ތުރުކީ ކަޓުވާލައި ނެދަލެންޑްސް ޔޫރޯގެ ސެމީގައި އިންގްލެންޑާ ދެކޮޅަށް

Jul 6, 2024, 8:54 PM
ތުރުކީ ކަޓުވާލައި ނެދަލެންޑްސް ޔޫރޯގެ ސެމީގައި އިންގްލެންޑާ ދެކޮޅަށް

ބާލިން (ޖުލައި 7) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި 2-1 އިން ތުރުކީ ބަލިކޮށް، އެ ޓީމު ކަޓުވާލައި، ނެދަލެންޑްސް އިން ސެމީ ފައިނަލުގައި އިންގްލެންޑާ ދެކޮޅަށް ކުޅެން ތައްޔާރުވެއްޖެ އެވެ.

މިއީ 1988 ވަނަ އަހަރު ޔޫރޯގެ ތަށި ހޯދި ނެދަލެންޑްސް 20 އަހަރު ތެރޭގައި ޔޫރޯގެ ސެމީގައި ކުޅޭނެ ފުރަތަމަ ފަހަރެެވެ.

ނެދަލެންޑްސް އެންމެ ފަހުން ސެމީގައި ކުޅެފައިވަނީ 2004 ވަނަ އަހަރު އެވެ. ސެމީގައި އެ ފަހަރު ނެދަލެންޑްސް ކެޓީ ޕޯޗުގަލް އަތުންނެވެ. މި ފަހަރުގެ ސެމީގައި ނެދަލެންޑްސް އިން ކުޅޭނީ އެންމެ ފަހުން ފައިނަލުގައި ބަލިިވި އިންގްލެންޑާ އެވެ.

Advertisement

ބާލިންގެ އޮލިމްޕިކް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން އިރުކޮޅެއްގެ ތެރޭގައި ނެދަލެންޑްސްގެ މެމްފިސް ޑިޕާއި އަށް ލަނޑު ޖަހަން ހުސް ފުރުސަތެއް ލިބުނުއިރު ފޮނުވާލި ޝޮޓް ދިޔައީ ހުރަސްދަނޑިމަތިންނެވެ.

މެޗު ކުރިއަށްދިޔަ ވަރަކަށް ފުރަތަމަ ހާފުގައި ތުރުކީގެ ކުޅުން ރަނގަޅުވަމުންދިޔައިރު، އެ ޓީމުން ވަނީ ލަނޑު ޖަހައިފަ އެވެ. އެ ގޮތުން، މި ލަނޑު ޖެހީ ތުރުކީގެ ޑިފެންޑަރު ސަމިތު އަކައިދިން އެވެ.

ސަސްޕެންޝަނަށް ފަހު، އެނބުރި އައި އަކައިދިން މި ލަނޑު ޖެހީ މެޗުގެ 35 ވަަނަ މިނިޓްގަ އެވެ. މިއީ، ޒުވާން މިޑްފީޅްޑަރު، އާޑާ ގުލާ ނެގި ހުރަހަަކުން އަކައިދިން ބޮލުން ޖެހި ގޯލެކެވެ.

ތުރުކީ ޓީމުގެ އަކައިދިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ދެ ވަނަ ހާފުގައި ނެދަލެންޑްސް އިން ކުޅެން ނުކުތީ ސްޓީވަން ބާގްވައިންގެ ބަދަލުގައި ވައުޓް ވެގްހޯސްޓް ކުޅެން އަރުވައިގެންނެވެ. އެއާ އެކު އެ ޓީމުގެ އެޓޭކް ރަނގަޅުވެ، ފުރުސަތު ހޯދަން ފެށި އެވެ.

އެ ގޮތުން، ވެގްހޯސްޓް ބައިވެރިވެގެން ދެ ވަނަ ހާފް ފެށިތަނާ ނެދަލެންޑްސް އިން ނަތީޖާ ހަމަހަަމަކުރަން ފުރުސަތު ހޯދި އެވެ. އެކަމަކު، ވެގްހޯސްޓް އޭރިއާތެރެއިން ދިން ބޯޅައަށް އަރާނެ ކުޅުންތެރިއަކު ނުވި އެވެ.

ތުރުކީން ދެ ވަނަ ހާފުގައި ހޯދި ފުރަތަމަ ފުރުސަތުގައި، އެ ޓީމުގެ ގުލާ ޖެހި ހިލޭ ޖެހުން ބޭރުވީ ދަނޑީގައި ޖެހިފަ އެވެ.

ނެދަލެންޑްސް އިން ނަތީޖާ އަނބުރާލީ ހަ މިނިޓް ތެރޭ ދެ ގޯލު ޖަހައިގެންނެވެ. އެ ގޮތުން، އެ ޓީމުން އެއްވަރުކުރީ މެޗުގެ 70 ވަަނަ މިނިޓްގައި ސްޓެފަން ޑި ވްރައި ޖެހި ގޯލުންނެވެ. މިއީ، ކޯނަރެއްގައި އަވަހަށް ކުޅުނު ބޯޅައަކުން، ޑިޕާއި ނަގައިދިން ހުރަހަކަށް އަރައި، ޑި ވްރައި ބޮލުން ޖެހި ލަނޑެކެވެ. ޑި ވްރައި، މި ލަނޑު ޖެހީ އޭރިއާތެރެއިން ހުސްކޮށް އަރަ އެވެ.

ނެދަލެންޑްސްގެ ޑި ވްރައި ލަނޑު ޖެހުމަށަް ފަހު އުފާފާޅުކުރަނީ.

އޭގެ ހަ މިނިޓް ފަހުން، ނެދަލެންޑްސްގެ ފުލްބެކް، ޑެންޒެލް ޑަމްފްރީސް ނެގި ހުރަހަކަށް އައި ކޯޑީ ގަކްޕޯ ވަނީ ލަނޑު ޖަހައި ނެދަލެންޑްސް އަށް ލީޑުނަގައިދީފަ އެވެ. މިއީ ގަކްޕޯ، މި ފަހަރުގެ ޔޫރޯގައި ޖެހި ހަތަރު ވަނަ ލަނޑެވެ. ލަނޑު ލިސްޓުގެ ކުރީގައި އޮތީ ވެސް އޭނާ އެވެ.

ބަދަލުތަކެއް ގެނެސްގެން ތުރުކީން އެއްވަރުކުރަން ކުރި މަސައްކަތުގައި، އެ ޓީމުގެ މެހެމެތު ޒެކީ ސެލިކް ގޯލަށް ފޮނުވާކި ބޯޅަ ސަލާމަތްކުރީ ނެދަލެންޑްސްގެ ޑިފެންޑަރު، މިކީ ވެން ޑަ ވެއިން އެވެ. އަދި އެެ ފަހުން، ތުރުކީގެ ސެންކް ޓޮސުން ބޮލުން ޖެހި ބޯޅަ ގޯލާ ސީދާނުވި އެވެ.

އިތުރު ވަގުތުގައި ތުުރުކީގެ ސެމީހް ކިލިސޯއި، އޭރިއާތެރެއިން ފޮނުވާލި ރަނގަޅު ހަމަލާއެއް ނެދަލެންޑްސްގެ ކީޕަރު ބާޓް ވާބްރޫގެން ވަނީ މަތަކޮށްފަ އެވެ. އަދި ތުރުކީގެ ޗަނޮނޯލޫ ޖެހި ޝޮޓް، ޑަމްފްރީސް ވަނީ ބްލޮކްކޮށްފަ އެވެ.

ނެދަލެންޑްސް އިން މި ވަނީ ބޮޑެތި މުބާރާތްތަކުގައި އެންމެ ފަހުން ކުޅުނު އަށް ކުއާޓާ ފައިނަލް މެޗުގެ ތެރެއިން ހަ ފަހަރު ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox