ހަސަން ތާޖުއްދީންގެ އިރުޝާދު؛ ވެރިކަމުގެ އިރު އޮއްސުމަށް ސަބަބުތަކެއް ވެއެވެ.

ހަސަން ތާޖުއްދީންގެ އިރުޝާދު؛ ވެރިކަމުގެ އިރު އޮއްސުމަށް ސަބަބުތަކެއް ވެއެވެ.

ހެޔޮ ވެރިކަމެއްގެ ސިފަތަކާއި، ހަރުދަނާ ވެރިކަމެއްގައި ހުންނާންޖެހޭ އުންސުރުތައް އަޅުގަނޑުމެން މިދަނީ އަދިވެސް ދިރާސާކުރަމުންނެވެ. އަޅުގަނޑުމެންގެ ތެރެއިން އިލްމު އުނގެނިގެން ތިބި، ކަމަށް ގާބިލު މީހުން ކުރިއަށް ޖެހިލައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި އާއި، ދައުލަތުގެ އެކި މަގާމުތަކުގައި ތިބެގެން އެކުރާ ކަމަކީ އެއީ އެވެ. އަޅުގަނޑުމެން އުޅޭންވީ ރަނގަޅު ގޮތްތަކާއި، ދައުލަތް ހިންގާންވީ މޮޅެތިހައި ގޮތްގޮތް ބުނެދީ އަމުރުވެރި ގާނޫނުތަކުގެ ގޮތުގައި ހިންގައި ތަންފީޒުކުރުމެވެ.

މިކަންކަމުގައި ޝާމިލުވެ އުޅޭއިރު އަޅުގަނޑުމެންގެ އިހުތިބީން މިކަންކަމާމެދު ދުށް ގޮތެއްވެސް ބަލައިލުމަކީ ނެތްކަމެއްް ނޫނެވެ. އަޅުގަނޑުމެންގެ ގައުމަށްވެސް ދެ ސާސްކަފު ފުރި އިތުރުވެފައިވާއިރު އެތައް ރަސްކަލަކު މި ރަށްތަކުގެ މައްޗަށް ވެރިކަން ހިންގައިފި އެވެ.

ހައްދުންމަތީ ގަމު، މަހުމޫދުގެ ދަރިކަލުން ހަސަން ތާޖުއްދީން ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 1072 ވަނަ އަހަރުގަ އެވެ. މީލާދީން 1662 ވަނަ އަހަރެވެ. މީލާދީން 1693 ވަނަ އަހަރު ދިވެހިރާއްޖޭގެ ފަނޑިޔާރު ކަމުގައި ހުންނެވި ދެއްވަދޫ ފަނޑިޔާރު ތަކުރުފާނު އަވަހާރަވުމުން ފަނޑިޔާރުކަމަށް އިސްކުރެވުނީ ހަސަން ތާޖުއްދީނެވެ. އޭގެ ފަހުން ފަނޑިޔާރުކަން އަތުލެވި، އަރުވާލެވުމާއި ދައުލަތުގެ ފަރާތުން ދެއްކިހައި އަހުވައަކަށް ކެތްކުރައްވައިގެން ހުންނަވަނިކޮށް ދެވަނަ ފަހަރަށް ފަނޑިޔާރުކަމަށް އިސްކުރެވުނެވެ. ދިވެހި ރާއްޖޭގެ ތާރީހުގެ ފުރަތަމަ ބިންގާ އެޅެން ފެށުނީ މި ދުވަސްވަރުގަ އެވެ.

'ތާރީހު އިސްލާމި ދީބާ މަހަލް' ނުވަތަ ދިވެހިރާއްޖޭގެ ތާރީހު ލިޔުއްވަން ފެއްޓެވީ ދިޔަމިގިލީ ރަދުންގެ އަމުރުފުޅަށެވެ. އަސްލު ފޮތް ލިޔުއްވީ އަރަބި ބަހުންނެވެ. މީލާދީން 1753 ނުވަތަ 1753 ވަނަ އަހަރު މަލާބާރީން ރާއްޖެ އަރައި ގަނޑުވަރާއި ކޮއިލުތެރެ އަންދާލިއިރު މި ފޮތުގެ އަސްލުވެސް ނެތި ދިޔައީ އެވެ. އެހެންނަމަވެސް އޭރު އަލްގާޒީ އިބްރާހީމް ސިރާޖުއްދީން އޮތީ މިފޮތުގެ ނަކަލެއް ހައްދަވާފަ އެވެ. އެހެންވެ ފޮތުގައިވާ މައުލޫމާތުތައް ރައްކާކުރެވުނީ އެވެ. (މުހައްމަދު ވަހީދު ނަދުވީ)

މިފޮތުގެ 'ދުނިޔެއާއި އާހިރަތުގެ ކަންކަން ތަދުބީރުކުރުމުގެ މޮޅު އުސޫލު' އޭ ކިޔުނު ބާބަކީ ރާއްޖޭގެ ކޮންމެ ވެރިޔަކު، އަދި ވެރިކަމާމެދު ވިސްނާ ކޮންމެ މީހަކުވެސް އުނގެނޭން ޖެހޭ ފިލާވަޅުތަކުގެ ބާބެކެވެ. ވެރިންގެ ކިބައިގައި ހުންނާންޖެހޭ ޝަރުތުތަކާއި ދައުލަތެއްގައިނަމަ ހުންނަންޖެހޭ އަސާސީ ސިފަތައް ބަޔާންކުރެވިފައި ވަނީ ވަރަށްވެސް ސާދާކޮށެވެ.

މި ބާބުގައި، ވެރިކަމުގެ އިރު އޮއްސުމަށް މެދުވެރިވާ ސަބަބުތަކެއް ބަޔާންކޮށްފައި ވެއެވެ. އޭގެ ތެރެއިން ފުރަތަމަ ކަމަކަށް އޮތީ ސަރުކާރު ހިނގަމުންދާ ގޮތުގެ ހަބަރުތައް ރަސްގެފާނަށް ސިއްރުކުރުމެވެ.

އަޅުގަނޑުމެންގެ ތެރޭގައި މަދުން ހިނގާ ކަމެއްތޯ އެވެ. ރައީސުލްޖުމްހޫރިއްޔާ ރަށްރަށަށް ވަޑައިގަންނަވާ އިރަށް ހުރިހާ އަސާސީ އިންތިޒާމުތަކެއް ހަމަޖައްސައި، އެރަށުގެ ރައްޔިތުންނަށް ސަރުކާރުން ފޯރުކޮށްދޭންޖެހޭ ވަރަށް ގިނަ ހިދުމަތްތައް ފޯރުކޮށްދެވި، ރައްޔިތުން އެކަމާ ނުހަނު އުފަލުން ތިބިކަމަށް ދައްކައި ޅެން ފަރިހިން ސަނާ ކިޔުމަކީ އަޅުގަނޑުމެންގެ ތެރޭގައި އިހަށް އޮތް އާދަ އެކެވެ. ޒަމާނާއެކު މި އާދަ މަޑުމަޑުން ނެތިގޮސް، މިހާރު ރައްޔިތުންގެ ފުށުން މިކަން އޮތީ ސީދާ ތާޖުއްދީންގެ އިރުޝާދާ އެއްގޮތަށް އަނބުރާލެވިފަ އެވެ. އެކި މަންސަތަކުގައި ފާޅުކުރާ ހިޔާލުންނާއި، ސީދާ ހަރަކާތުން ރައްޔިތުންގެ ހާލަތު ވެރިންނަށް ބުނެދިނުމަކީ މިހާރު އާދައިގެ ކަމެކެވެ. ބޮޑުންގެ ތެރޭގައި ވަންހަނާވެފައި އޮތްކަމެއް ފިޔަވައި އެ ނޫން ކޮންމެ ކަމެއް އޮންނާނީ ވެރިމީހާއަށްވެސް އެނގޭ ސިއްރުތަކުގެ ގޮތުގަ އެވެ.

ދެވަނަ ކަމަކީ ދަށުދަރަޖައިގެ މީހުން (ވަޒީފާތަކުގައި) ގެންގުޅެ އެމީހުންނަށް ސަރުކާރުގެ މަތީ މަގާމުތައް ދިނުމެވެ.

މި ނުކުތާގެ ތަފްސީރުގައި ލިޔުއްވާފައިވާހާ ވާހަކައެއްގެ ތާސީރަކީ މި އެވެ. ވަފުދެއްގެ ވެރިއެއްގެ ގޮތުން ނުވަތަ ސަފީރެއްގެ ގޮތުން ނުވަތަ އެ ނޫން ހައިސިއްޔަތަކުންވިޔަސް ދައުލަތް ތަމްސީލުކުރާ މީހާއަކީ ރަސްގެފާނުގެ އޭޖެންޓެކެވެ. އެހެންވިމާ އެކަމަށް އިހުތިޔާރު ކުރެވޭ މީހާ ވާންވާނީ އިލްމުވެރި ހިކުމަތްތެރި އަދި ހައިބަތު ހުރި މީހަކަށެވެ. އޭނާއަށް މީހަކު ކުރާ ތައުރީފަކާއި، ކުރިނަމަ ކުރި މަލާމާތެއްވެސް ރައްދުވަނީ ދައުލަތަށާއި ރަސްގެފާނަށެވެ. އޭނާގެ އަމަލުތައް ހުންނަ ގޮތުން ރަސްގެފާނުގެ ހާލަތު ހާމަ ވެއެވެ.

ތިން ވަނަ ކަމަކީ މުވައްޒަފުންނަށް އަނިޔާވެރިވުމެވެ. އަނިޔާވެރިވުމަކީ ނުހައްގުން މުވައްޒަފުންނާމެދު އަމަލުކުރުމެވެ. ދޭންޖެހޭ އުޖޫރަ ނުދިނުމާއި، އުޖޫރަ ދޭން ނުޖެހޭ މީހުންނަށް ދައުލަތުގެ ހަޒާނާއިން އުޖޫރަދީ މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ގެންގުޅުން ފަދަ ކޮންމެ ކަމަކީ އަނިޔާވެރިކަމެވެ. އެ މުވައްޒަފުންނަކީ ރަސްގެފާނުގެ ހައިބަތު ހިފަހައްޓައި، އޭނާގެ ވެރިކަން ދިފާއުކުރުމަށް ބޭނުންކުރާ އައްޑަނަ ކަމަށްވާއިރު، އެ މީހުންނަށް އަނިޔާވެރިވުމަކީ އެ ދިފާއީ ނިޒާމު ފޫއަޅުވާލުންފަދަ ކަމެކެވެ. އެ މުވައްޒަފުންގެ ކިބައިގައި ވެރިމީހާ ދިފާއުކުރުމުގެ އަޒުމެއް ނުވަތަ ހިތްވަރެއްވެސް ނުހުންނާނެ އެވެ. އެމީހުންގެ މަސައްކަތުގައި އިންތިހާއަށް ފަރުވާކުޑަކުރުމާއެކު، އަދާކުރަމުން ގެންދާނީ ހަމައެކަނި ނަމެއްގައި އަދާކުރާ ވަޒީފާއެކެވެ.

ނުކިއްސަރު ފާޑު މީހުން ގާތްކުރުމަކީ ހަތަރުވަނަ ސަބަބެވެ. ތާޖުއްދީން ވިދާޅުވާ ގޮތުން، އެދެވިގެން ވަނީ ހަތް ވައްތަރެއްގެ ބަޔަކު ރަސްގެފާނާ ގާތްނުކުރުމެވެ. އެއީ ހަސަދަވެރިންނާއި ދަހި މީހުންނާއި ދަށް ހިޔާލުގެ މީހުންނާއި ނެތިމޮށޭ މީހުންނާއި ދޮގުވެރިންނާއި ނިއުމަތްތަކަށް ޝުކުރުވެރިނުވާ މީހުންނެވެ. ތިމާގެ ވެރިމީހާގެ އިހުސާންތެރިކަމުގެ ހައްގު ނުދަންނަ މީހުންނާއި، ފައިދާއެއް ނެތް ބޭކާރު ހުސްއަނގަ ތަޅާ މީހުންނެވެ.

މިއިން ގިންތިއަކަށް ނިސްބަތްނުވާ މީހަކު މި ޒަމާނުގައި ހޯދުމަކީ ޔަގީނުންވެސް ދަތިއުނދަގޫ ކަމަކަށް ވާނެ އެވެ. މިކަން ވިޔަސް ވާނީ މިއިން ގިންތިއަކަށް ނުފެތި ސަލާމަތްވެފައި ހުރި ވެރިޔަކަށްތާ އެވެ. އެފަދަ ވެރިޔަކު އެބަ ލިބޭ ހެއްޔެވެ. ކޮންމެއަކަސް މި ނުކުތާގެވެސް ބޭނުމަކީ ގާތުގައި ގެންގުޅޭ މީހުންގެ ސަބަބުން ރަސްގެފާނުގެ ހައިބަތާއި، ރަސްގެފާނަށް މީހުން ކުރާ އިހުތިރާމު އިތުރުވުމެވެ. ވަޒީރު ބޭކަލެއްގެ އަނގައޮޅިގެން ދެއްކޭ ކޮސް ވާހަކަތަކަށް ރައްދުވާ މަލާމާތާއި، ގަދަބަދަވިކަން ދައްކާން ބުނެލާ ގަދަބަސްތަކުގެ ނުރުހުން އަމާޒުވާނީ ހަމައެކަނި އެ ވަޒީރުންނަކަށް ނޫނެވެ. އެ ވަޒީރުން މަގާމުތަކަށް އައްޔަނުކުރި ވެރިމީހާއަށްވެސް ރައްޔިތުންގެ ފުށުން އެ މަލާމާތާއި ނުރުހުން ރައްދުވާނެ އެވެ.

ފަސްވަނަ ކަމަކީ އެއްވެސް މީހަކަށް ދެ ވަޒީފާ ދެއްވުމެވެ. މިއީ އިހަށްވެސް އަދި މިހާރުވެސް އަޅުގަނޑުމެންގެ ތެރެއިން ފެންނަ ކަމެކެވެ. މިހާރު މިކަން ކުރަނީ ތަފާތު އެކި ނަންނަމުގަ އެވެ. ދައުލަތް ހިންގުމަށްޓަކައި ކުރާންޖެހޭ ގިނަގުނަ މަސައްކަތްތައް އެއްކޮށްލުމަށްފަހު ވަގުތީގޮތުން ހިންގުމުގެ ޒިންމާއާއެކު ރަދުން އެންމެ ހިތްޕުޅާވާ ބޭކަލަކާ ހަވާލުކުރައްވަ އެވެ. އެމީހަކުވެސް އެކަމަކަށް ރުހި ހަވާލުވަނީ އޭނާ ވަރުގެ ގާބިލު ދެވަނަ މީހަކު ނުހުންނާނެއޭ ހީވާ ފަދައިންނެވެ.

މިއިން އެއްވެސް ވާހަކައަކީ އަޅުގަނޑު ދެއްކި ވާހަކައެއް ނޫނެވެ. މި ވާހަކަތައް 'ތާރީހު އިސްލާމި ދީބާ މަހަލް' ގައި ލިޔުއްވީ ހަސަން ތާޖުއްދީނެވެ. ދިވެހި ބަހުގެ އެކަޑަމީން މި ފޮތް 2020 ވަނަ އަހަރު ދިވެހިބަހަށް ތަރުޖަމާކޮށްފައިވާތީ އާއި އަޅުގަނޑަށް ދިވެހިބަސް ކިޔަން އެނގޭތީ އެފޮތުގައި ހުރި ވާހަކަތަކުގެ މައްޗަށް އަޅުގަނޑުގެ ހިޔާލެއް ލިޔެލީ އެވެ. މިހާރުގެ ހާލަތަށް ފެތޭ ވާހަކަތަކެއްނަމަ... ކުރާންވީ ކަމަކީ އެކަންކަން އިސްލާހުވޭތޯ މަސައްކަތްކުރުމުގައި ދައުލަތް ހިންގާ ބޭފުޅުންނަށް ވާގިވެރިވުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox