އިންޑިއާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށާއި ހީނަރުވެފައިވާ ގުޅުން ބަދަހި ކުރަން އެމްއެމްޕީއަރުސީން އިންޑިއާއަށް

މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރި އިންޑިއާގެ ފަތުރުވެރިންތަކެއް -- ފޮޓޯ: އަދަދު

މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރި އިންޑިއާގެ ފަތުރުވެރިންތަކެއް -- ފޮޓޯ: އަދަދު

އިންޑިއާއިން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު މަދުވެފައިވާތީ އާއި ހީނަރުވެފައިވާ ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް އެމްއެމްޕީއާރުސީ އާއި މަންތާ އެއާ ގުޅިގެން އިންޑިއާގެ ބެންގަލޫރުގައި ރޯޑްޝޯއެއް ބާއްވަން ނިންމައިފި އެވެ.

"އެކްސްޕްލޯ މޯލްޑިވްސް ރޯޑްޝޯ" ގެ ނަމުގައި ބާއްވާ އެ ހަރަކާތާ ގުޅޭގޮތުން އެމްއެމްޕީއާރުސީގެ މީޑިއާ ޓީމަށް ދިން އިންޓަވިއުއެއްގައި އެ ކޯޕަރޭޝަނުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވީ އިންޑިއާ މާކެޓަކީ މިވަގުތު އެންމެ ހަލުވިމިނުގައި ކުރިއަރަމުން އަންނަ ފަތުރުވެރިކަމުގެ އެއް މާކެޓު ކަމަށާއި އިންޑިއާ މާކެޓަކީ ދިވެހި ފަތުރުވެރިކަމަށް އެންމެ މުހިންމު އެއް މާކެޓު ކަމަށެވެ.

"އިންޑިއާ އަކީ މިއަދު އެންމެ ކުރިއަރަމުން އަންނަ އައުޓްބައުންޑް ޓްރެވެލް މާކެޓުގެ ގޮތުގައި ފާހަގަ ކުރެވޭއިރު، އެއީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިންމު މާކެޓެއް، ޝައްކެއްވެސް ނެތް ގޮތުގައި، ރާއްޖޭގެ ފަތުރުވެރިކަމު ދައިރާގެ އިސް ފަރާތްތަކަށް މި ރޯޑްޝޯގެ ތެރެއިން ރާއްޖެ އިޝްތިހާރުކުރުމުގެ ފުރުސަތު ލިބި، ރާއްޖެއަށް ލިބިފައިވާ ލާސާނީ ސިފަތައް އިތުރަށް ޕްރޮމޯޓުކޮށް ރާއްޖެއަކީ ފުރިހަމަ މަންޒިލެއްކަން ދައްކައިލުމުގެ ފުރުސަތު ފަހިވެގެންދާނެ،" ޝިއުރީ ވިދާޅުވި އެވެ.

ބެންގަލޫރުގެ ޝަންގްރިއްލާ ހޮޓެލުގައި މި ފެށޭ ހަފުތާގެ ބުދަ ދުވަހު ބާއްވާ ރޯޑްޝޯގެ ބޭނުމަކީ ރާއްޖެއަށް ޒިޔާރަތް ކުރާ އިންޑިއާ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށާއި އިންޑިއާގެ ޓްރެވެލް އިންޑަސްޓްރީގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކާ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ފުންނާބު އުސް ފަރާތްތަކާ ބައްދަލުވެ ގުޅުން ބަދަހި ކުރުން ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ.

އެ ރޯޑްޝޯގައި އިންޑިއާގައި އެންމެ ފުޅާކޮށް އޮޕަރޭޓު ކުރާ ޓްރެވެލް އޭޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންގެ އިތުރުން އިންޑިއާގެ މެއިންސްޓްރީމް މީޑިއާތައް ހިމެނޭހެން 150 އަށް ވުރެ ގިނަ ފަރާތްތައް ބައިވެރިވާނެ ކަމަށް ވެސް އެމްއެމްޕީއާރުސީން ބުނެ އެވެ.

ރާއްޖޭގެ ފަރާތުން އެ ރޯޑްޝޯގައި ބައިވެރިވަނީ ޔުނިވާސަލް ރިސޯޓްސް އާއި މައިނާ ހޮޓެލްސް އާއި އެންއެޗް ކަލެކްޝަން އާއި ސަން ސިޔާމް ރިސޯޓްސްގެ އިތުރުން ވިލާ ހޮޓްލްސް އެންޑް ރިސޯޓްސް ފަދަ ބޮޑެތި ކުންފުނިތަކުންނެވެ. އެ ކުންފުނިތަކުގެ އިތުރުން ރާއްޖޭގައި ގެސްޓުހައުސް ވިޔަފާރި ހިންގާ އެކި ފަރާތްތަކުން ވެސް އެ ރޯޑްޝޯގައި ބައިވެރިވާން ނިންމާފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ.

"ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއަރުވައި، އިންޑިއާގެ ޓްރެވަލް މާކެޓާ އެކު އޮންނަ ގުޅުން ބަދަހިކުރުމަށް މި ހަރަކާތަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ހަރަކާތެއް، މި ރޯޑްޝޯގެ މަގުސަދަކީ އިންޑިއާ މާކެޓުގެ އެންމެ ކުރީގައި އޮންނަ މަންޒިލެއްގެ ގޮތުގައި ރާއްޖެ ހެދުމަށްޓަކައި އިޝްތިހާރުކޮށް، ރިސޯޓްތަކާއި ގެސްޓްހައުސްތަކަށް އިންޑިއާގެ އިންޑަސްޓްރީގެ އިސްފަރާތްތަކާއި ބައްދަލުކޮށް ގުޅުންބަދަހި ކުރުމުގެ އުފާވެރި ފުރުސަތެއް ފަހިކޮށްދިނުން،" ޝިއުރީ ވިދާޅުވި އެވެ.

އިންޑިއާ މާކެޓަކީ މިދިޔަ އަހަރު ފަސް އަހަރު ދުވަހުގެ ތެރޭގައި އެންމެ ފުޅާވި އެއް މާކެޓެވެ. އެހެން ނަމަވެސް މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީއަށް ކުޑައިމީސްކޮށް ފުރައްސާރަ ކުރި މައްސަލައިގައި ދެ ގައުމުގެ ގުޅުމަށް ބުރޫ އަރައި އިންޑިއާގެ ބައެއް ޓްރެވެލް އޭޖެންސީތަކުން ވަނީ ރާއްޖެ ބްލެކްލިސްޓު ވެސް ކޮށްފަ އެވެ.

އެއަށްފަހު ރާއްޖެއަށް ޒިޔާރަތް ކުރާ އިންޑިއާ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޭޕްރިލް މަހާ ހަމައަށް ބަލާއިރު، އިންޑިއާއިން އެކަނި ވެސް ރާއްޖެއަށް 73,785 ކޮށްފައިވެ އެވެ. ނަމަވެސް މިއަހަރުގެ އެ މުއްދަތުގައި އިންޑިއާއިން ރާއްޖެއަށް ޒަޔާރަތް ކުރީ އެންމެ 42،627 މީހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox