ވަރެން ޒައިރް-އެމެރީ

Jun 14, 2024, 10:19 AM
ވަރެން ޒައިރް-އެމެރީ

ވަރެން ޒައިރް-އެމެރީ

18 އަހަރު

މިޑްފީލްޑަރު

Advertisement

ފްރާންސް/ ޕީއެސްޖީ

މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ނެގި ސްކޮޑަށް ބަލާއިރު، ފުރުސަތު ދިން ޒުވާން ކުޅުންތެރިންގެ ތެރެއިން އެންމެ ހަނގު އުމުރުގެ ކުޅުންތެރިއަކީ، ވަރެން ޒައިރް-އެމެރީ އެވެ. އުމުރުން އެންމެ 18 އަހަރުގެ ޒައިރް-އެމެރީ އަށް ފުރުސަތު ދިނުމުގައި، ޑެޝޯމްޕްސްގެ ވިސްނުން އެންމެ ބޮޑަށް ބައްޓަން ކުރީ، މުސްތަގުބަލުގައި ވިދާލާނެ ކުޅުންތެރިއަކު ޓީމުގައި ހިމެނުމަށެވެ.

ޕީއެސްޖީގެ ކޯޗުކަމާ ލުއިސް އެންރީކޭ ހަވާލުވުމަށް ފަހު، ޒައިރް-އެމެރީ އަށް ފުރުސަތު ދޭ ނިސްބަތް ފެނުނީ އިތުރުކޮށެވެ. ސީޒަނު ތެރޭގައި އެކި ފަހަރު މަތިން އެންރީކޭ ވަނީ ޒައިރް-އެމެރީ އަށް ތައުރީފުކޮށް ވާހަކަ ދައްކައިފަ އެވެ.

ޒައިރް-އެމެރީ އަށް ފްރާންސް ސީނިއާ ޓީމުން ފުރަތަމަ ފަަހަރަށް ފުރުސަތު ދިނީ، މިދިޔަ އަހަރު ނޮވެމްބަރު މަހު، ޔޫރޯ ކޮލިފައިން މެޗެއްގަ އެވެ. އެއާ އެކު، ޒައިރް-އެމެރީ ވެފައިވަނީ، 1914 ވަނަ އަހަރަށް ފަހު، ފްރާންސް ގައުމީ ޓީމަށް ކުޅޭ އެންމެ ހަގު ކުޅުންތެރިޔާ އަށެވެ. ފުރަތަމަ ފަހަރަށް ފްރާންސަށް ކުޅެދިން މެޗުގައި، ޒައިރް-އެމެރީ ވަނީ ގިބްރޯލްޓާ ކޮޅަށް ގޯލު ޖަހައިފަ އެވެ. މިއާ އެކު، ޒައިރް-އެމެރީ ވެފައިވަނީ، ފްރާންސް ގައުމީ ޓީމަށް ގޯލެއް ޖަހައިދިން، ދެ ވަނަ އަށް އެންމެ ހަގު ކުޅުންތެރިޔާ އަށެވެ.

ތިރީސް އަހަރު ތެރޭ، ފްރާންސްގެ 21 އަހަރުން ދަށުގެ ޓީމެއްގެ ކެޕްޓަންކަން ކުރި އެންމެ ޒުވާން ކުޅުންތެރިޔާ، ޒައިރް-އެމެރީ އަކީ، މި ފަހަރުގެ ޔޫރޯގައި ފްރާންސްގެ ކޯޗު ޑެޝޯމްްޕްސްގެ ޕްލޭނުގެ ތެެރެއިން ޖާގަ ހޯދާނެ ކުޅުންތެރިއެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox