24 އަހަރަށް ފަހު ރުމޭނިއާ ޔޫރޯގެ ނޮކައުޓް ބުރަށް

Jun 26, 2024, 5:54 PM
24 އަހަރަށް ފަހު ރުމޭނިއާ ޔޫރޯގެ ނޮކައުޓް ބުރަށް

ފްރޭންކްފާޓް (ޖޫން 26) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ 1-1 އިން ސްލޮވާކިއާއާ އެއްވަރުކޮށް، ރުމޭނިއާ އިން 24 އަހަރަށް ފަހު މުބާރާތުގެ ނޮކައުޓް ބުރުން ފުރުސަތު ހޯދައިފި އެވެ.

ރުމޭނިއާ އިން އެންމެ ފަހުން ޔޫރޯގެ ދެ ވަނަ ބުރުގައި ކުޅެފައިވަނީ 2000 ވަނަ އަހަރުގެ މުބާރާތުގަ އެވެ. އެ ފަހަރު އެ ޓީމު ކެޓީ ކުއާޓާ ފައިނަލުންނެވެ.

ގްރޫޕް އީގެ ހަތަރު ޓީމަށް ވެސް ލިބުނީ ހަތަރު ޕޮއިންޓެވެ. މިއީ ޔޫރޯގެ ތާރީހުގައި ވެސް މި ގޮތަށް ދިމާވި ފުރަތަމަ ފަަހަރެވެ.

އެ ގޮތުން، ގްރޫޕް އީގެ އެއް ވަނަ އަށް ރުމޭނިއާ ދިޔައިރު، ދެ ވަނަ ހޯދީ މިރޭ، 0-0 އިން ޔޫކްރެއިނާ އެއްވަރުވި ބެލްޖިއަމް އެވެ. ތިން ވަނަ އަށް ދިޔަ ސްލޮވާކިއާ އަށް ވެސް ވަނީ އަށް އަހަރަށް ފަހު ޔޫރޯގެ ދެ ވަނަ ބުރުން ފުރުސަތު ލިބިފަ އެވެ. އެންމެ ފަހުން، ޔޫރޯގެ ކުއާޓާ ފައިނަލުގައި ކުޅުނު ޔޫކްރެއިން ވަނީ ގްރޫޕްގެ ފުލަށް ދިއުމުން ކަޓައިފަ އެވެ.

ސްލޮވާކިއާ އާއި ރުމޭނިއާ އިން މެޗު ފަށައިގެން ލިބޭ ކޮންމެ ބޯޅައެއް ކަހަލަ ގޮތަކަށް އެޓޭކަަށް ބަދަލުކޮށްލައިގެން ގޯލެއް ޖެހޭތޯ މަަސައްކަތްކުރަމުންދިޔަ އެވެ.

އެ ގޮތުން، މެޗުގެ 24 ވަނަ މިނިޓްގައި ސްލޮވާކިއާ އިން ވަނީ ލިބުނު ފުރުސަތެއްގެ ބޭނުންހިފައި ލީޑުނަގައިފަ އެވެ. އޭރިއާތެރެއަށް ސްލޮވާކިއާގެ ޖޫރަޗް ކުޗްކާ ނެގި ހުރަހަކަށް އަަރައި، މި ލަނޑު ޖެހީ، އޮންޑްރޭއި ޑޫޑާ ބޮލުންނެވެ. އެ ބޯޅަ ހުއްޓުވަން ރުމޭނިއާގެ ކީޕަރު، ފްލޯރިން ނީޓްސާ އަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.

ސްލޮވާކިއާގެ ޑޫޑާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ހޫނު ގަދަ ވަގުތެއްގައި މެޗު ކުޅެން ޖެހޭތީ، 25 ވަނަ މިނިޓްގައި ކޫލިން ބްރޭކެއް ނެގިއިރު، އޭގެ ފަހުން، ރުމޭނިއާ އިން ކުރިއަށް ޖެހިގެން ކުޅެން ފަށައި ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސްކުރަމުން ދިޔަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން، ރުމޭނިއާ އިން ވަނީ 37 ވަނަ މިނިޓްގައި އެއްވަރުކޮށްފަ އެވެ. މިއީ، ޕެނަލްޓީ އަކުން، ރަޒްވާން މަރީން ޖެހި ގޯލެކެވެ. ރުމޭނިއާގެ ޔަނިސް ހާޖީ އަށް ސްލޮވާކިއާގެ ޑޭވިޑް ހަންކޯ ކުރި ފައުލަށް ފުރަތަމަ ދިނީ ޖެހުމެކެވެ. އެކަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަަލައިފައި ފައުލު ހިނގީ އޭރިއާތެރެއިން ކަމަށްވާތީ، ޕެނަލްޓީ އަކަށް ބަދަލުުކުރީ އެވެ.

ރުމޭނިއާ އިން ހާފު ނިމުމުގެ ކުރިން އިތުރު ލަނޑެއް ޖަހަން ލިބުނު ފުރުސަތުގައި އެ ޓީމުގެ ފޯވާޑް، ޑެނިސް ޑްރަގޫސް ޖެހި ޝޮޓް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

ދެ ވަނަ ހާފުގައި ވިއްސާރައިގެ ތެރޭގައި ކުޅެން ޖެހުނުއިރު، ރުމޭނިއާގެ މަރީން ޖެހި ޝޮޓެއް ސްލޮވާކިއާގެ ކީޕަރު، މާޓިން ޑުބްރާވްކާ ވަނީ މަތަކޮށްފަ އެވެ. ސްލޮވާކިއާ އިން ވެސް ގިނަ އެޓޭކްތަކެއް ކުރި މި މެޗުގައި، އެ ޓީމުގެ، ލޫކަސް ހަރާސްލިން ޖެހި ޝޮޓެއް ވަނީ ދަނޑިކައިރިން ގޮސްފަ އެެވެ.

މެޗު އެއްވަރުވެގެން ދެ ޓީމަށް ވެސް އަނެއް ބުރަށް ދެވެން އޮތުމުން މާ އަވަސް އަރުވާލައިގެން ފަހުކޮޅުގައި ކުޅެން އުޅުމުގެ ބަދަލުގައި ހަމަޖެހިގެން ޑިފެންސަށް އިސްކަންދީގެން ކުޅެން ދެ ޓީމުން ވެސް ސަމާލުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox