ފޭވަރިޓް ފްރާންސުން އުނދަގޫ މެޗަކުން އޮސްޓްރިއާ ބަލިކޮށް މޮޅަކުން ފަށައިފި

Jun 17, 2024, 8:57 PM
ފޭވަރިޓް ފްރާންސުން އުނދަގޫ މެޗަކުން އޮސްޓްރިއާ ބަލިކޮށް މޮޅަކުން ފަށައިފި

ޑަސެލްޑޯފް، ޖަރުމަނު (ޖޫން 18) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އެއް ފޭވަރިޓް ކަމަށްވާ ފްރާންސުން މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗު، އުނދަގޫކޮށް ދިޔަ ނަމަވެސް އޮސްޓްރިއާ 1-0 އިން ބަލިކޮށް، މޮޅަކުން ފަށައިފި އެވެ.

އޮސްޓްރިއާ އިން މެޗު ފަށައިގެން ރަނގަޅަށް ކުޅުނު ނަމަވެސް، މެޗު ކުރިއަށްދިޔަ ވަރަަކަށް ފްރާންސްގެ ކޮލިޓީ ފެނުނީ މާ ވަރުގަދަކޮށެވެ.

ޑަސެލްޑޯފް އެރީނާގައި ކުޅުނު މެޗުގައި، ފްރާންސް އިން ފުރަތަމަ އެޓޭކް ކުރީ އެ ޓީމުގެ ކެޕްޓަން، ކީލިއަން އެމްބާޕޭ އެވެ. ބޮޑު މުބާރާތެއްގައި ފްރާންސްގެ ކެޕްޓަންކަން ފުރަތަމަ ފަހަރަށް ކުރި އެމްބާޕޭ އަށް އޮސްޓްރިއާ ޑިފެންސް ފަހަތުން ލިބުނު ބޯޅަ ހިފައިގެން އައިސް ފޮނުވާލި ހަމަލާ، އޮސްޓްރިއާގެ ކީޕަރު، ޕެޓްރިކް ޕެންޓްޒް ވަނީ މަތަކޮށްފަ އެވެ.

އޮސްޓްރިއާ އިން ވަނީ މެޗުގެ 36 ވަނަ މިނިޓްގައި ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް ހޯދައިފަ އެވެ. އޭރިއާތެރެއިން އޮސްޓްރިއާގެ ކެޕްޓަން، މާސެލް ސަބީޓްޒާ ޖައްސާލި ބޯޅަ ހޯދައި، އެ ޓީމުގެ ކްރިސްޓޮފް ބޯމްގާޓްނާ ޖެހި ޝޮޓް ބޭރުވީ ފްރާންސް ކީޕަރު މައިކް މައިންގްނޯން ފައިގައި ޖެހިފަ އެވެ.

އޮސްޓްރިއާގެ ގްރިލިޓްޗް ކައިރިން ފްރާންސްގެ ކާންޓޭ ބޯޅަ ހިފައިގެންދަނީ.

ބޮޑު ފުރުސަތު އޮސްޓްރިއާ އިން ނަގާލިތާ ދެ މިނިޓް ފަހުން ފްރާންސް އިން ލީޑުނެގި އެވެ. މި ލަނޑަކީ، އެމްބާޕޭ ނެގި ހުރަހެއް ދިފާއުކުރަން އަރައި، އޮސްޓްރިއާގެ ޑިފެންޑަރު، މެކްސްމިލިއަން ވޮބާ ބޮލުން ޖައްސާލި ބޯޅައަކުން ބައިކޮޅަށް ވަން ގޯލެކެވެ.

ދެ ވަނަ ހާފް ފަށައިގެން މާގިނައިރެއްނުވެ، ލީޑުފުޅާކުރަން ފްރާންސަށް ރަނުގެ ފުރުސަތެއް ލިިބިގެންދިޔަ އެވެ. އޮސްޓްރިއާގެ ދެ ޑިފެންޑަރުން ކައިރިން ދެމިގަތުމަށް ފަހު މުޅިން ހުސްކޮށް އޭރިއާތެރެއަށް ބޯޅަ ހިފައިގެން ވަދެ، އެމްބާޕޭ ޖެހި ޝޮޓް ދިޔައީ ގޯލާ ސީދާނުވެ އެވެ.

އޮސްޓްރިއާ އިން މެދުތެރޭގައި ބޯޅަ ހިފަހައްޓައިފައި ކުރިއަށް އަވަހަށް ކުޅެ އެޓޭކެއް ކުރެވޭތޯ ގިނަ މަސައްކަތް ކުރިއިރު، ކޮންމެ ބޯޅައެއްގައިވެސް ފްރާންސްގެ ޑިފެންސިވް މިޑްފީލްޑަރު، އެންގޯލޯ ކާންޓޭ ހުރީ ވަރަށް ސަމާލުވެ އެވެ.

އަނިޔާގެ ސަބަބުން ގަތަރު ވޯލްޑް ކަޕްގައި މީގެ ދެ އަހަރު ކުރިން ނުކުޅެވުނު ކާންޓޭ މިރޭ ބޮޑު މުބާރާތަކަށް އެނބުރި އައިސް ތަފާތު ދައްކައިފަ އެވެ. ސައުދީ ޕްރޯ ލީގުގައި ކުޅެމުން އަންނަ ކާންޓޭ މިރޭގެ މެޗުގައި ވަނީ އޮސްޓްރިއާގެ ގިނަ އެޓޭކެއް ހުއްޓުުވުމުގައި ތަޖުރިބާގެ ބޭނުން ރަނގަޅަށް ހިފައިފަ އެވެ.

ފްރާންސް އިން ދެ ވަނަ ލަނޑެއް ޖަހަން ކުރި މަސައްކަތުގައި އޮސްމާން ޑެމްބެލޭ އާއި މާކަސް ތުރާމް ޖެހި ބޯޅަތައް ދިޔައީ ގޯލާ މާ ދުރުންނެވެ. ބަދަަލަކަށް ކުޅެން އެރި ފްރާންސްގެ އޮލިވިއޭ ޖިރޫ އަށް އޭރިއާތެރެއިން ހުސްކޮށް ލިބުނު ފުރުސަތުގައި ފޮނުވާލަން އުޅުނު ބޯޅަ ރަނގަޅަށް ފައިގައި ލައްވާލާ ގޮތެއްނުވި އެވެ.

މިއީ އޮސްޓްރިއާއާ ދެކޮޅަށް ކުޅުނު 26 މެޗުގެ ތެރެއިން ފްރާންސް މޮޅުވި 14 ވަނަ މެޗެވެ.

މި ގްރޫޕްގެ ފުރަތަމަ މެޗުން ރޭ ނެދަލެންޑްސް ވަނީ ފަހަތުން އަރައި 2-1 އިން ޕޮލެންޑް ބަލިކޮށްފަ އެވެ. ފްރާންސަށް ދެން އޮތީ ނެދަލެންޑްސް މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox