ކޮފީ ވިއްކުމުން ކޯޗުކަމަށް: ކަލްޒޯނާއާ އެކު ސްލޮވާކިއާގެ ރަހަ ހެޔޮވަރު

Jun 30, 2024, 3:21 AM
ކޮފީ ވިއްކުމުން ކޯޗުކަމަށް: ކަލްޒޯނާއާ އެކު ސްލޮވާކިއާގެ ރަހަ ހެޔޮވަރު

މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްލޮވާކިއާގެ ބެންޗުން ފެންނަ، އިޓަލީ އަށް އުފަން، ފްރެންޗެސްކޯ ކަލްޒޯނާ އަކީ އެންމެ ތަފާތު ކޯޗެވެ. ކަލްޒޯނާ، 2022 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން، ސްލޮވާކިއާގެ ކޯޗުކަން ކުރަމުން އަންނައިރު، އޭނާ ވަނީ މި އަހަރުގެ ފެބްރުއަރީ މަހު އިޓަލީގެ ނަޕޯލީގެ ކޯޗުކަމާ ވެސް ހަވާލުވެފަ އެވެ.

މިދިޔަ ސީޒަނުގެ ނިޔަލަށް ނަޕޯލީގެ ކޯޗަކަށް ކަލްޒޯނާ ހުރީ ސްލޮވާކިއާ އިން ވެސް ހުއްދަދީގެންނެވެ. މިއީ، އެއް ފަހަރާ ދެ ޓީމެއްގެ ކޯޗަކަށް މި ގޮތަށް އެކަކު މަސައްކަތްކުރި ފުރަތަމަ ފަހަރެެވެ.

ކަލްޒޯނާ ބުނީ އެއް ފަހަރާ ދެ މަސައްކަތް ކުރުން އޭނާ އަށް "އަލެއް ނޫން" ކަމަށެވެ.

ސްލޮވާކިއާ އަކީ ކަލްޒޯނާގެ ފުރަތަމަ ފުލްޓައިމް ކޯޗިން ވަޒީފާ އެވެ. މީގެ ކުރިން، އޭނާ ހުރީ މުޅިން ވެސް އެސިސްޓަންޓް ކޯޗެއްގެ ގޮތުގަ އެވެ.

އިޓަލީގެ ކޯޗުން ކަމަށްވާ މައުރީޒިއޯ ސާރީ، އުސޭބިއޯ ޑި ފްރެންޗެސްކޯ އަދި ލޫޝިއާނޯ ސްޕަލެއްޓީއާ އެކު، އެސިސްޓަންޓެއްގެ ގޮތުގައި، ކަލްޒޯނާ މަސައްކަތްކުރި އެވެ. އެ ހުރިހާ އިރެއްގައި ވެސް އޭނާ އަކީ، ކުރިން އަދާކުރި ވަޒީފާ ކަމަށްވާ ކޮފީ ބީންސް ވިއްކުމަށް ވަގުތު ދޭ މީހެކެވެ.

ނަޕޯލީ އާއި ޗެލްސީގެ ކުރީގެ ކޯޗު، ސާރީ، އިންވެސްޓްމަންޓް ބޭންކަރެއްގެ ގޮތުގައި ހުރެ ކޯޗިން މަސައްކަތް ކުރަމުން އައިއިރު، އޭނާއާ އެކު، ކަލްޒޯނާ މަަސައްކަތްކުރީ އައީ، ކޮފީ ވިއްކުމުގެ ވިޔަފާރި ވެސް ކުރިއަށް ގެންދަމުންނެވެ.

"އަހަރެން އޭނަ (ސާރީ)އާ ބައްދަލުވީ ރައްޓެއްސަކު މެދުވެރިކޮށް، އޭނަ އަކީ ފައިނޭންޝިއަލް ޕްރޮމޯޓަރެއް. އަހަރެން އަތުގައި ހުރި ފައިސާ އަށް ހަދާނެ ގޮތެއް އަހަމުން އޭނައާ ހަވާލުކޮށް، ކަންކަން ކުރަމުން އައީ، އެކަމަކު، ކޮންމެ ފަހަރަކު ވެސް ނިމެނީ ފުޓްބޯޅައިގެ ވާހަކަ އަކުން،" ކަލްޒޯނާ ބުންޏެވެ.

ސްލޮވާކިއާގެ ކޯޗު ކަލްޒޯނާ: މިއީ އޭނާ ޓީމަކާ ހަވާލުވެ ހެޑްކޯޗެއްގެ ގޮތުގައި މަސައްކަތްކުރާ ފުރަތަމަ މުބާރާތް

މި ފަހަރުގެ ޔޫރޯގައި އެއް ގައުމަކުން އެންމެ ގިނަ ކޯޗުން ފެންނަނީ އިޓަލީންނެވެ. އިޓަލީގެ ފަސް ކޯޗުން މި ޔޫރޯގައި މަސައްކަތްކުރެ އެވެ.

ކަލްޒޯނާ ބުނީ، ދިރިއުޅުމުގެ ކަންކަން ހައްލުކުރަމުން، ފުޓްބޯޅައިގެ ތެރެއިން ކުރިއަށް ދިއުމަކީ އިޓަލީގެ "ޕެޝަން" އެކެވެ.

"އަހަރެން ކޮފީ ވިއްކާ މީހެއްގެ ގޮތުގައި ހުރެ އެ ކުރި ތަޖުރިބާ އަބަދުވެސް ހަނދާނުގައި ބަހައްޓާނަން. ދިރިއުޅުމުގެ ގިނަ ކަންކަން ދަސްވި. އަދިވެސް އަހަންނަށް ގިނަ ކަސްޓަމަރުން އެބަ ގުޅޭ ކޮފީ ހޯދަން. އަހަންނަށް މައްސަލައެއް ނޫން، އެކި މީހުންނަށް އެކި ގޮތަށް އަހަރެން އެނގުމަކީ،" ކަލްޒޯނާ ބުންޏެވެ.

ސްލޮވާކިއާ ޓީމުން ކޯޗެއް ހޯދަން މަސައްކަތް ކުރަނިކޮށް، އެ ޓީމުގެ ކުރީގެ ކެޕްޓަން، މަރެކް ހަމްސިކް ވަނީ ކަލްޒޯނާގެ ނަން ހުށަހަޅައިފަ އެވެ. ކަލްޒޯނާގެ ކިބައިގައި ހެޑް ކޯޗެއްގެ ތަޖުރިބާ ނެތް ނަމަވެސް، ހަމްސިކްގެ ބަހަށް އިތުބާރުކޮށް، ސްލޮވާކިއާ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ކަލްޒޯނާ އަށް އެ ގައުމުގެ ކޯޗުގެ ޒިިންމާ ދީފަ އެވެ.

ޔޫރޯ ފެށުމުގެ ކުރިން، ސްލޮވާކިއާގެ ކޯޗުކަން ދޫކޮށްނުލައި، ނަޕޯލީ އަށް ކުރު މުއްދަތަކަށް ކޯޗުކޮށްދޭން ކަލްޒޯނާ ނިންމި ސަބަބެއް ވެސް އެބައޮތެވެ. އެއީ، ނަޕޯލީގައި ހުރި ސްލޮވާކިއާގެ މިޑްފީލްޑަރު، ސްޓަނިސްލާވް ލޮބޯޓްކާއާ އެކުގައި ވީހާ ވެސް ރަނގަޅަށް މަސައްކަތްކޮށް، އޭނާގެ ވަށައިގެން، ސްލޮވާކިއާ ޓީމު ރަނގަޅަށް އެތުރުމަށް ކަންކަން ދެނެގަންނާށެވެ.

ލޮބޮޓްކާ، 29، ވަނީ ސްލޮވާކިއާ އިން ޔޫރޯގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. ކަލްޒޯނާގެ މަސައްކަތް ކާމިޔާބު ކަމުގެ އެއް ހެއްކަކީ މި އެވެ.

މި ފަހަރުގެ ޔޫރޯގައި ސްލޮވާކިއާ އިން ކުޅުނު ފުރަތަމަ މެޗުގައި، ވަރުގަދަ ބެލްޖިއަމް އަތުން 1-0 އިން ސްލޮވާކިއާ މޮޅުވުމާ އެކު، އެ ގައުމުގެ ފުޓްބޯޅަ އަށް ލޯބިކުރާ އެތައް ބައެއްގެ އުންމީދުތައް މައްޗަށް ދިޔަ އެވެ. ސްލޮވާކިއާގެ ފުޓްބޯޅައިގެ ތަޖުރިބާކާރުން ދެކޭގޮތުގައި، ކަލްޒޯނާ އައިސް، ސްލޮވާކިއާ ފުޓްބޯޅައިގެ "ރަހަ ހެޔޮވަރު" ކޮއްލައި، ވަރުގަދަ ޓީމުތަކަށް ޗެލެންޖް ދޭން ފަށައިފި އެވެ.

ޔޫރޯގެ ގަދަ 16 ގައި، ސްލޮވާކިއާ އާއި އިންގްލެންޑްގެ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox