ރޮނާލްޑޯގެ ޖާޒީއާ އެކު، ގުލާ އަށް ހާއްސަ އުފަލެއް

Jul 10, 2024, 5:37 AM
ރޮނާލްޑޯގެ ޖާޒީއާ އެކު، ގުލާ އަށް ހާއްސަ އުފަލެއް

މިއުނިކް (ޖުލައި 10) - ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޕޯޗުގަލުން ތުރުކީ އާ ދެކޮޅަށް ކުޅުނު މެޗަށްފަހު, ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ, ތުރުކީގެ ޒުވާން މިޑްފިލްޑަރު އަރްދާ ގުލާ އަށް އޭނާގެ ޖާޒީ ހަދިޔާ ކޮށްފި އެވެ.

ޕޯޗުގަލުން 3-0 ގެ ނަތީޖާ އަކުން ތުރުކީގެ މައްޗަށް ކުރިހޯދި މެޗަށްފަހު ރޮނާލްޑޯ ގުލާ އަށް އޭނާގެ ޖާޒީ ހަދިޔާ ކުރީ ތުރުކީގެ ޗޭންޖިންގް ރޫމަށް ގޮސްފަ އެވެ.

މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ގުލާ ބުނީ މެޗު ނިމުމުން, ރޮނާލްޑޯގެ ޖާޒީ އެއް ބޭނުންވެ ހުރި ކަމަށެވެ. އެކަމަކު، ރޮނާލްޑޯ ކައިރީ ބުނަން ނުކެރި ހުރީ ކަމަށް ގުލާ ބުންޏެވެ. ރޮނާލްޑޯ ކައިރީ ބުނުމުގެ ބަދަލުގައި ގުލާ އިހުތިޔާރުކުރީ އޭނާގެ ޕޯޗުގަލްގެ ޒުވާން ފޯވާޑް, ޖާއޯ ފީލިކްސް ކައިރީ ރޮނާލްޑޯގެ ޖާޒީ އެއް ހޯދައިދިނުމަށް އެދުމަށެވެ.

"މެޗު ނިންމާފައި އަހަރެން ހުރީ ރޮނާލްޑޯގެ ޖާޒީ ބޭނުންވެފަ. އެކަމަކު ރޮނާލްޑޯ ކައިރީ އެހަން އަހަރެން އަށް ނުކެރުނީ. އެހެންވެ, އަހަރެން އެހީ ފީލިކްސް ކައިރީ. ފީލިކްސް އަކީ އަހަރެންގެ ކުރީއްސުރެ ރައްޓެއްސެއް." ގުލާ ބުންޏެވެ.

ގުލާ ބުނީ އޭނާ އަށް ހައިރާންކަން ލިބުނީ ރޮނާލްޑޯ އޭނާގެ ޖާޒީ ހިފައިގެން ތުރުކީގެ ޗޭންޖިންގް ރޫމަށް ދިއުމުން ކަމަށެވެ. އަދި އެ މެޗަށްފަހު, ރޮނާލްޑޯ ތުރުކީ ކުޅުންތެރިންނާ ބައްދަލުކުރި ކަމަށް ގުލާ ބުންޏެވެ.

"ރޮނާލްޑޯ ޖާޒީ ހިފައިގެން އައީ އަހަރެމެން ޓީމު ޗޭންޖިންގް ރޫމަށް. އައިސް އަހަރެން އަށް ޖާޒީ ހަދިޔާ ކުރީ. މި ފެންވަރުގެ ކުޅުންތެރި އެއް އެގޮތަށް އަމަލުކުރުމުން އަހަރެން އަށް ލިބުނީ ހައިރާން ކަމެއް. އެކަމަކު އަހަރެންގެ އައިޑަލް އާ ބައްދަލުވުމުން މިހުރީ އުފަލުން" ގުލާ ބުންޏެވެ.

ފުޓުބޯޅަ ކެރިޔަރުގައި ގުލާ އައިޑަލުންގެ ގޮތުގައި ބަލަނީ ޖަރުމަނުގެ މިޑްފިލްޑަރު މެސެޓް އޮޒިލް އާއި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox