ޝަމްނާޒް ހައްޔަރު ކުރީ ފޯނުގައި ހުރި އެއްޗެއް ހޯދަންތޯ ވައްޑޭ ސުވާލު އުފައްދައިފި

އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު، މުހައްމަދު ވަހީދު -- ފޮޓޯ: އަދަދު

އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު، މުހައްމަދު ވަހީދު -- ފޮޓޯ: އަދަދު

ސިހުރު ހެދިކަމުގެ ތުހުމަތުކޮށް ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް ހައްޔަރު ކުރީ އޭނާގެ ފޯނުގައި ހުރި އެއްޗެއް ހޯދުމުގެ މަގުސަދުގައިތޯ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު، މުހައްމަދު ވަހީދު (ވައްޑޭ) ސުވާލު އުފައްދަަވައިފި އެވެ.

އެކްސްގައި ވައްޑޭ ކުރެއްވި ޕޯސްޓެއްގައި ވަނީ ޝަމްނާޒް ހައްޔަރު ކޮށްގެން ފުލުހުން އުޅެނީ ހަމަ ހަގީގަތުގައި ވެސް ސިހުރު ހަދައިގެންތޯ ސުވާލު އުފައްދަވައިފަ އެވެ.

"ޝަމްނާޒު ހައްޔަރުކޮށްގެން ތިޔައުޅުއްވަނީ ހަމަ ސިހުރު ހަދައިގެންތޯ؟ ނުވަތަ އޭނާގެ ފޯނުގައި އޮތް ވީޑިޔޯއެއް ބާވަތުގެ އެއްޗެއް ހޯއްދަވަންތޯ؟،" ރައީސް މުއިއްޒުގެ އެކްސް އެކައުންޓު ޓެގު ކުރައްވައި ކުރި ޕޯސްޓުގައި ވައްޑޭ ލިޔުއްވާފައިވެ އެވެ.

ސިހުރު ހެދުމުގެ ތުހުމަތުކޮށް ޖޫން 23، ގައި ފުލުހުން ހައްޔަރު ކުރީ ޝަމްނާޒް އާއި އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ހައްވާ ސަނާ އަލީ ސަލީމް އާއި ސިހުރު ހެދި ކަމަށް ބުނާ ތ. ކިނބިދޫ، ނިވައިދޮށުގޭ، ހުސައިން ސަމީރު އެވެ. ހައްޔަރު ކުރިއިރު ގާތުން ދޭ އެއް އަހަރާއި ފަސް މަހުގެ ކުއްޖަކު ވެސް ޝަމްނާޒުގެ ހުރެ އެވެ.

އެއީ ޝަމްނާޒް އާއި ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ތުއްތު ކުއްޖެކެވެ. ރަމީޒު ވަނީ މި މަހުގެ ތެރޭގައި ޝަމްނާޒް ވަރިކޮށްފަ އެވެ. ޝަމްނާޒް ހައްޔަރު ކުރި ފަހުން ސަރުކާރުން ވަނީ ރަމީޒު މަގާމުން ސަސްޕެންޑުކޮށްފަ އެވެ.

ޝަމްނާޒު ހައްޔަރު ކޮށްގެން އުޅެނީ ކޮން މަގުސަދެއް ހާސިލު ކުރަންތޯ ސުވާލު އުފައްދަވައި ވައްޑޭ އެކްސްގައި ޕޯސްޓު ކުރެއްވިއިރު، ޝަމްނާޒު ހައްޔަރު ކުރުމާ ގުޅޭގޮތުން ފުލުހުން މިހައިތަނަށް އިތުރު އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.

ފުލުހުން ހަމައެކަނި ހާމަކުރި މައުލޫމާތަކީ އެމީހުން ހައްޔަރު ކުރީ ރައީސް، ޑރ. މުހައްމަދު މުއިއްޒުއަށް ސިހުރު ހެދުމުގެ ތުހުމަތުގައި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox