު (7.7 މިލިއަން ރުފިޔާ) ނުލިބޭ ގޮތްވި ކަން އޮޑިޓް ރިޕޯޓުން ދައްކައިފި އެވެ.

ދެހާސްނަވާރަވަނަ އަހަރު ސޮއިކުރި އެއްބަސްވުމުގެ ދަށުން އެމްއެމްއޭއަށް ދޫކޮށްފައިވާ އެ ފަންޑު ސަރުކާރަށް ދިނުން ލަސްވެފައިވަނީ އެއްބަސްވުމާ އެއް ގޮތަށް ސަރުކާރުން ހަމަޖައްސަން ޖެހޭ ބައެއް އިދާރީ ކަންކަން ހަމަނުޖައްސައިގެން ކަން، މިދިޔަ ހަފުތާ ނެރުނު އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ސެންޓަރު ގާއިމުކުރަން އިމާރާތެއް ވެސް ސަރުކާރުން ވަނީ ކަނޑައަޅައިފަ އެވެ. އެކަމަކު 2019 ވަނަ އަހަރުން ފެށިގެން އެ އިމާރާތުގެ މިލްކުވެރިކަމުގެ ރަޖިސްޓްރީ ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށް ބަދަލުކޮށްފައި ނެތް ކަން ބުނެފައިވެ އެވެ.

Advertisement

އޮޑިޓް ރިޕޯޓު ތައްޔާރުކުރި ތާރީހާ ހަމައަށް ވެސް އެ މަސައްކަތް ހިނގާފައި ނެތެވެ.

ރައީސް އޮފީހާއި ފިނޭންސް މިނިސްޓްރީއާއި، ޕްރޮޖެކްޓް ހިންގާ ހައުސިން މިނިސްޓްރީއާއި، ބިމުގެ މިލްކުވެރިކަން އޮތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި އެންޑީއެމްއޭއާ ދެމެދު އޭގެ މުއާމަލާތްތައް ހިނގަމުން ދިޔަ އިރު މަޑުޖެހިފައިވަނީ ފިނޭންސްގެ ނިންމުމަކަށް ކަން ބުނެފައިވެ އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ކޯޑިނޭޝަން ސެންޓަރެއް ގާއިމްކުރަން ކުރީގެ ސަރުކާރުން ނިންމީ މާލޭގައި ހިނގި ބައެއް ކާރިސާތަކަށް ފަހު، ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމުގައި ކުރިމަތިވި ދަތިތަކަށް ފަހުގަ އެވެ. މާލޭ އަބަދަށް ފެހި މަގުގައި ހިނގި އަލިފާނުގެ ހާދިސާ އޭގެ ތެރޭގައި ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox