ވ. އަތޮޅު ބޮޑުފިނޮޅު ވިއްކާލައިފި

ވ. އަތޮޅު ބޮޑު ފިނޮޅު

ވ. އަތޮޅު ބޮޑު ފިނޮޅު

ވ. އަތޮޅު ބޮޑުފިނޮޅާއި އެ ފިނޮޅުގެ ފަޅު 729،000 ޑޮލަރަށް (11.2 މިލިއަން ރުފިޔާ) އަށް ވިއްކާލައިފި އެވެ.

އެތަން ހިމެނޭ ގޮތަށް 17 ތަނެއް، ޓޫރިޒަމް ތަރައްގީ ކުރަން ހުޅުވައިލީ މި އަހަރު މެއި މަހު އެވެ. އެ ތަންތަނުގެ ތެރެއިން މިހާތަނަށް ވިކިފައިވާ ތަންތަން ޓޫރިޒަމް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.

ވ. އަތޮޅު ތިނަދޫއާ އެއް ބިތެއްގައި، އެ ރަށާ 7.7 ކިލޯމީޓަރު ދުރުގައި ބޮޑުފިނޮޅާ ގުޅޭ މުއާމަލާތުގެ މައުލޫމާތު އެނގޭ މީހަކު "އަދަދު" ނޫހަށް ބުނީ އެ ފަޅު ގަތުމަށް ހަތަރު ފަރާތަކުން ހުށަހެޅި ކަމަށާއި އޭގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށަހެޅީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާގެ ލޯކަލް ޓޫރިޒަމް ހިންގާ ކާނި ހޮޓެލްސްއިން ކަމަށެވެ.

ވ. އަތޮޅު ބޮޑުފިނޮޅުގައި ޓޫރިސްޓުންތަކެއް.
ވ. އަތޮޅު ބޮޑުފިނޮޅުގައި ޓޫރިސްޓުންތަކެއް.

ވ. އަތޮޅު ބޮޑުފިނޮޅުގައި ޓޫރިސްޓުންތަކެއް.

އެ ފަޅު ވިއްކާލުމާ ގުޅިގެން ވ. ތިނަދޫ ރައީސް ޝިފާގު ހުސައިން ވިދާޅުވީ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.

"ރައީސް މުއިއްޒު އެވެ. ހެޔޮނުވާނެ އެވެ. ތިޔަ ވިއްކާލީ މާލެ އަތޮޅާއި ވ. އަތޮޅުގެ ރިޒޯޓްތަކާއި، ގެސްޓްހައުސްތަކުން އެތަނަކުން އާމްދަނީ ހޯދަމުން ދިޔަ ވ. ބޮޑުފިނޮޅެވެ. އެވެސް އެންމެ 729,000 ޑޮލަރަށެވެ. ނުވިއްކާ ބޭއްވި ނަމަވެސް ދައުލަތަށް ލިބޭ އާމްދަނީ އެތައް ގުނައެއް އިތުރު ވީހެވެ،" ޝިފާގު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވި އެވެ.

ބޮޑު ފިނޮޅަކީ ވ. އަތޮޅުގައި ނުގިރައި އޮތް ހަމައެނި ފިނޮޅު ކަމަށާއި އެހެންވެ، އެތައް އެންމެ ބަޔަކަށް މަންފާ ލިބޭ ގޮތަށް ވިއްކާ ނުލުމަށް ޝިފާގު އިލްތިމާސް ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox