މާޒިޔާ ވާދަކުރާނީ އޭއެފްސީ ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖުގައި

Jul 6, 2024, 8:18 AM
މިދިޔަ ސީޒަނުގައި މާޒިޔާ އާއި އޮޑިޝާ އޭއެފްސީ ކަޕްގައި ކުޅުނު މެޗެއްގެ ތެރެއިން.--- ފޮޓޯ: އަދަދު

މިދިޔަ ސީޒަނުގައި މާޒިޔާ އާއި އޮޑިޝާ އޭއެފްސީ ކަޕްގައި ކުޅުނު މެޗެއްގެ ތެރެއިން.--- ފޮޓޯ: އަދަދު

އޭޝިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން މުޅިން އަލަށް ފަށާ ތިން ވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް، އޭއެފްސީ ޗެލެންޖް ލީގުގައި ރާއްޖޭގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ވާދަކުރަން ޖެހެނީ ގްރޫޕް ސްޓޭޖުގަ އެވެ.

ޗެލެންޖް ލީގަކީ އޭއެފްސީގެ ތިން ވަނަ ފަންތީ ކްލަބް ފުޓްބޯޅަ މުބާރާތެވެ. އޭއެފްސީން ދެން ބާއްވަނީ، އޭއެފްސީ ޗެމްޕިއަންސް ލީގު 2 އާއި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓް އެވެ.

މީގެ ކުރިން ބެލެވުނީ، މާޒިޔާ އަށް ފުރުސަތު ލިބޭނީ ޗެލެންޖާސް ލީގުގެ ޕްލޭއޮފުން ކަމަށެވެ. އެކަމަކު، އޭއެފްސީން ޗެލެންޖް ލީގުގެ ފޯމެޓާއި ޕްރިލިމިނަރީ މެޗު ޝެޑިއުލް އިއުލާނުކުރިއިރު، މާޒިޔާ ވަނީ ގްރޫޕް ސްޓޭޖުގެ ފުރުސަތު ލިބޭ ޓީމުތަކުގެ ތެރޭގައި ހިމަނައިފަ އެެވެ.

ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ފަށަނީ އޮކްޓޫބަރު ފަހުކޮޅުގަ އެވެ.

މީގެ ކުރިން ރާއްޖޭން ވާދަކުރަމުން އައީ، އޭޝިއާގެ ދެ ވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް އޭއެފްސީ ކަޕްގަ އެވެ. އެ މުބާރާތް، އަންނަ ސީޒަނުން ފެށިގެން ބަދަލުވާނީ، އޭއެފްސީ ޗެމްޕިއަންސް ލީގު 2 ގެ ނަމަށެވެ.

އޭއެފްސީ ކަޕަކީ ރާއްޖޭގެ ކްލަބްތަކުން 2004 އިން ފެށިގެން ވާދަކުރަމުން އަންނަ މުބާރާތެކެވެ. ރާއްޖޭގެ ކްލަބްތަކުން ވަނީ އޭޝިއާގެ ނަން މަޝްހޫރު ޓީމުތައް އަތުން މި މުބާރާތުގައި ރަނގަޅު ކާމިޔާބެއް ވެސް ހޯދައިފަ އެވެ. އެ ގޮތުން، ރާއްޖޭގެ ނިއު ރޭޑިއަންޓް ވަނީ 2005 ވަނަ އަހަރުގެ މުބާރާތުގެ ތިން ވަނަ ހޯދައި 2013 ވަނަ އަހަރު ކުއާޓާ ފައިނަލުގައި ކުޅެފަ އެވެ. އެކަމަކު، ނިއު ފިޔަވައި ރާއްޖޭގެ އިތުރު ޓީމަކަށް އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދެވިފައިނުވެ އެވެ.

ޗެލެންޖާސް ލީގުގައި މާޒިޔާގެ އިތުރުން ދެން، މި ވަގުތު އޮތްގޮތުން، ގްރޫޕް ސްޓޭޖުގައި ދެކުނު އޭޝިއާ އިން ފެންނާނެ ޓީމަކީ، ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އެވެ. ޗެލެންޖާސް ލީގުގެ ޕްލޭއޮފް ބުރުގައި، ބޫޓާންގެ ޕާރޯ އެފްސީ އާއި ނޭޕާލުގެ ޗާޗް ބޯއީސް ޔުނައިޓެޑް ވާދަކުރެ އެވެ.

މާޒިޔާ އަށް ގްރޫޕް ސްޓޭޖުން ފުރުސަތު ލިބުނު ނަމަވެސް އަދިވެސް އެ ޓީމުގެ ޕްރެކްޓިސްތައް ފަށާނެ ސީދާ ތާރީހެއް ނޭނގެ އެވެ. އެއީ، މި ވަގުތު ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން، އެފްއެމްގެ ހިންގާ ބޯޑުގެ މުއްދަތު ހަމަވެފައި އޮތްއިރު، ފީފާ އިން ވަކި ގޮތެއް އަންގަންދެން އޮތީ ހަރަކާތެެއް ނުފެށޭ ހާލަތުގަ އެވެ.

އޭއެފްސީ ކްލަބް ލައިސަންސް ލިސްޓުގައި ރާއްޖެ ފަހަތަށް ދަނީ

އޭއެފްސީ ވަނީ ކުރިއަށް އޮތް ސީޒަނަށް، އެ ފެޑެރޭޝަން ލެވަލްގެ ޓީމުތައް ކަނޑައަޅާ ކްލަބް ލައިސަންސް ލިބުނު ޓީމުތަކުގެ ލިސްޓު އިއުލާނުކޮށްފަ އެވެ. އެ ގޮތުން، އެ ލައިސަންސް ހާސިލްކުރި ރާއްޖޭގެ ހަމައެކަނި ޓީމަކީ މާޒިޔާ އެވެ.

އިންޑިއާ އިން ހަތް ޓީމެއް އޭއެފްސީ ކްލަބް ލައިސަންސް ހޯދައިފައިވާއިރު، ބޫޓާނުން ހަތަރު ޓީމަކަށް އޭއެފްސީ ކްލަބް ލައިސަންސް ލިބުނެވެ. ނޭޕާލުން ދެ ޓީމަކަށް ކްލަބް ލައިސަންސް ލިބުނުއިރު، ރާއްޖޭން ކްލަބް ލައިސަންސް ހާސިލްކުރެވުނީ، މާޒިޔާ އަށެވެ. ހަނގުރާމައިގެ ހާލަތުގައި އޮތް ފަލަސްތީނުގެ ވެސް އެއް ކްލަބުން އޭއެފްސީ ކްލަބް ލައިސަންސް ހޯދި އެވެ.

މީގެ ކުރިން ރާއްޖޭގެ ހަތް ކްލަބުން ސީޒަނެއްގައި ކްލަބް ލައިސަންސް ހޯދާފައިވާއިރު، މިހާރު ރާއްޖޭގެ ގިނަ ކްލަބްތައް އޮތީ ބިދޭސީ ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި، ޓްރާންސްފާ ބޭން އެއްގަ އެވެ.

މިދިޔަ މަހުގެ 14 އާ ހަމައަށް މުއްދަތު ކަނޑައަޅާ ހުޅުވާލެވިފައި އޮތް އޭއެފްސީގެ ކްލަބް ލައިސަންސިންގެ ކަންކަން ފުރިހަމަކޮށް، ސްރީ ލަންކާ އާއި ޕާކިސްތާންގެ އެއްވެސް ކްލަބަކަށް ލައިސަންސް ނުހޯދުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox