ކެނާން ޔިލްޑިޒް

Jun 14, 2024, 10:18 AM
ކެނާން ޔިލްޑިޒް

ކެނާން ޔިލްޑިޒް

18 އަހަރު

ފޯވާޑް

ތުރުކީ/ ޔުވެންޓަސް

އިޓަލީގެ ޔުވެންޓަސް އަށް ކުޅެމުން އަންނަ ތުރުކީގެ ފޯވާޑް ކެނާން ޔިލްޑިޒް އަކީ މުސްތަގުބަލުގައި ވިދާލާނެ ކުޅުންތެރިއެއް ކަމަށް، އިޓަލީގެ ފުޓްބޯޅަ ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ. ޔިލްޑިޒް، 2022 ވަނަ އަހަރު ބޭއްވި، 17 އަހަރުން ދަށުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އަނިޔާގެ ސަބަބުން ނުކުޅެ އެވެ. އެކަމަކު، އޭގެ މާޔޫސްކަމުން އަރައިގަނެ، އޭނާ މިހާރު ތައްޔާރުވަމުން އަންނަނީ މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށެެވެ.

ޖަރުމަނުގެ ބަޔާން މިއުނިކްގެ އެކެޑަމީ ދޫކޮށް، ޔުވެންޓަސް އަށް ބަދަލުވުމަށް ފަހު، އެ ކްލަބްގެ ޔޫތުން ސީނިއާ ޓީމަށް ޕްރޮމޯޓްވެ، ޔިލްޑިޒް އަންނަނީ ލިބޭ ފުރުސަތުތަކުގައި ރަނގަޅަށް ބޭނުން ހިފަމުންނެވެ. އިޓާލިއަން ލީގުގައި މި ސީޒަނުގައި، އެންމެ ބޮޑު ކުރިއެރުމެއް ހޯދި ޒުވާން ކުޅުންތެރިންގެ ތެރޭގައި ޔިލްޑިޒް ހިމެނެ އެވެ.

އިންޓަނޭޝަނަލް ލެވަލްގައި، ޖަރުމަނު ތަމްސީލްކުރުމުގެ ފުރުސަތު އޮތް، ޔިލްޑިޒް ނިންމީ، އޭނާގެ އާއިލާ ނިސްބަތްވާ ތުުރުކީ އަށް ކުޅުމަށެވެ. ޔިލްޑިޒް، ތުުރުކީ ގައުމީ ޓީމަށް ޖަހައިދިން ފުރަަތަމަ ގޯލު ކާމިޔާބުކުރީ، މިދިޔަ ނޮވެމްބަރު މަހު، ޖަރުމަނު އަތުން ތުރުކީ، 3-2 އިން މޮޅުވި މެޗުގަ އެވެ.

ޖަރުމަނަށް އުފަންވި ނަމަވެސް، ތުރުކީ އަށް ކުޅެން ނިންމުމަކީ، އެންމެ ރަނގަޅު ގޮތްކަމަށް ޔިލްޑިޒް ވެސް ވަނީ ބުނެފަ އެެވެ. އަދި ތުރުކީން މި ފަހަރު ޔޫރޯގައި ވާދަކުރާ ސްކޮޑުގައި ހިމެނި، ސީނިއާ ޓީމާ އެކު ކުޅެލަން ލިބޭ ފުރަތަމަ މުބާރާތުގައި ފެންވަރު ސާބިތުކޮށްދޭން، ޔިލްޑިޒް ބޭނުންވެ އެވެ. އޭނާ ވަނީ ތުރުކީ އަށް ފަސް މެޗު ކުޅެދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox