ތުުރުކީގެ ސަޕޯޓަރުންނާ މެދު މޮންޓެލާ އަށް ސުވާލެއް ވެސް ނެތް

Jul 6, 2024, 8:35 AM
ތުުރުކީގެ ސަޕޯޓަރުންނާ މެދު މޮންޓެލާ އަށް ސުވާލެއް ވެސް ނެތް

ބާލިން (ޖުލައި 6) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި މިރޭ ނެދަލޭންޑްސްއާ ދެކޮޅަށް ތުރުކީ ކުޅޭ މެޗުގައި ވެސް ތުރުކީގެ ސަޕޯޓަރުން އެހީތެރިކަން އެ ޓީމަށް ލިބޭނެކަމުގެ އުންމީދުކުރާ ކަމަށް އެ ޓީމުގެ ކޯޗު ވިންޗެންޒޯ މޮންޓެލާ ބުނެފި އެވެ.

މި އަހަރުގެ ޔޫރޯގައި ތުުރުކީ މިހާތަނަށް ކުޅުނު ހުރިހާ މެޗެއްގައި ވެސް ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވަނެވެ. ތުރުކީގެ ބޮޑު އާބާދީއެއް ޖަރުމަންގައި ދިރިއުޅޭއިރު، މިރޭގެ ބާލިންގައި ކުޅޭ ކުއާޓާ ފައިނަލަށް މެޗަށްވެސް ގިނަ އަދަދެއްގެ ސަޕޯޓަރުން ވަންނާނެ ކަމަށް ބެލެވެ އެވެ. އަދި ޖަރުމަނު މުބާރާތުން ކަޓާފައިވާއިރު، ދެން އެ ގައުމުގައި އާބާދީގެ ނިސްބަތުން އެންމެ ބޮޑު ސަޕޯޓެއް ލިބެން އޮތީ ތުރުކީ އަށެވެ.

"މިހާތަނަށް ކުުޅުނު މެޗުތަކުގައި ތުރުކީގެ ސަޕޯޓަރުން ތަފާތު ދެއްކި. ޓީމަށް އޮތް ލޯބި ސަޕޯޓަރުން ދެއްކި. އަހަރެން އުންމީދުކުރަނީ މާދަމާ (މިރޭ)ވެސް ތުރުކީގެ ސަޕޯޓަރުން ޓީމަށް ބޮޑު ތަރުހީބެއްދޭނެ ކަމަށް. އަދި ތުރުކީގެ ސަޕޯޓަރުން އަބަދުވެސް އަހުލާގު ރަނގަޅު. އަހަރެން އުންމީދު ކުރަނީ މާދަމާ (މިރޭ) ވެސް ސަޕޯޓަރުންގެ އަހްލާގުވެސް ރަނގަޅުވާނެ ކަމަށް،" މޮންޓެލާ ބުންޏެވެ.

ތުރުކީގެ ޑިފެންޑަރު މެރިހް ޑެމިރާލް އަށް މިރޭގެ މެޗުގައި ނުކުޅެވޭނެ އެވެ. ގަދަ 16 ޓީމުގެ ބުރުގައި އޮސްޓްރިއާ ކޮޅަށް ދެ ލަނޑު ޖެހި ޑެމިރާލް ވަނީ ދެ މެޗަށް ސަސްޕެންޑްކޮށްފަ އެވެ. ޑެމިރާލް ސަސްޕެންޑްކުރީ އޮސްޓްރިއާގެ މެޗުގައި ލަނޑު ޖެހުމަށް ފަހު ދެ އަތުން ސިޔާސީ ކަމަކަށް ހިތްވަރުލިބޭ ގޮތަށް އިޝާރާތްކޮށްފައިވާތީ އެވެ.

މޮންޓެލާ ބުނީ ޑެމިރާލްގެ ސަސްޕެންޝަނަކީ "އިންސާފުވެރި ނިންމުމެއް ނޫން" ކަމަށެވެ. އެކަމަކު، ޑެމިރާލްގެ ބަދަލުގައި މިރޭގެ މެޗަށް ނެރޭ ކުޅުންތެރިޔާ އެ މަގާމު ފޫބައްދާނެ ކަމުގެ އިތުބާރު މޮންޓެލާ އަށް އެބައޮތެވެ.

"ޑެމިރާލްއާއެކު ތިން ކުޅުންތެރިންނަށް މިރޭގެ މެޗުގައި (ސަސްޕެންޝަނާހެދި) ނުކުޅެވޭ. އެކަމަކު ދެން އަރަން ތިބި ކުޅުންތެރިންވެސް ރަނގަޅު ކުޅުމެއް މީގެ ކުރިންވެސް ވަނި ދައްކައިފަ. އެހެންވީމަ އަހަރެން އެހާ ފިކުރު ބޮޑެއް ނުވޭ،" މޮންޓެލާ ބުންޏެވެ.

މޮންޓެލާ އަށް ދެން އޮތް ހިތްހަމަޖެހުމަކީ، ސަސްޕެންޝަނަށް ފަހު، ޓީމުގެ ކެޕްޓަން، ހަކަން ޗަނޮނޯލޫ އަށް ކުޅެވުމެވެ.

ތުރުކީ އާއި ނެދަލެންޑްސް އެންމެ ފަހުން ބައްދަލުކޮށްފައިވަނީ، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގަ އެވެ. އެ ގޮތުން، 2021 ވަނަ އަހަރު މާޗް މަހު ތުރުކީން 4-2 އިން މޮޅުވިއިރު، ސެޕްޓެމްބަރު މަހު، ނެދަލެންޑްސް މޮޅުވީ 6-1 އިންނެވެ. މި ދެ ޓީމު ކުޅޭ މެޗު ފަށާނީ މިރޭ 12 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox