ކޫމަން ބޭނުންވަނީ ތުރުކީ ސަޕޯޓަރުންގެ ޕާޓީ ހުއްޓުވަން

Jul 6, 2024, 5:50 AM
ކޫމަން ބޭނުންވަނީ ތުރުކީ ސަޕޯޓަރުންގެ ޕާޓީ ހުއްޓުވަން

ބާލިން (ޖުލައި 6) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ތުރުކީއާ ދެކޮޅަށް ނެދަލެންޑްސް އިން ކުޅޭ މެޗުގައި، ނެދަލެންޑްސްގެ ކޯޗު ރޮނާލްޑް ކޫމަން ބޭނުންވާ އެއް ކަމަކީ، ދަނޑު ތެރޭގައި ޓީމަށް ހިތްވަރުދީ ފޯރި ނެގުމަށް ތުރުކީގެ ސަޕޯޓަރުން ކުރިއަށްގެންދާ އުފާފާޅުކުރުމުގެ ޕާޓީގެ އަޑުކަނޑުވާލުން ކަމަށް ބުނެފި އެވެ.

"ތުރުކީ ޓީމުތަކާ ދެކޮޅަށް އަހަރެންގެ ތަޖުރިބާތަކެއް އެބަހުރި، އެ މީހުން ކުޅޭއިރު މާހައުލު އަބަދުވެސް އޮންނާނީ ޓީމާ އެކު، އެކަން އެބަޖެހޭ މި މެޗުގައި ބަދަލުވާން، ތުރުކީގެ ސަޕޯޓަރުންގެ އަޑު މަޑުކޮށް ނެދަލެންޑްސްގެ ހިތްވަރު ގަދަވާ ގޮތަށް ކަންކަން ވާން އެބަޖެހޭ،" ތުރުކީ މެޗުގެ ކުރިން ކޫމަން، ނޫސްވެރިންގެ ބައްދަލުވުމުގައި ބުންޏެވެ.

"އަހަރެމެން އަތުގައި ބޯޅަ ގިނަ ވަގުތު ބާއްވައިގެން، އަހަރެމެންގެ ގޭމް ކުޅެންވީ، ބިޒްނަސް ކަހަލަ ވިސްނުމެއްގައި، އޭރުން އެ މީހުން (ތުރުކީ ސަޕޯޓަރުން)ގެ އަޑު މަޑުވާނެ،"

ތުރުކީ ދަރިކޮޅަށް ނިސްބަތްވާ ގިނަ އަދަދެއްގެ ބަޔަކު ޖަރުމަނުގައި ދިރިއުޅޭތީ، އެ ގައުމުގެ ގިނަ ސަޕޯޓަރުން މެޗު ބަަލަން ވަދެ އެވެ. އަދި މިރޭގެ މެޗު އޮތީ ޖަރުމަނުގެ ބާލިން އޮލިމްޕިކް ސްޓޭޑިއަމްގައި ކަމަށްވާއިރު، އެ ދަނޑަށް ވަދެވޭ ސަޕޯޓަރުންގެ ނިސްބަތް ވެސް އިތުރެވެ.

ނެދަލެންޑްސް އަށް 1988 ވަަނަ އަހަރުގެ ޔޫރޯ ކާމިޔާބު ކޮށްދިން ކެޕްޓަން، ކޫމަން ބުނީ، މި ފަަހަރުގެ މުބާރާތް ދަށްކޮށް އެ ޓީމުން ފެށި ކަމުގައި ވިޔަސް މަޑުމަޑުން ކުރިއަރައިގެން ގޮސް، ގަދަ 16 ބުރުގައި 3-0 އިން ރުމޭނިއާ ބަލިކުރި މެޗުގައި އޭނާ ބޭނުންވާ ލެވަލަށް ޓީމު ހިއްލައިލެވިއްޖެ ކަމަށެވެ.

ތުރުކީން ގަދަ 16 ބުރުގައި އޮސްޓްރިއާ ކަޓުވާލުމަކީ، ނެދަލެންޑްސް އިން ވިސްނަން ޖެހޭ ކަމެއްގެ ގޮތުގައި ކޫމަން ނުދެކެ އެވެ. އެއީ ގްރޫޕް ސްޓޭޖުގައި، ނެދަލެންޑްސް އަތުން 3-2 އިން މޮޅުވި އޮސްޓްރިއާގެ ކުޅުމާއި، ގަދަ 16 ބުރުގައި ތުރުކީން 2-1 އިން ބަލިކުރި އޮސްޓްރިއާގެ ކުޅުން ތަފާތު ކަމަށް ކޫމަން ވަނީ ބުނެފަ އެވެ.

"އެހެންވީމަ މީގަ އަހަރެމެން ވިސްނަންވީ، އޮސްޓްރިއާ މެޗުގައި އަހަރެމެން ދެއްކި އާދައިގެ ކުޅުން ތަކުރާރުނުކޮށް، ރުމޭނިއާ މެޗުގައި އެ ހުރި ލެވަލް އަދި ވެސް ރަނގަޅުކުރުން،" ކޫމަން ބުންޏެވެ.

ތުރުކީ އާއި ނެދަލެންޑްސް އެންމެ ފަހުން ބައްދަލުކޮށްފައިވަނީ، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގަ އެވެ. އެ ގޮތުން، 2021 ވަނަ އަހަރު މާޗް މަހު ތުރުކީން 4-2 އިން މޮޅުވިއިރު، ސެޕްޓެމްބަރު މަހު، ނެދަލެންޑްސް މޮޅުވީ 6-1 އިންނެވެ.

ސޯޅަ އަހަރަށް ފަހު ނެދަލެންޑްސް އާއި ތުރުކީން ޔޫރޯގެ ކުއާޓާ ފައިނަލަށް ދަތުރުކުރިއިރު، މި ދެ ޓީމު ކުޅޭ މެޗު ފަށާނީ މިރޭ 12 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox