ބެލިންހަމްގެ އޯވަހެޑް ކިކާ އެކު އިންގްލެންޑް ކުއާޓާ އަށް

Jun 30, 2024, 6:38 PM
ބެލިންހަމްގެ އޯވަހެޑް ކިކާ އެކު އިންގްލެންޑް ކުއާޓާ އަށް

ގެލްސެންކާޗެން، ޖަރުމަނު (ޖޫން 30) - ޖޫޑް ބެލިންހަމް އޯވަހެޑް ކިކަކުން ޖެހި ގޯލާ އެކު، 2-1 އިން ސްލޮވާކިއާ ބަލިކޮށް، އިންގްލެންޑް ވަނީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ސްލޮވާކިއާ އިން ލީޑުގައި އޮއްވައި، އިންގްލެންޑް ބަލިވާން މިނިޓަކަށް ވުރެ ކުޑަ ވަގުތުކޮޅެއް އޮއްވައި، ބެލިންހަމް އެ ޓީމަށް އެއްވަރުކޮށްދިނީ މެޗުގެ އިތުރު ވަގުތުގެ ފަހު މިނިޓްގައި އެކްރަބެޓިކް ކިކް އަކުން ޖެހި ގޯލަކުންނެވެ. މިއީ މި ފަހަރުގެ މުބާރާތުގެ އެންމެ މޮޅު އެއް ގޯލެވެ.

ކުއާޓާ ފައިނަލުގައި އިންގްލެންޑުން ކުޅޭނީ އެންމެ ފަހުގެ ޗެމްޕިއަން ކަޓުވާލި ސްވިޒަލެންޑާ އެވެ.

ޝާލްކާ އެރީނާގައި ކުޅުނު މިރޭގެ މެޗު ފަށައިގެން، ސްލޮވާކިއާ އިން ދިޔައީ އިންގްލެންޑްގެ ފަހަތަށް ބާރުބޮޑުކުރަމުންނެވެ. އެ ގޮތުން، ސްލޮވާކިއާގެ ކުރިއަށް ކުޅެމުން އައި ލޫކަސް ހަރާސްލިން އަށް ލިބުނު ރަނގަޅު ދެ ފުރުސަތެއްގައި ޖެހި ޝޮޓްތައް ވަނީ ބްލޮކްވެފަ އެވެ.

ސްލޮވާކިއާ އިން އެޓޭކްގައި ކުރަމުންދިޔަ މަސައްކަތުގެ ނަތީޖާ ފެނުނީ 25 ވަނަ މިނިޓްގަ އެވެ. އެ ގޮތުން، ސްލޮވާކިއާގެ ކުރިއަށް ކުޅޭ ޑޭވިޑް ސްޓްރެލެޗް ދިން ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު، އެ ޓީމުގެ އިވާން ޝްރަންޒް ވަނީ ހަަމަޖެހިލައިފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. މިއީ، މި ފަހަރުގެ ޔޫރޯގައި، ޝްރަންޒްގެ ތިން ވަނަ ލަނޑެވެ. މިއާ އެކު، އޭނާ މި ވަނީ ލަނޑު ލިސްޓުގެ ކުރީގައި އޮތް ޖަރުމަނުގެ ޖަމާލް މުސިއާލާ އާއި ޖޯޖިއާގެ ޖޯޖެސް މިކައުޓަޓްޒޭއާ އެއްވަރަށް ގޯލު ޖަހައިފަ އެެވެ.

ސްލޮވާކިއާގެ ޝްރަންޒް ލަނޑު ޖެހުމަށް ފަހު އުފާފާޅުުކުރަނީ.

ފުރަތަމަ ހާފުގައި އިންގްލެންޑަށް ސްލޮވާކިއާގެ ކީޕަރު، މާޓިން ޑުބްރާވްކާ ރަނގަޅަށް ޓެސްޓް ނުކޮށްލެވުނެވެ. އެކަމަކު، ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ފަސް މިނިޓް ތެރޭ ކިއެރަން ޓްރިޕިއޭ ދިން ބޯޅައަކުން، ފިލް ފޯޑެން ވަނީ ލަނޑެއް ޖަހައިފަ އެވެ. އެކަމަކު، ވީޑިއޯ އެެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ނިންމީ އޮފްސައިޑް ކަމަށެވެ.

ދެ ވަނަ ހާފުގެ ކުރީކޮޅުގައި، އިންގްލެންޑަށް ހާފުގެ މެދެއްހާ ހިސާބުން ލިބުނު ޖެހުމެއްގައި ފަރުވާކުޑަކޮށްލުމުގެ ފައިދާނަގައި، މެދު ރޮނގުކައިރިން، ސްލޮވާކިއާގެ ސްޓްރެލެޗް ޖެހި ޝޮޓް، އިންގްލެންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑް ބޯމަތިން ގޮސް ބޭރުވީ ދަނޑިކައިރިންނެވެ. ޕިކްފޯޑް ހުރީ ގޯލު އޭރިއާއިން ނުކުމެ އެވެ.

ބަދަލުތައް ގެނެސްގެން އިންގްލެންޑުން ލަނޑެއް ޖެހޭތޯ ބަލަމުންދިޔައިރު، މެޗުގެ 80 ވަނަ މިނިޓްގައި އިންގްލެންޑްގެ ޑެކްލަން ރައިސް އޭރިއޭބޭރުން ޖެހި ބާރު ބޯޅަ ދަނޑީގައި ޖެހިފައި ނުކުތްވަގުުތު، ރީބައުންސަކުން ހެރީ ކޭން ޖެހި ޝޮޓް ދިޔައީ ބޭރަށެވެ.

ނަތީޖާ ހަމަހަމަކުރަން އިންގްލެންޑުން ކުރި މަސައްކަތް ކާމިޔާބުވީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނިޓްގެ ތެރެއިން ފަސް ވަނަ މިނިޓްގަ އެވެ. މިއީ، އިންގްލެންޑުން އެއްލި ދިގު އެއްލުމެއްގައި އޭރިއާތެރެއަށް އައި ބޯޅައެއްގައި، އޯވަހެޑް ކިކަކުން ޖޫޑް ބެލިންހަމް ޖެހި ގޯލެކެވެ. މިއީ މި ފަހަރުގެ ޔޫރޯގައި، ބެލިންހަމް ޖެހި ދެ ވަނަ ގޯލެވެ.

އިންގްލެންޑްގެ ފޯޑެން އާއި ކޭން އުފާފާޅުކުރަނީ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު 1-1 އިން އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރެން ވަނީ އިތުރު ވަގުތުގެ ދެ ހާފް ކުޅެފަ އެވެ. އެ ގޮތުން، އިތުރު ވަގުތުގެ ފުރަތަމަ ހާފު ފެށިތަނާ އިންގްލެންޑުން ވަނީ ލަނޑު ޖަހައި ލީޑުނަގައިފަ އެވެ. މިއީ، އިންގްލެންޑްގެ އައިވާން ޓޯނީ ބޮލުން ޖައްސާލި ބޯޅަ އަކަށް އަރައި، ކޭން ބޮލުން ކާމިޔާބުކުރި ލަނޑެކެވެ.

އިތުރު ވަގުތުގެ ދެ ވަނަ ހާފުގައި، ސްލޮވާކިއާ އިން ކުރިއަށް ޖެހިގެން ކުޅެ ލަނޑެއް ޖެހޭތޯ މަސައްކަތް ކުރި އެވެ. އެކަމަކު، އެ ޓީމަށް އިތުރު ލަނޑެއް ނުޖެހި މެޗުން ބަލިވީ އެވެ.

ސްލޮވާކިއާ އިން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ގަދަ 16 ފަހަނައަޅައި ދިއުމަށް ކުރަމުން އަންނަ އިންތިޒާރު ދިގުލީ އެވެ. ސްލޮވާކިއާ މި ވަނީ، 2010 ވަނަ އަަހަރުގެ ވޯލްޑް ކަޕާއި 2016 ވަނަ އަހަރުގެ ޔޫރޯގެ ވެސް ގަދަ 16 އިން ކަޓައިފަ އެވެ.

ސްލޮވާކިއާ އަތުން އިންގްލެންޑް މިހާތަނަށް ބަލިވެފައިނުވާއިރު، މި ދެ ޓީމު ކުޅުނު ހަތް މެޗުގެ ތެރެއިން ހަ މެޗުން އިންގްލެންޑް ވަނީ މޮޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox