ރައީސް ވިދާޅުވަނީ ކުރިން ޕްލޭން ކުރި ގޮތަށް، މިއަހަރުގެ ނިޔަލަށް ރަސްމާލެ ހިއްކައި ނިންމާނެ ކަމަށް

"ރަސްމާލެ" ގެ ނަމުގައި އާ ސަހަރެއް ބިނާކުރަން ފުށިދިއްގަރުފަޅު ހިއްކަން ފެށުުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަދައްކަވަނީ. ފޮޓޯ:މިރާޝް ނާޝިމް/އަދަދު

"ރަސްމާލެ" ގެ ނަމުގައި އާ ސަހަރެއް ބިނާކުރަން ފުށިދިއްގަރުފަޅު ހިއްކަން ފެށުުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަދައްކަވަނީ. ފޮޓޯ:މިރާޝް ނާޝިމް/އަދަދު

ޕްލޭން ކުރިވަރާ ގާތަށް ވެސް މަސައްކަތް ކުރިއަށް ނުގޮސް އޮތް ރަސްމާލެ މަޝްރޫއުގައި ހިމެނޭ ބިން ހިއްކުމުގެ ބައި މިއަހަރުގެ ނިޔަލަށް ނިންމަވާނެ ކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ހަރުގެ ހުޅުވަން މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ރަސްމާލޭގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި އަލުން ފެށޭނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އަންނަ މަހު އެ މަޝްރޫއު ފަށައި އަންނަ ޑިސެމްބަރުގެ ނިޔަލަށް 1،100 ހެކްޓަރުގެ ބިން ހިއްކައި ނިމޭނެ އެވެ.

"މިއަހަރުގެ ޑިސެމްބަރުމަސް ނިމެންވާ އިރަށް އަޅުގަނޑުމެންގެ އަމާޒަކީ، ހަމަ ފުރަތަމަ ވެސް ޕްލޭންކުރި ގޮތަށް، އެތަނުގެ އެއްހާސް އެއްސަތޭކަ ހެކްޓަރުގެ ބިން ހިއްކައި ނިންމުން، އިރާދަކުރެއްވިއްޔާ އެކަން ހާސިލުކުރާނަން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރަސްމާލޭގެ މަޝްރޫއު އެގޮތަށް ކުރިއަށް ދާއިރު ގުޅިފަޅާއި ގިރާވަރު ފަޅު އަދި ހުޅުމާލޭގެ ފޭސް ތިނެއް ހިއްކުުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ އެެވެ.

"އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގެދޮރު ބިނާކުރުމަށް ޓަކައި ހިއްކަން ނިންމާފައިވާ، ވައުދުވެފައިވާ ބިންތައް ހިއްކުމާ މިކަންކަން ހިނގާނެ،" ރައީސް ވިދާޅުވި އެވެ.

އެކަންތައްތައް ކުރިއަށް ގެންދަވާނީ ސަރުކާރުގެ އިގުތިސާދީ އެޖެންޑާގެ ތެރެއިން ޖާގަ ހޯދައިގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރަސްމާލޭގެ މަޝްރޫއު ހުއްޓުނީ އެ މަޝްރޫއާ ހަވާލުވި ، ސީއެމްސީ އަށް އެ މަޝްރޫއަށް ބޭނުންވާ ފައިސާ ނުހޯދިގެން ކަމަށް ސަރުކާރުން ކުރިން ބުންޏެވެ. އެހެން އެކަން އޮތް އިރު އަންނަ މަހު، އެ މަޝްރޫއު އަލުން ފަށަނީ އާ ބަޔަކާ ހަވާލުކޮށްގެން ކަން ނުވަތަ ނޫން ކަމެއް ރައީސް ވިދާޅެއް ނުވެ އެވެ.

މެއި، 30، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް ގައި އިންފްރާސްޓްރަކްޗާ މިނިސްޓަރު، ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ރަސްމާލެ މަޝްރޫއު ހުއްޓިފައި އޮތީ އެ މަޝްރޫއު ހަވާލު ކުރި ސީއެމްސީސީ ކުންފުނިން އެ މަޝްރޫއު ކުރިއަށް ގެންދަން ޕްރޮޕޯޒް ކުރި ގޮތަށް އެތަނުގެ މަސައްކަތްތައް ކުރިއަށް ނުގެންދާތީ ކަމަށެވެ.

"އެ ބޭފުޅުންނަށް އެ ބޭފުޅުން ޕްރޮޕޯސް ކުރި ގޮތަށް ފައިނޭންސް ރެއިޒް ނުކުރެވިގެން މަޝްރޫއު ކުރިއަށް ނުގެންދެވިފައި އޮތީ،" މުއްތަލިބު ވިދާޅުވި އެވެ.

މާލޭގެ ދެކުނުން 10 ކިލޯމީޓަރު ދުރުގައި އޮތް 1280 ހެކްޓަރުގެ ފުށިދިއްގަރު ފަޅުން 1153 ހެކްޓަރު ހިއްކަން ފެށީ މިދިޔަ ޑިސެމްބަރު 18، 2023 ގަ އެވެ.

އެ މަޝްރޫއު ކުރިއަށް ގެންދަން ރައީސް މުއިއްޒު ނިންމެވީ އެ މަޝްރޫއު ހިންގުމަށް ބަޖެޓުގައި ހިމެނި 400 މިލިއަން ރުފިޔާ މަޖިލީހުން އުނިކޮށްފައި އޮއްވައި އެކަމަށް ޗެލެންޖު ކުރުމަށްފަހު އެވެ. އެ މަޝްރޫއު ފެށީ ހާމަކަމެއް ނެތި ކުއްލިއަކަށެވެ. އިދިކޮޅު ފަރާތްތަކުންނާއި އާންމުންގެ ތެރެއިން ވެސް ވަރަށް ގިނަ ބަޔަކު އެކަމާ މެދު އޭރު ކަންބޮޑުވުން ފާޅުކުރި އެވެ.

ފުށިދިއްގަރު ފަޅު ހިއްކަން ފެށީ އެތަން ހިއްކާ ކުންފުންޏަށް ހުޅުމާލެއިން 10 ހެކްޓަރު އަދި ރަސްމާލެއިން 60 ހެކްޓަރު ލިބޭ ގޮތަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox