އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލައެއް ބަލަނީ

އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލައެއް ބަލަނީ

އެކްސްގައި އިސްލާމްދީނަށް ފުރައްސާރަކޮށް ޕޯޓްކުރި މައްސަލައެއް ބަލަމުން އަންނަކަމަށް ފުލުހުން ބުނެފި އެވެ.

ބައިނައްލަގުވާމީ ޔޯގާ ދުވަހާއި ގުޅިގެން "އައިޝަތް ނަޒްހާ" ނަމަކަށް ކިޔާ އެކްސް އެކައުންޓުން ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ހައްޖު އަދި އުމްރާގެ އަޅުކަމަށް ފުރައްސާރަކޮށްފަ އެވެ.

އެގޮތުން "ހިލަގަނޑެއްގެ" ވަށައިގެން ބުރުޖަހައި އެޔަށް ބޮސްދިނުން ވަރިހަމަ ނަމަވެސް، ޔޯގާ ހަރާމްކަމަށް ބުނެ އެ ޕޯސްޓުގައި ވަނީ ގެފުޅަށް ފުރައްސާރަކޮށްފަ އެވެ.

ދީނަށް ފުރައްސާރަކޮށް ކުރި ޕޯސްޓް. މިހާރު އެކައުންޓް ވަނީ ޑީއެކްޓިވޭޓް ކޮށްފައި
ދީނަށް ފުރައްސާރަކޮށް ކުރި ޕޯސްޓް. މިހާރު އެކައުންޓް ވަނީ ޑީއެކްޓިވޭޓް ކޮށްފައި

ދީނަށް ފުރައްސާރަކޮށް ކުރި ޕޯސްޓް. މިހާރު އެކައުންޓް ވަނީ ޑީއެކްޓިވޭޓް ކޮށްފައި

މި މައްސަލައާއި ގުޅިގެން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އިސްލާމް ދީނަށް ފުރައްސާރަކޮށް އެކްސްގައި އާންމުކޮށްފައިވާ ޕޯސްޓް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ ޕޯސްޓާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

އެ އެކައުންޓް މިހާރު ފެންނަން ނެތް ކަމަށް އެކްސްގައި ދައްކަ އެވެ. ބެލެވޭ ގޮތުގައި އެއީ ގިނަ ބަޔަކު ރިޕޯޓު ކުރުމުގެ ސަބަބުންނެވެ. އެ ޓްވީޓަށް ގިނަ ބަޔަކު ރިޕްލައިކޮށް އެ މީހާއަށް ރައްދު ދިނެވެ.

ޔޯގާ ދުވަސް ފާހަގަކުރުމަށް 2021 ވަނަ އަހަރު ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް އޭރު ބަޔަކު ހުރަސް އަޅައި ހުއްޓުވި އެވެ. އޭގެތެރޭގައި މިހާރުގެ ސަރުކާރުގެ އިސް ބައެއް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ޕީއެންސީގެ މަޖިލިސް މެންބަރުން ވެސް ހިމެނިވަޑައިގެންނެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox